27 May 2014, 16:06
އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލު މެޗުތަކުން ފެށިގެން މުބާރާތުގެ މެޗުތައް ސަން އޮންލައިނުން ލައިވްކޮށް ކުރަން ފަށައިފި އެވެ.
މި މަހު 19 ވަނަ ދުވަހުން ފެށިގެން ޗެލެންޖް ކަޕުގެ މެޗުތަކުގެ ލައިވް 'ސަން' އިން ގެނެސްދީފައިވާ އިރު، މި ފަހަރު ލައިވް ވީޑިއޯ ސަން އޮންލައިނުން ފެންނާނެ އެވެ. ޗެލެންޖް ކަޕުގައި މިއަދު ކުޅޭ ސެމީ ފައިނަލުގެ ލައިވް ސަން އޮންލައިނުން ފެންނަ އިރު، ތިންވަނަ ހޮވާ މެޗާއި ފައިނަލު މެޗު ވެސް ފެންނާނެ އެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ސަން އޮންލައިނުގެ ލައިވް ސްޓްރީމުން މެޗުތައް ވަގުތުން ބެލޭނެ އެވެ. އިންޑިއާގެ 2011 ވަނަ އަހަރު ބޭއްވި ސާފު ޗެމްޕިއަންޝިޕުގައި ޔޫ ސްޓްރީމް ވެސް ސަން އިން ވަނީ ގެނެސްދީފަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް، ގައުމީ ޓީމް ކުޅުނު މެޗެއް ދިވެހި ވެބްސައިޓަކުން ޔޫ ސްޓްރީމް ކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ވާދަވެރި އެހެން އޮންލައިތަކުން ވެސް ވަނީ އެ މުބާރާތުގެ މެޗުތައް ޔޫ ސްޓްރީމް ކުރުމުގެ ހުއްދަ ހޯދާފަ އެވެ.