26 May 2014, 12:44
ރައްޔިތުންގެ މަޖިލީހުގެ އިހަންވަދޫ ދާއިރާ އަށް އިންތިހާބުކޮށްފައިވާ، ފިލްމީ ތަރި މުހައްމަދު އަބްދުﷲ(މުހަންމާ ކަލޯ)ގެ ސައިކަލްގައި މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ނަގާފައިވާ ފޮޓޯއިން ފެންނަނީ ސައިކަލެއްގައި ދުއްވާފައިދާ މީހަކާއި ސޯޓަކާއި އަތްދިގު ޓީޝާޓެއް ލައިގެން ހިނގާފައިދާ މީކެވެ.
ފުލުހުން ބުނީ ފޮޓޯއިން ފެންނަ ދެމީހުންނަކީ އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާގެ ފުޓޭޖަށް އަރާފައިވާ ދެމީހުން ކަމަށެވެ. އަދި އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
އެ ހާދިސާގައި މ. ގޮމަށިގޭ ކުރިމަތީގައި ބަހައްޓާފައި ހުރި ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާއިރު އިތުރު ސައިކަލަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
http://www.youtube.com/watch?v=6DSQyIBiFcQ