Last Updated: 1 decade 1 year ago
ސަން އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު މިއަދު ވިދާޅުވީ ސެމީ ފައިނަލް މެޗްގެ ޓިކެޓް ގަތުމަށް ދަނޑު ކައިރީ ތިބި ގިނަ ބައެއްގެ ދެމެދުގައި ހަމަނުޖެހުން ހިނގަމުން ދިޔުމާ ގުޅިގެން މެޗްގެ ޓިކެޓް ވިއްކުން ފަސްކުރީ ކަމަށެވެ.
"ގަލޮޅު ދަނޑު ކައިރީގައި ވެސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކައިރީގައި ވެސް މިވަނީ ގިނަ ބައެއް ހެނދުނުއްސުރެ ކިއޫ ހަދާފައި. އެގޮތަށް އޮއްވައި ތަނުގެ މަސްލަހަތު ގެއްލުމާ ގުޅިގެން ފުލުހުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު އަޅުގަނޑުމެން މި ނިންމީ މިއަދު ޓިކެޓް ނުވިއްކަން." އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ތަނުގެ މަސްލަހަތު ގެއްލުމާ ގުޅިގެން ފުލުހުންނާ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އެބޭފުޅުންގެ ފަރާތުން ވެސް ޓިކެޓް ވިއްކުން ހުއްޓާލުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.
މަސްލަހަތު ގެއްލުމާ ގުޅިގެން ޓިކެޓް ވިއްކުން މިއަދު ފަސްކޮށްފައިވާ އިރު އަލުން ޓިކެޓް ވިއްކާނެ ތާރީހެއް މިރޭގެ ވަގުތެއްގައި އިއުލާން ކުރާނެކަމަށް އިލްހާމް ވިދާޅުވި އެވެ.
"މިހާރު މިވަނީ ތަނުގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލިފައި. އެހެންވީމާ މިރޭ އަޅުގަނޑުމެން އަލުން އިއުލާން ކުރާނަން ޓިކެޓް ވިއްކާނެ ތާރީހަކާއި ގަޑިއެއް." އިލްހާމް ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން ބުނީ މުޒާހަރާ ހުއްޓާލާ، އެ ސަރަހައްދު ދޫކޮށް ދާން ނިންމީ އަލުން ޓިކެޓް ވިއްކާނެ ކަމަށް އެފްއޭއެމުން އެއްބަސްވުމުން ކަމަށެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު މިއަދު ވިދާޅުވީ ސެމީފައިނަލް މެޗްގެ ޓިކެޓް ގަތުމަށް ދަނޑުކައިރީ ތިބި ގިނަ ބައެއްގެ ދެމެދުގައި ހަމަނުޖެހުން ހިނގަމުން ދިޔުމާ ގުޅިގެން މެޗްގެ ޓިކެޓް ވިއްކުން ފަސްކުރީ ކަމަށާއި މިރޭގެ ވަގުތެއްގައި ޓިކެޓް ވިއްކާނެ ވަގި ގަޑިއެއް އިއުލާން ކުރާނެ ކަމަށެވެ.
މިއަދު ފަތިހުން ފެށިގެން މެޗްގެ ޓިކެޓް ގަތުމަށް ގިނަ ބަޔަކު ގަލޮޅު ދަނޑު ކައިރީގައި ކިއޫ ހަދާފައި ވާއިރު އެ ސަރަހައްދުގެ މަސްލަހަތު ގޯސްވުމުގެ ސަބަބުން އެފްއޭއެމް އިން ވަނީ މިއަދު ޓިކެޓް ނުވިއްކަން ނިންމާފަ އެވެ. އެކަމުގެ ސަބަބުން ކިއޫގައި ތިބި މީހުން ވަނީ އެފްއޭއެމް ދޮށަށް އެއްވެ ޓިކެޓް ވިއްކުމަށް ގޮވާލާ އަޑު އުފުލާފަ އެވެ.
އެފްއޭއެމް އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމް ވިދާޅުވީ ޓިކެޓް ތަކުގެ ތެރެއިން ވިއްކުމަށް މިހާރު ބާކީ ހުރީ ޖުމްލަ 1150 ޓިކެޓް ކަމަށެވެ. އެއީ ސެމީ ފައިނަލްގެ 150 ޓިކެޓާއި ފައިނަލް މެޗްގެ 1000 ޓިކެޓެވެ.
އިލްހާމް ވިދާޅުވީ އެ ދެ މެޗްގެ ޓިކެޓް ވިއްކާނީ އެއް ގަޑިއެއްގައި ކަމަށާއި "ކޮންމެ މީހަކަށްވެސް ގަންނަން ލިބޭނީ އެއް ޓިކެޓް" ކަމަށެވެ. އެއީ ސެމީފައިނަލުން ނަމަ ސެމީފައިނަލުން ކަމަށާއި ފައިނަލް މެޗްގެ ޓިކެޓް ނަމަ ފައިނަލް މެޗްގެ ޓިކެޓްކަމަށް އިލްހާމް ވިދާޅުވި އެވެ.