Last Updated:
1 decade 2 year ago

ޗެލެންޖު ކަޕް: އަފްޣާނިސްތާން 0-0 ލާއޮސް

    ބުލޮގު ޚުލާސާ
    އަފްގާނިސްތާނާއި ލާއޮސް ބައްދަލު ކުރާ މެޗު ކުޅޭނީ އައްޑޫ ފުޓްބޯޅަ ދަނޑުގައި. މެޗު ފަށާނީ މިއަދު ހަވީރު 4:00 ގައި
    17:58

    ގްރޫޕް ބީގެ ފަހު ދެމެޗުގައި މިއަދު ފިލިޕީންސް ތުރުކުމެނިސްތާން އަތުން 2-0 އިން މޮޅުވެ، ލާއޯސްއާ އަފްޣާނިސްތާން ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

    މި ނަތީޖާއާއެކު އަފްޣާން ވަނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި އަދި ފިލިޕީންސް ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދައިފައެވެ. އެހެން ކަމުން ސެމީ ފައިނަލްގައި ރާއްޖެ ވާދަކުރަން ޖެހޭނީ މި ގްރޫޕުގެ އެއްވަނަ ހޯދި ފިލިޕީންސް ޓީމާއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ހޯދި ފަލަސްތީނާއި މި ގްރޫޕްގެ ދެވަނަ ހޯދި އަފްޣާނިސްތާނެވެ.

    17:53

    މެޗު ނިމިއްޖެ.
    17:48

    އިތުރު ވަގުތުގެ 5 މިނިޓް ކުޅެނީ.
    17:45

    އަފްޣާން ޓީމުން ބަދަލެއް. ސަންޖަރުގެ ބަދަލުގައި ބެލާލް އަރޭޒޫ ކުޅެން ނުކުމެއްޖެ.
    17:42

    އަފްޣާން ޓީމުގެ ބިލާލް އަރޭޒޫ، ކުޅެން އަރަން ރެޑިވަނީ، މިއީ ނޯވޭގެ ކްލަބަކަށް ކުޅޭ ކުޅުންތެރިއެއް.
    17:41

    ލައޯސްގެ ގޯލް ކީޕަރު މެޗުގެ ވަގުތު ބޭކާރު ކުރާތީ އޭނާއަށް ރެފްރީ ރީނދޫ ކާޑު ދައްކައިފި.
    17:40

    ލާއޯސްގެ 6 ނަންބަރު ކުޅުންތެރިޔާއަށް އަނިޔާވެ، ބަދަލުގައި 3 ނަންބަރު ކުޅެން ނުކުމެއްޖެ.
    17:38

    އަފްޣާންގެ ޝަޔެސް ލާއޯސް ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ އޭރިޔާތެރޭގައި ހުރި ސަންޖަރުގެ ބޮލަށް އަރާގޮތެއް ނުވި.
    17:35

    މިއީ މި މުބާރާތުގައި އަފްޣާން ޓީމުން ފެންނަ އެންމެ ކުޅުން ދަށް މެޗު.
    17:34

    އަފްޣާން ޓީމަށް ސަޕޯޓް ކުރާ މީހުންގެ އަޑު ވަރަށް ގަދަ.
    17:33

    ލާއޯސް ޓީމުން ބަދަލެއް 16 ނަންބަރުގެ ބަދަލުގައި 19 ނަންބަރު ކުޅެން އެރީ.
    17:23

    އަފްޣާން ޓީމުން ބަދަލެއް. 6 ނަންބަރު މުހައްމަދު ރަފީގެ ބަދަލުގައި 17 ނަންބަރު މުސްތަފާ ޒަޒާއި ކުޅެން ނުކުމެއްޖެ.
    17:21

    ލާއޯސް ޓީމުން ބަދަލެއް. 5 ނަންބަރުގެ ބަދަލުގައި 10 ނަންބަރު ކުޅެން ނުކުމެއްޖެ.
    17:15

    އަފްޣާންގެ ސަޔެސްތޭ ފޮނުވާލި ބާރު ހަމަލާ ލާއޮސްގެ ޕެންލްޓީ އޭރިޔާތެރޭގައި ހުރި އެޓީމުގެ ކެޕްޓަންގެ ފައިގަ ޖެހިފައި ގޯލާ ދިމާއަށް ދިޔަ ބޯޅަ ކީޕަރު މަތަކޮށްފި.
    17:13

    އަފްޣާން ކުޅުންތެރިން މެޗު މާ ފަސޭކޮށްލާތީ އެޓީމުގެ ކޯޗު ހިތްހަމަ ނުޖެހިފައި ހުރީ.
    17:09

