Last Updated: 1 decade 2 year ago
Last Updated:
1 decade 2 year ago
ސެމީގައި ރާއްޖެ ފިލިޕީންސްއާ ކުޅެން ޖެހިއްޖެ
17:54
ގްރޫޕް ބީގެ ފަހު ދެމެޗުގައި މިއަދު ފިލިޕީންސް ތުރުކުމެނިސްތާން އަތުން 2-0 އިން މޮޅުވެ، ލާއޯސްއާ އަފްޣާނިސްތާން ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު ފިލިޕީންސް ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އަދި އަފްޣާން ވަނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދައިފައެވެ. އެހެން ކަމުން ސެމީ ފައިނަލްގައި ރާއްޖެ ވާދަކުރަން ޖެހޭނީ މި މެޗުން މޮޅުވެ ގްރޫޕުގެ އެއްވަނަ ހޯދި ފިލިޕީންސް ޓީމާއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ހޯދި ފަލަސްތީނާއި މި ގްރޫޕްގެ ދެވަނަ ހޯދި އަފްޣާނިސްތާނެވެ.
17:51
މި ނަތީޖާއާ އެކު ސެމީ ފައިނަލުގައި ރާއްޖެ ވާދަކުރަން ޖެހޭނީ، ފިލިޕީންސް ޓީމާ.
17:50
މެޗު ނިމިއްޖެ. ފިލިޕީންސް 2 ތުރުކުމެނިސްތާން 0.
17:47
އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް ދީފި.
17:45
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ 2 މިނިޓް ބާކީ އޮތީ.
17:44
ތުރުކުމެނިސްތާނަށް 9 ވަނަ ކޯނަރު ލިބިއްޖެ. ފިލިޕިންސަށް މި މެޗުގައި މިހާތަނަށް ލިބުނީ އެންމެ ކޯނަރެއް.
17:39
މެޗުގެ ފަހު 10 މިނިޓްގެ ކުޅުން ކުރިއަށް ދަނީ. ފިލިޕިންސް 2-0 ތުރުކުމެނިސްތާން.
17:36
ތުރުކުމެނިސްތާނަށް އިތުރު ޕްރެޝަރެއް މިއައީ. އެއް ކުޅުންތެރިއަކު އެޓީމުން މަދުން ކުޅެމުންދާއިރު ފިލިޕީންސުން މިވަނީ 2 ލަނޑުގެ ލީޑެއް ނަގާފައި.
17:35
ތުރުކުމެނިސްތާން ޓީމުގެ 18 ނަންބަރު ފަރްހާދަށް ދެ ރީނދޫ ކާޑު ހަމަވެ ރަތްކާޑެއް ދައްކައިފި. ފަރުހާދު މިހާފުގަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތީވެސް.
17:30
ތުރުކުމެނިސްތާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް މާޓީން ނަގައިދިން ރީތި ހުރަހެއް ފުނަމައިގެން އަރައި ފައިން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިހާފުގައި ނުކުތް ޕެޓްރިކް.
17:29
ފިލިޕިންސްގެ ދެވަނަ ލަނޑު ޖަހައިފި.
17:28
ފިލިޕީންސް ތިމުން ބަދަލެއް. 23 ނަންބަރު ސިމޯން ރޮޓާގެ ބަދަކުގައި 4 ނަންބަރު އެންޓޯން އެޑްވަޑް ކުޅެން ނުކުތީ.
17:26
ތުރުކުމެނިސްތާނުން ބަދަލެއް. 9 ނަނަބަރު މުހަދޯފްގެ ބަދަލުގައި ކުޅެން ނުކުތީ 11 ނަންބަރު ދުރްދިޔޭފް. މިއީ އެޓީމުގެ ކުރިން ކުޅުނު މެޗުގައި ލަނޑު ޖެހި ކުޅުންތެރިއެއް.
17:25
ފިލިޕް ޖޭމްސް ތުރުކުމެނިސްތާން ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެގެން ދަނިކޮށް ތުރުކުމެނިސްތާން ކުޅުންތެރިން މިވަނީ ބޯޅަ ދިފާއުކޮށްފައި.
