28 May 2014, 18:04
މުނި ހޯމްކެއާ އިން މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާ "ސުޕަ ފާސްޓް ރަމަޟާން ސޭލް 2014"ގެ ތިންވަނަ ހަފްތާގެ ނަސީބުވެރިއަކަށް މއ. ކޮރަލްބެރީ އިބްރާހިމް ހަމީދު ހޮވިއްޖެ އެވެ.
މުނި ހޯމްކެއާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ނަސީބުވެރިޔާ ހޮވައިދެއްވުމަށްފަހު މުނި ހޯމްކެއާގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރު ލަހިރު ޑިޝާން ވިދާޅުވީ، މުނި ހޯމްކެއާއިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު މުދާތަށް ފޯރުކޮށްދިނުމަށް ކަމަށާއި ކުރިޔަށް އޮތް ތާނގައި ވެސް މިފަދަ ތަފާތު ޕްރޮމޯޝަންތަށް މުނި ހޯމްކެއާއިން ކުރިއަށް ގެންދާނެ ކަމަށެވެ.
ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިޔާއަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ތިންވަނަ ހަފްތާގެ ނަސީބުވެރިއަކަށް މއ. ކޮރަލްބެރީ އިބްރާހިމް ހަމީދު ހޮވިފައި ވާއިރު ދެވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހ. ޕޯޓްސައިޑް އަހްމަދު އަޒްމާން އެވެ. އަދި ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ގ. މަތިހުރާ އަލީ ބިޝާރު އެވެ.
މުނީހޯމްކެއާ އިން މިހާރު ކުރިޔަށް ގެންދާ ސުޕަ ފާސްޓް ޕްރޮމޯޝަންގެ ތެރޭގައި 5000 ރުފިޔާއިން މަތީގެ އަދަދަކަށް ކުރާ ކޮންމެ ވިޔަފާރިއަކަށް އިނާމެއް ލިބެއެވެ. އެގޮތުން ހެއާ ޑްރަޔާ އަކާއި ޓޯސްޓަރަކާއި މިކްސަރެއްގެ އިތުރުން އިސްތިރިއަކާއި ވަޅި ފަދަ ތަކެތި ހަދިޔާ ތަކުގެތެރޭގައި ހިމެނިފައި ވާ އިރު އެއިން ބޭނުން އެއްޗެއް ނެގުމުގެ އިހްތިޔާރު ކަސްޓަމަރަށް ލިބެއެވެ.
މުނި ހޯމްކެއާއިން ވަނީ، މުޅި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އަގުބޮޑު ބެޑްރޫމްސެޓެއް ދޭން ނިންމާފައެވެ.