ޑްރަގް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީޢަތުގެ މަޖިލީހަކަށް ހާޒިރު ކުރުމަށް އެ ކޯޓުން ހޯދަމުންދާ މީހަކު ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ރިހިބެލިޓޭޝަން ޕްރޮގްރާމުން ވަކި ކުރުމަށް ހުށަހަޅާފައި ވާތީ ޑްރަގް ކޯޓުގައި ބާއްވާ ޝަރީޢަތުގެ އަޑުއެހުމަކަށް ހާޒިރުކޮށްދިނުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ދިޔަ 22 އަހަރުގެ އެ މީހާ ވައްކަމުގެ ތުހުމަތުގައި ހައްރުކޮށްފައި ވަނީ ގ. ނެޕަލް ލީފް ގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ އައިއެޗްކިއު ކޯޗިން ސެންޓަރުން ސިސްޓަމް ޔުނިޓްތަކެއް ވަގަށް ނަގައިގެން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަަމަށް ފުލުހުންގެ މީޑިއާ އިން ވަނީ ބުނެފަ އެވެ.

އައިއެޗްކިއު ކޯޗިން ސެންޓަރުން ވަގަށްނަގާފައިވާ ހަތަރު ސިސްޓަމް ޔުނިޓްގެ ތެރެއިން ދެ ސިސްޓަމް ޔުނިޓް ފެނިފައިވާ އިރު މިތަކެތި ފެނިފައި ވަނީ ކުށުގެ ވެށިންނާއި ހަޒާސް މާޓް ކައިރީގައި ހުރި ގެއެއްގެ ކައިރިން ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ވަގަށް ނަގާފައިވާ ހަތަރު ސިސްޓަމް ޔުނިޓްގެ ތެރެއިން އަނެއް ދެ ސިސްޓަމް ޔުނިޓް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އައިއެޗްކިއު ކޯޗިން ސެންޓަރުން ވައްކަންކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ އަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ރެކޯޑްސް އޮންނަ މީހެއް ކަަމަށް ވެސް ފުލުހުންގެ މީޑިއާ އިން ވަނީ ބުނެފަ އެވެ.