ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ 22 ބޭފުޅަކަށް މިއަދު ދެއްވައިފި އެވެ.

އެބޭފުޅުންނަށް ވަކީލުކަމުގެ ހުއްދަ ދެއްވާފައި ވަނީ މިއަދު މެންދުރު 2:00ގައި ވެލާނާގޭ ބިލްޑިންގް ގެ ދެވަނަ ފަންގިފިލާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ބަންޑާރަ ނާއިބް މުހައްމަދު އަނިލްގެ ކުރިފުޅުމަތީގައި އެބޭފުޅުންނަށް ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ 22 ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ވަކީލުކަމުގެ ހުއްދަދީފައިވާ މީހުންގެ ޖުމްލަ އަދަދަކީ 760 ކަމަށެވެ.