Last Updated:
1 decade 1 year ago

ފައިނަލުގެ ފުރަތަމަ ޖާގަ ފަލަސްތީނުން ހޯދައިފި

  • ފަލަސްތީން 2، އަފްޣާނިސްތާ 0
ބުލޮގު ޚުލާސާ
އޭއެފެސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފަލަސްތީނާއި އަފްޣާނިސްތާން ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖް.
17:30

މިއީ އޭއެފްސީ ޗެލެންޖު ކަޕުގައި ފަލަސްތީން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރު. ނޭޕާލުގައި 2012 ވަނަ އަހަރު ބޭއްވި ޗެލެޖު ކަޕުގައި ސެމީގެ ޖާގަ ފަލަސްތީނުން ހޯދި. ނަމަވެސް ސެމީގައި އުތުރު ކޮރެއާ އަތުން ބަލިވެ، މުބާރާތުގެ ހަތަރު ވަނަ ފަލަސްތީން ވެއްޓުނު. ޗެލެންޖު ކަޕް ބޭއްވި ފަސް ފަހަރު ތެރެއިން މުބާރާތަށް ފަލަސްތީން ކޮލިފައިންވީ ދެ ފަހަރު.
17:29

އަފްޣާނިސްތާން 2-0 އިން ބަލިކުރުމަށް ފަހު ފަލަސްތީންމިވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައި.
17:29

މެޗު ނިމިއްޖެ.
17:27

އަފްޣާން ކުޅުންތެރިން އަނެއްކާ ވެސް ފަލަސްތީން އޭރިޔާތެރެއަށް ބޯޅަ ފޮނުވާލައިފި. އެހެން ނަމަވެސް އެޓީމުގެ އެހެން ކުޅުންތެރިއަކަށް ބޯޅަ ލިބުމުގެ ކުރިން ފަލަސްތީން ކީޕަރު ބޯޅަ ހިފައިފި.
17:25

އަފްޣާންގެ މުހައްމަދު ޔޫސުފް ފަލަސްތީންގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަފްޣާންގެ ސަންޖަރު ބޮލުން ޖަހައި ފޮނުވާލީ. ބޯޅަ ގޯލަށް އަމާޒެއް ނުވި.
17:21

ފަލަސްތީން ޓީމުން ބަދަލެއް. އަބޫ ސޮލާހުގެ ބަދަލުގައި އަހްމަދު ވްރިދަތު ކުޅެން އަރައިފި.
17:20

އިތުރު ވަގުތުގެ ގޮތުގައި 8 މިނިޓް ދައްކައިފި.
17:19

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި މިވަނީ. މިނަތީޖާގައި މެޗު ނިމިއްޖެ ނަމަ، މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ވާނީ ފަލަސްތީނަށް.
17:18

ފަލަސްތީން ކުޅުންތެރިން ކައުންޓައެޓޭކްގައި ބޯޅަ ހިފައިގެން އަފްޣާން ޕެނަލްޓީ އޭރިޔާގެ ކުޑަ ތަންކޮޅެއް ބޭރުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
17:17

އަފްޣާން ޓީމު އެއްކޮށް ކުރިއަށް އަރައި ކުޅޭ އިރު ފަލަސްތީން ކުޅެނީ ހުރިހާ ކުޅުންތެރިން ހެން ފަހަތަށް ފައިބައި ތިބެގެން.
17:17

ފަލަސްތީން ޕެނަލްޓި އޭރިޔާ ތެރެއިން އަފްޣާން ކުޅުންތެރިއަކު ބޮލުން ޖަހައި ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ހިފައިފި.
17:15

ފަލަސްތީން ޓީމުން ބަދަލެއް. އަޝްރަފްގެ ބަދަލުގައި އިމާދު ޒާތަރާ ކުޅެން ނެރެފި.
17:14

ފަލަސްތީންގެ ހުސައިން އަބޫ ސަލާހް އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް އަމާޒެއް ނުވި.
17:12

އަފްޣާން ޓީމުން ޑިފެންޑަރު ފައިސަލްގެ ބަދަލުގައި ފޯވާޑް ސަންޖަރު ކުޅެން އަރުވައިފި.
17:02

ފަލަސްތީންގެ އަޝްރަފް އަފްޣާން އޭރިޔާތެރެއަށް ވެއްޓިފައި އޮއްވައި އަފްޣާންގެ ފައިސަލް އޭނާގެ މޫނުމަތީގައި ޖެހުމުން ހިނގި ހާދިސާއަކާ ގުޅިގެން ރެފްރީ މިވަނީ އަޝްރަފާއި އަފްޣާން ކެޕްޓަން ހާރޫނަށް ރީނދޫ ކާޑު ދައްކާފައި.
17:01

