02 Jan 2011, 04:12
މީލާދީން 2011 ވަނަ އަހަރަށް ދުނިޔޭގެ ޤައުމުތައް މަރްޙަބާކީ ބަޑިބޭހުގެ ކުޅިވަރުތަކާއި މިޔުޒިކް ޙަފްލާތަކާއި އެކިއެކި އެއްވުންތަކުންނެވެ. 2011 ވަނަ އަހަރަށް މަރްޙަބާ ކިޔުމުގެ އިޙްތިފާލްތައް ބޭއްވި ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާ، ނިއުޒިލޭންޑް އަދި ޖަޕާނުގެ އިތުރުން އޭޝިޔާގެ އެހެން ޤައުމުތަކާއި އެފްރިކާ، ޔޫރަޕް އަދި އުތުރު އެމެރިކާއާއި ދެކުނު އެމެރިކާގެ ބައެއް ޤައުމުތައް ހިމެނެއެވެ. ހޮނގްކޮންގ ގައި މީލާދީ އާ އަހަރު ފާހަގަކުރީ ކުރިޔަށްދިޔައީ އެސަރަޙައްދުގެ އެންމެ އުސް 10 ޢިމާރާތުގެ މަތީގައި ބޭއްވި ބަޑިބޭހުގެ ކުޅިވަރުތަކުންނެވެ. ވިއެޓްނާމްގައި އާ އަހަރުގެ އުފާތައް ފާޅުކުރަމުން ގެންދިޔައީ ފަގީރުކަމާއި ހަނގުރާމައިގެ ހިތިރަހަ ނުދެކޭ ޖީލުގެ ޒުވާނުންނެވެ. ނަމަވެސް ވިއެޓްނާމަކީ ހަނދުމަހަށް ބަލައިގެން ވަކިތާރީޚެއް ފާހަގަކުރާ ޤައުމެކެވެ. މިޔަންމާގައި އެޤައުމުގެ އެއްބަޔަކު އާ އަހަރު ފާހަގަކުރީ މިިވަން މީޑިޔާއަކަށާއި ސިޔާސީ އިންފިތާޙަކަށް ގޮވާލައްވައި އެޤައުމުގެ އިދިކޮޅު ޒަޢީމާ އަންގސަން ސޫޗީ ދެއްވި ޚިތާބަކުންނެވެ. ޔޫރަޕާއި އެމެރިކާގެ ރައްޔިތުން އާ އަހަރު ފާހަގަކުރީ ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތަކުން އެއްފަރާތްވެލުމުގެ މުޅިން އާ ޢަޒުމަކާއެކުގައެވެ. ޔޫރަޕާއި އެމެރިކާގެ ރައްޔިތުން އާ އަހަރު ފާހަގަކުރީ ސްނޯގެ ތޫފާންތަކާއި ގަދަފިންޏާ އެކުގައެވެ.