17:19
ތުރުކުމެނިސްތާނުން ބަދަލެއް ގެނެސްފި.
17:19
ފިލިޕިންސް ކުޅުންތެރިއަކަށް ފައުލު ކުރުމުން ތުރުކުމެނިސްތާން ކުޅުންތެރިއަކަށް ރީނދޫ ކާޑެއް.
17:18
ފިލިޕިންސުން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް. އެޓީމުގެ ކުޅުންތެރިއަކު، އެކަނި ބޯޅަ ހިފައިގެން ތުރުކުމެނިސްތާން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ތުރުކުމެނިސްތާންގެ 2 ނަންބަރު ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ.
17:12
ފިލިޕިންސް ލަނޑު ޖެހުމާއެކު މެޗުގެ އޮއިވަރު މިވަނީ ބަދަލުވެފައި. ދެޓީމުން ވެސް މިދަނީ އަވަސް ކުޅުމެއް މިހާރުކުޅެމުން.
17:10
ފިލިޕިންސް ޓީމުން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް އުފައްދައދައިފި. އެޓީމުގެ ކުޅުންތެރިއަކު އެކަނި ބޯޅަ ހިފައިގެން ތުރުކުމެނިސްތާން އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ގޯލްގެ ރޮނގުމަތިން އެޓީމުގެ ކުޅުންތެރިއަކު ދިފާއުކުރީ. އަނެއްކާ ދެވަނަ ބޯޅަ ވެސް ފިލިޕީންސް ކުޅުންތެރިން ވަނީ ގޯލަށް ފޮނުވާލާފައި، އެހެން ނަމަވެސް ކީޕަރު އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ.
17:07
ފިލިޕީންސުން ލަނޑު ޖަހާފައި ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ފްރީ ކިކެއް ގޯލަށް ފޮނުވާލައިގެން
17:06
ފިލިޕީންސުން ލަނޑު ޖަހައިފި
17:03
ދެ ވަނަ ހާފު ފަށައިފި.
16:47
ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.
16:47
ފިލިޕިންސުން ފަހު ވަގުތުގައި ނުރައްކާތެރި ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފި. އެހެން ނަމަވެސް ތުރުކުމެނިސްތާން ކުޅުންތެރިން މިވަނީ އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ދިފާއުކޮށްފައި.
16:45
އިތުރު ވަގުތު 2 މިނިޓް.
16:44
މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގެ ކުޅުން ކުރިއަށް ދަނީ.
16:43
ގޯލް ކީޕަރު މުއްލާ ވަރަށް ހުށިޔާރުކަމާއެކު ތުރުކުމެނިސްތާނުގެ ޕެނަލްޓީ ދިފާއުކޮށްފި. މެޗުގެ ކުރި ހޯދަށް ތުރުކުމެނިސްތާނަށް ލިބުނު ރަނުގެ ފުރުސަތެއް މި ގެއްލުނީ.
16:41
ތުރުކުމެނިސްތާނަށް ޕެނަލްޓީއެއް. އެޓީމުން ފިލިޕިންސް ގޯލަށް ހިލޭ ޖެހުމެއް ފޮނުވާލި ވަގުތު އޭރިޔާ ތެރެއިން ފިލިޕިންސް ކުޅުންތެރިން ގޯސް ހެދީ.
16:41
ތުރުކުމެނިސްތާނަށް ފިލިޕީންސް ޕެނަލްޓީ އޭރިޔާ ތެރެއިން ހިލޭ ޖެހުމެއް.
16:39
ތުރުކުމެނިސްތާން ޕެނަލްޓީ އޭރިޔާ ބޭރުން ފިލިޕިންސް ކުޅުންތެރިން ފޮނުވާލި ހިލޭޖެހުން ދިފާއުކޮށްފި.
16:33
ފިލިޕިންސް ކުޅުންތެރިން ތުރުކުމެނިސްތާން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ތުރުކުމެނިސްތާން ކުޅުންތެރިން ދިފާއުކޮށްފި.
