25 May 2014, 12:43
މާފަންނު ގެއެއްގެ ތެރެއިން ދަބަހަކަށް ލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ އެވެ.
ފުލުހުން ވެސް ވަނީ އެފަދަ މައްސަލައެއް ބަލާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މ. ސިލްވާޝާކްގެ ކުއްޔަށްދީފައި ހުންނަ ބައިގެ ތިން ވަނަ ބުރީގައި އޮތް އެ ތުއްތު ކުއްޖާއާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ތުއްތު ކުއްޖާ ވަނީ މިއަދު 12 ޖަހާ އެހާކަންހާ އިރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ނަމަވެސް އެއީ ކޮންކަހަލަ ކުއްޖެއް ކަމެއް ނުވަތަ އެ ކުއްޖާގެ ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް ވަނީ އަދި ހޮސްޕިޓަލުން ވެސް ލިބޭ ގޮތް ނުވެފަ އެވެ.