Last Updated: 1 decade 2 year ago
މި ވަގުތު އައްޑޫގައި ހުރި ސަންގެ ކުޅިވަރު ހޯސްޓް ސާއިދު އަހުމަދު ދެންމެ ބުނީ، މި އެކްސިޑެންޓް ހިނގީ ހެރެތެރެ އަށް ދިޔުމަށް ޓަކައި ހިތަދޫއިން ފުރައިގެން ފޭދޫ އަށް ދިޔަ މަގުމަތީގައި ހަންކެޑެ ބްރިޖު މަތީގައި ކަމަށެވެ.
ސަންގެ ކުޅިވަރު ހޮސްޓް ސާއިދު ދެންމެ ބުނީ ފަސް ކުޅުންތެރީންނާއި އެއް އޮފިޝަލުގެ އިތުރުން ފަސް ފުލުހަކަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ. މީގެ ތެރެއިން އެއް ފުލުހެއްގެ އަތް ބިނދިފައިވާ ކަމަށާއި ބަސް ދުއްވަން އިން ޑްރައިވަރަށް ވެސް އަނިޔާ ވެފައިވާ ކަމަށް ސާއިދު ބުންޏެވެ.
މި ހުރިހާ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކަމަށާއި ކުޅުންތެރީންގެ އެކްސްރޭ ނެގުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް ސާއިދ ބުންޏެވެ.
މި ހާދިސާ ހިނގާފައި މިވަނީ ބަސް ހިތަދޫއިން ނައްޓައިލިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ކަމަށް އައްޑޫގައި ހުރި ސަންގެ ނޫސްވެރިޔާ ރިފްޝާން މައުލޫމާތުދެ އެވެ.
ފިޒިކަލް އަނިޔާއަށް ވުރެ ބޮޑަށް، ނަފްސާނީ ގޮތުން ކުޅުންތެރިން ތިބީ ވަރަށް ބޮޑު ހާސް ކަމެއްގައި. ކުއްލިއަކަށް މިފަދަ ކަމެއް ހިނގުމުން.
އަނިޔާވި މީހުންގެ ތެރޭގައި އަފްޣާނިސްތާންގެ ހެޑް ކޯޗާއި މެނޭޖަރާއި މީޑިއާ އޮފިޝަލް ހިމެނޭ. އަދި އެ ޓީމުގެ ފައިސަލާއި ހަސްމަތުލްﷲ އާއި މުސްތަފާ އާއި މުސްތަފާ ހާދީ އަށް ވެސް ވަނީ އެ އެކްސިޑެންޓުގައި އަނިޔާވެފައި.
އަނިޔާވި ކުޅުންތެރިންނާއި އޮފިޝަލުންނަށް ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދޭން ތައްޔާރު. މިކަން ހިނގައިދިޔަ ގޮތް ފުލުހުން މެދުވެރިކޮށް މިދަނީ ބަލަމުން.