މާލެއަތޮޅު ތިލަފުށީގައި އިންޑިއާ މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މީހަކު ދަންޖެހިފައި ހުރި ކަމަށް ތިލަފުށިން ކުރި ރިޕޯޓާކާ ގުޅިގެން ގޮސް ބެލި އިރު، އިންޑިއާ މީހާ ދިރިއުޅޭ ތަނުގެ ތެރޭ އޭނާ ދަންޖެހިފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.

އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 9:40 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ދަންޖެހިފައި ހުރިކަން އެނގުނީ، އޭނާ ނުފެންނަތާ ދެތިން ދުވަސްވީ ފަހުން އޭނާއާ އެކު އުޅޭ އިތުރު ބަޔަކު އޭނާ ހޯދަމުން ދަނިކޮށެވެ.