ބްރާވިއާ އައިޑިއާސް ކަޕުގެ ގަދަ ސޯޅައަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އައިޑިއާސް ކަޕުގެ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ގަދަ ސޯޅައިން ޖާގަ ހޯދިިއިރު، އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދީ ސްޕޯޓްސް ކްލަބު ވެލޮރަސް އެވެ. ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ގަދަ ސޯޅައަށް ރީފްސައިޑް ދަތުރުކުރި އިރު، ރަނަރަޕުންގެ ގޮތުގައި ޖާގަ ހޯދީ އިސްލާމިކް އެފްއާޒް އެވެ.

ގްރޫޕް ސީގެ އެއްވަނައިގެ ގޮތުގައި ބަރާބަރު ދަތުރުކުރި އިރު، އެ ގްރޫޕުގެ ދެވަނައިގައި އޮތް މެކާނޯ އަށް ވެސް ވަނީ ޖާގަ ލިބިފަ އެވެ. ގްރޫޕް ޑީގެ އެއްވަނައިގެ ގޮތުގައި ސްޓެލްކޯ ގަދަ ސޯޅައިން ޖާގަ ހޯދިއިރު، އެ ގްރޫޕުގެ ރަނަރަޕް ޔުނައިިޓެޑް އައިސޮލާނޯ އަށް ވެސް ވަނީ ޖާގައެއް ލިބިފަ އެވެ.

ގްރޫޕް އީ އަށް ބަލައިލާއިރު، އެއްވަނައިގެ ގޮތުގައި ގަދަ ސޯޅައަށް ދަތުރުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އަދި އެ ގްރޫޕްގެ ދެވަނައިގެ ގޮތުގައި ގަދަ ސޯޅައިން ޖާގަ ހޯދީ ވިންސެންޑޯ އެވެ. ގްރޫޕް އެފްގެ އެއްވަނައިގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ޖާގަ ހޯދި އިރު، ދެވަނައިގެ ގޮތުގައި ދަތުރުކުރީ ފިނޭންސް މިނިސްޓްރީ އެވެ.

ގްރޫޕް ޖީގެ އެއްވަނައިގެ ގޮތުގައި ގަދަ ސޯޅައިން މާލޭ ސިޓީ ކައުންސިލް ޖާގަ ހޯދިއިރު، އެ ގްރޫޕުގެ ރަނަރަޕުންގެ ގޮތުގައި ދަތުރުކުރީ ރޫޓް އެކްސް އެވެ. ގްރޫޕްތަކުގެ ތިންވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމުގެ ގޮތުގައި ގަދަ ސޯޅައިން ޖާގަ ހޯދީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ބާރަށެވެ.

މި މުބާރާތުގެ ގަދަ ސޯޅައިގެ މެޗުތައް މިއަދު ފަށާ އިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެލައިޑާއި އިސްލާމިކް އެފެއާޒެވެ. ދެވަނަ މެޗުގައި ރީފްސައިޑާއި އެސްސީ ވެލޮރަސް ބައްދަލުކުރާއިރު، ތިންވަނަ މެޗުގައި ބައްދަލުކުރާނީ ބަރާބަރާއި ޔުނައިޓެޑް އައިސޮލާނޯ އެވެ. ހަތަރުވަނަ މެޗުގައި ސްޓެލްކޯ އާއި މެކާނޯ ބައްދަލުކުރާ އިރު، މިއަދުގެ ފަހު މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި ފިނޭންސް އެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.