    ލާއޮސްގެ ސަޔަވުއްތިއަށް ރީނދޫ ކާޑެއް.
    17:04

    ދެ ވަނަ ހާފު ކުޅުން ފަށައިފި.
    16:48

    ފުރަތަމަ ހާފް ކުޅުން ނިމިއްޖެ.
    16:45

    މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް.
    16:35

    މި މެޗުގެ ކަވަރޭޖް ތިޔަ ބޭފުޅުންނާ ހަމަައަށް ގެ ނެސްދިނުމަށް ސަންގެ ދެ ޖާނަލިސްޓުން ކަމަށްވާ ސާއިދު އަޙްމަދާއި ޢަލީ ރިފްޝާން ދަނީ އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުން.
    16:34

    އަފްޣާންގެ ޝަޔެސްތާ ލާއޯސް ގޯލާ ދިމާއަށް ފޮނުވާލި ބާރު ހަމަލާ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
    16:32

    މެޗުގެ 32 މިނިޓް ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
    16:31

    ލާއޯސް އިން މިދަނީ ވަރަށް ވަރުގަދައަށް ޑިފެންސް ކުރަމުން. އަފްޣާން ޓީމު އެޓޭކިންއަށް އަރާއިރު ލާއޮސް ޓީމު އެއްކޮށް ޑިފެންސަށް އެބަ ފައިބާ.
    16:25

    ލާއޮސް ބޮޑަށް ބަލަނީ ކައުންޓާ އެޓޭކްގައި ހަމަލާއެއް އުފެއްދޭތޯ.
    16:23

    އަފްޣާން އެންމެ ފަހުން ކުޅުނު މެޗާ ބަލާފަ ތަންކޮޅެއް ދަށް ކުޅުމެއް ފެނިގެން ދަނީ.
    16:22

    މި މެޗުގެ ޗީފް ގެސްޓަކީ އައްޑޫ ސިޓީގެ މޭޔަރު.
    16:17

    އަފްޣާން ޓީމުން ބަދަލެއް. 18 ނަންބަރު އަހްމަދު އަރާޝްގެ ބަދަލުގައި ކުޅެން ނުކުތީ 2 ނަންބަރު އައްބާސިން.
    16:14

    އަފްޣާން ކުޅުންތެރިޔަކަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އަށިގަނޑުގައި ދަނޑުން ބާލައިފި.
    16:13

    މި ދެޓީމް އެންމެ ފަހުން ކުޅުނު މެޗުގައި އަފްޣާންގެ ޖަލާލުއްދީންއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކާފައި.
    16:09

    މިއަދު އައްޑޫ ސްޓޭޑިއަމްގައި ބައްދަލުކުރާ އަފްގާނިސްތާނާއި ލާއޮސްގެ މެޗާއި ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ މެޗް އަފްގާނިސްތާން ތަފާތު ބޮޑުކޮށް މޮޅުވާނެ ކަމަށް.
    ސާންތީ

    ސަން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މިހާރު އައްޑޫ ސިޓީގައި ހުރި އިހްސާން އަބްދުލް ޣަނީ (ސާންތި) ވިދާޅުވީ، ސެމީ ފައިނަލުގައި ރާއްޖެ ކޮންމެ ބަޔަކާ ޖެހުނުކަމުގައި ވީ ނަމަވެސް ދިވެހި ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅަށް ދައްކައިދޭނެ ކަމަށާއި ކޮންމެ ބަޔަކާ ޖެހުނަސް ކުރި ހޯދާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަަމަށް.
    "އަޅުނގަޑުމެންނަށް ރަނގަޅީ ފިލިޕީންސް ކަހަލަ ޓީމަކާއި ދެކޮޅަށް ނުކުންނަން ޖެހިއްޖެއްޔާ. އެއީ އަފްގާނިސްތާނަކީ ކުރިން ސާފް ޗެމްޕިއަން ޝިޕްގައި ރާއްޖެ އާއި ދެކޮޅަށް ކުޅެފަ އޮތް ޓީމަކުން އުދަނގޫ ވާނެ،"
    16:06

    މެޗު ފެށިގެން 5 ވަރަކަށް މިނިޓް ކުޅުން ނިމުނުއިރު އަފްޣާން ރަނގަޅަށް ކުޅެމުން މިދަނީ.
    16:05

    އަފްޣާނަށް ކޯނަރެއް.
    16:02

    ދަނޑުގެ އުތުރު ކޮޅުގައި އަފްޣާން ޓީމު ދެކުނު ކޮޅުގައި ލާއޮސް.
    16:01

    މެޗު ފަށައިފި. ކިކްއޮފް ކުރީ ލާއޮސް ޓީމުން.
    15:59

    ލާސްއޮސްގެ ފުރަތަމަ 11 އަަށް 3 ބަދަލު ގެނެސްފައިވޭ.