16:31
ފިލިޕިންސަށް ލިބުނު ހިލޭ ޖެހުން ތުރުކުމެނިސްތާން ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށް.
16:29
ތުރުކުމެނިސްތާން ކުޅުންތެރިއަކަށް ރީނދޫ ކާޑެއް. ފިލިޕިންސްގެ 17 ނަންބަރު ސްޓެފަން މާކުސް ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަންނަނިކޮށް އެކުޅުންތެރިޔާ ފައުލް ކުރީ.
16:28
ފިލިޕީންސް ޓީމުން ބަދަލެއް. ރުބޭން ޑޮކްޓޯރާގެ ބަދަލުގައި ކުޅެން ނުކުތީ ޕެޓްރިކް އަލްސަރާ.
16:28
މެޗުގައި 28 މިނިޓް ކުޅެވިއްޖެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
16:24
ތުރުކްކުމެނިސްތާނާ ދެކޮޅަށް ފިލިޕީންސް ކުޅޭ މެޗަށް ފިލިޕީންސްގެ ސަޕޯޓަރުންތަކެއް ގައުމީ ފުޓްބޯޅަ ދަނޑަށް ވަދެ އެބަތިބި، އެ މީހުން ދަނީ ހުއްޓާނުލައި ފިލިޕީންސަށް ސަޕޯޓު ކުރުމުން
16:21
ތުރުކުމެނިސްތާނުގެ ހަލަމާއެއް. ފިލިޕީންސް ޕެނަލްޓީ އޭރިޔާ ބޭރުން 14 ނަންބަރު މިންގަޒޯފް ފޮނުވާލި ބާރު ހަމަލާ ކީޕަރު މުއްލާ އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލީ.
16:19
ފިލިޕިންސުން ރަނގަޅު ހަމަލާއެއް އުފައްދައިފި. ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ކުޅުންތެރިއަކު ތުރުކުމެނިސްތާން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކު ބޮލުން ޖަހައި ފޮނުވާލީ. އެހެން ނަމަވެސް ކީޕަރު އަތަށް.
16:16
ތުރުކުމެނިސްތާނަށް ކޯނަރެއް.
16:12
ބެލެވެނީ ރެފްރީ ކަށިގަނޑު ނުފުމެނީސް އެ ކުޅުންތެރިޔާ ބޯޅަ ފޮނުވާލީ ކަމަށް. އަލުން ޖެހުން ދީފި.
16:11
ފިލިޕިންސްގެ 10 ނަންބްރު ފިލިޕް ޖޭމްސް އަށް ރީނދޫ ކާޑެއް ދައްކައިފި.
16:10
ފިލިޕިންސަށް ތުރުކުމެނިސްތާން ޕެނަލްޓީ އޭރިޔާގެ އަރިމަތިން ހިލޭ ޖެހުމެއް.
16:09
ތުރުކުމެނިސްތާންގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އެޓީމުގެ ފޯވާޑް ދުރްދިޔޭފް ދީދާރު މިއަދުގެ މެޗު ފެށިއިރު މި އިނީ ބެންޗުގައި.
16:04
މިއަދު މިކުޅެނީ ގްރޫޕް ބީ ގެ ފަހު ދެމެޗު. ފިލިޕީންސާއި ތުރުކުމެނިސްތާން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެމުން ދާއިރު އަނެއް މެޗުގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި ވާދަކުރަމުން ދަނީ، އަފްޣާނިސްތާނާއި ލާއޯސް.
16:02
ތުރުކުމެނިސްތާނަށް ފިލިޕިންސް ހާފުތެރެއިން ހިލޭ ޖެހުމެއް.
16:00
މެޗު ފަށައިފި.
15:59
މެޗު ފަށަނީ ތުރުކުމެނިސްތާން.
15:55
ދެޓީމުގެ ކުޅުން ތެރިން މެޗަށް ތައްޔާރުވުމުގެ ގޮތުން ދަނޑަށް ނުކުމެއްޖެ.