ފަލަސްތީނުން އަނެއްކާ ވެސް ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކޮށްފި. އަފްޣާން ޕެނަލްޓީ އޭރިޔާތެރެއިން އަފްޣާން ކުޅުންތެރިން ބޯޅަ ބޭރުކޮށްލައިފި.
16:59

ޕެނަލްޓީ އޭރިޔާ ބޭރަށް ނަގައިދިން ކޯނަރު ފަލަސްތީން ކުޅުންތެރިއަކު ވަރަށް ބާރަށް ފޮނުވާލި. އެކަމަކު ގޯލް ކީޕަރު މަންސުރު ވަރަށް ރީތިކޮށް ބޯޅަ މަތަކުރީ.
16:59

ފަލަސްތީނުން ނެގި ކޯނަރު އަނެއްކާވެސް އަފްޣާން ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލައިފި.
16:58

ފަލަސްތީން ކުޅުންތެރިން އަނެއްކާ ވެސް ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވޭތޯ މަސައްކަތް ކޮށްފި. އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ފަލަސްތީން ކުޅުންތެރިން ބޯޅަ ހިފައިގެން ވަން ނަމަވެސް އަފްޣާން ކެޕްޓަން ހާރޫން މިވަނީ ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައި.
16:55

ފަލަަސްތީން ޓީމުންވެސް ބަދަލެއް. ހެލާލް މޫސާގެ ބަދަލުގައި ކުޅެން އެރީ، ތަމީރު ސެޔާމް.
16:53

އަފްޣާން ޓީމުން ބަދަލެއް. ބެލާލް އާރެޒޫ ގެ ބަދަލުގައި ކުޅެން ނުކުތީ ހަޝްމަތުﷲބަރެކްޒާއީ.
16:53

އަފްޣާން ކުޅުންތެރިން ފަލަސްތީން ގޯލަށް ހަމަލާއެެއް އުފެއްދޭތޯ މަސައްކަތްކުރާ އިރު ފަލަސްތީން ގިނަ ކުޅުންތެރިން ތަކެއް ފަހަތަށް ފައިބައިގެން ޑިފެންސް މި ކުރަނީ.
16:51

ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއަށް އަފްޣާން ކުޅުންތެރިއަކު ނަގައިދިން ހުރަހެއް، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ފައިސަލް އޮވަހެޑެއްޖަހައި ފޮނުވާލި ނަމަވެސް ގޯލަށް އަމާޒުވާގޮތެއް ނުވި.
16:50

އަފްޣާނަށް ކޯނަރެއް.
16:50

ކުޅުން ކުރިއަށް ދަނީ. ފަލަސްތީން 2، އަފްޣާނަށް ލަނޑެއް ނުޖެހޭ.
16:49

ފަލަސްތީން ކީޕަރަށް އަނިޔާވެގެން ފަރުވާ ދެނީ.
16:48

ފަލަސްތީން ގޯލް ކީޕަރު ރަމްޒީ ސޯލިޙްގެ އިނގިއްޔަށް އަނިޔާވެގެން އޭނާ ފަރުވާ ހޯދަނީ. މެޗުގެ ކުޅުން މިވަނީ މެދު ކެނޑިފައި.
16:46

އަފްޣާނިސްތާނުން ފަލަސްތީން ޕެނަލްޓީ އޭރިއާ ތެރެއިން ހަމަލާއެއް އުފައްދަން އުޅެނިކޮށް، ފަލަސްތީން ކުރުންތެރިއަކު، ބޯލަ އަތުލައި، ބޭރުކޮށްލައިފި.
16:42

ފަލަސްތީނުން ދަނީ އަނެއްކާވެސް ހަމަލާ އުފައްދަން މަސައްކަތް ކުރަމުން. ނަމަވެސް އަފްޣާންގެ ޑިފެންސް ވަރުގަދަ.
16:36

ފަލަސްތީނުން ލަނޑު ޖަހައިފި. މިފަހަރު ވެސް ލަނޑު ޖެހީ އަޝްރަފް. މިއީ އޭނާ މި މުބާރާތުގައި ޖެހި ތިން ވަނަ ލަނޑު.
16:36

ދެ ވަނަ ހާފުގެ ކުޅުން ފަށައިފި.
16:35

ދެ ވަނަ ހާފަށް ކުޅުންތެރިން ދަނޑަށް އަރައިފި.
16:19

ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ފަލަސްތީން 1 އަފްޣާނިސްތާނަށް ލަނޑެއް ނުޖެހޭ. ފަލަސްތީން ލަނޑު ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަޝްރަފް އަލްފަވަޣްރާ.
16:17

އަފްޣާނަށް ކޯނަރެއް. މިއީ އެޓީމަށް ލިބޭ ހަތަރުވަނަ ކޯނަރު.
16:16

ފަލަސްތީންގެ ހެލާލް މޫސާ އަފްޣާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް ފޮނުވާލި ބާރު ހަމަލާ ގޯލް ދަނޑި ކައިރިން ބޭރަށް.
އިތުރު ވަގުތުގެ 4 މިނިޓް ދައްކައިފި.
16:13

މިއީ މި މުބާރާތުގައި އަޝްރަފް ކާމިޔާބުކުރި ދެވަނަ ލަނޑު.
16:13

އަޝްރަފް ފޮނުވާލި ޕެނަލްޓީ ވަރަށް ރީތިކޮށް ގޯލްގެ ތިރީ ކަނަށް.
16:12

އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއިން ފަލަސްތީން ކުޅުންތެރިއަކަށް ފައުލްކުރުމުން ދިން ޕެނަލްޓީއެއް.
16:11

ފަލަސްތީނަށް ޕެނަލްޓީއެއް.
16:08

އަޝްރަފް އަފްޣާން ޕެނަލްޓީ އޭރިޔަ ތެރެއަށް މަޑުމަޑުން ނަގައިދިން ބޯޅަ އަފްޣާން ކުޅުންތެރިން ދިފާއުކޮށްފި.
16:08

އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ފަލަސްތީނަށް ހިލޭ ޖެހުމެއް.
16:06

އަފްޣާންގެ މުހިއްމު ދެ ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ނުކުޅެވޭ. އެއީ މިޑްފީލްޑަރު މުސްތަފާ އަޒަދްޒޯއީ އާއި މިޑްފީލްޑަރު އަހްމަދު އަރާޝް ހަތީފީ.
16:04

އަފްޣާން ކުޅުންތެރިން ފަލަސްތީން ޕެނަލްޓީއޭރިޔާ ތެރެއަށް ބޯޅަ ހުރަސްކޮށްލި ނަމަވެސް އެ ބޯޅައަށް އަރާނެ އެޓީމުގެ ކުޅުންތެރިއަކު ނެތް.
16:03

ވޯޓާ ބްރޭކަށް ފަހު ކުޅުން ފަށައިފި.
16:01

މެޗުގެ 30 މިނިޓްގެ ކުޅުން ނިމުނު ތަނާ ވޯޓާ ބްރޭކެއް ދީފި.
15:58

ފަލަސްތީންގެ ޕެނަލްޓީ އޭރިޔާ ބޭރުން އަފްޣާން ކެޕްޓަން ހާރޫން ފޮނުވާލި ހިލޭޖެހުން ތިރިތިރިން ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
15:57

އަފްޣާން ކުޅުންތެރިއަކު ފަލަސްތީން އެރިޔާ ކައިރތިން ބޯޅަ ހިފައިގެން ވަންނަން އުޅުމުގެ ތެރޭގައި ފަލަސްތީން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވެއްޓުމުން އެޓީމަށް ޖެހުމެއް.
15:55

އަފްޣާންގެ ބެލާލް އަރޭޒޫއަށް ރީނދޫ ކާޑެއް.
15:52

ފަލަސްތީނަށް ކޯނަރެއް. މިއީ ފަލަސްތީނަށް ލިބޭ ތިންވަނަ ކޯނަރު.
15:51

އަޅުގަނޑުމެން މެޗު ވެބްކާސްޓް ކުރަމުން ގެންދާއިރު، މި މެޗުގެ "ލައިވް ވީޑިއޯ ސްޓްރީމް" މި ޕޭޖުން ފެނިވަޑައިގަންނަވާނެ.
15:49

ފަލަސްތީނުގެ އަބޫހަބީބު ބޯޅަހިފައިގެން އަފްޣާން އޭރިޔާތެރެއިން ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އަފްޣާން ކުޅުންތެރިއެއްގެ ގައިގައި އަޅައިގަނެ ވެއްޓުމުން ރެފްރީ މިވަނީ އަބޫ ހަބީބީ ޕެނަލްޓީ ހޯދަން ވެއްޓިގަތީކަމަށް ބަލައި އޭނާއަށް ރީނދޫ ކާޑު ދައްކާފައި.
15:46

މެޗު ފެށިގެން 16 މިނިޓްގެ ކުޅުން ނިމުނު އިރު އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ. ފަލަސްތީނަށް ލިބުނު ކޯނަރަކުން އެޓީމުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރި.