24 May 2014, 12:48
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ސެލޯފިން ކޮޅާއި ބްލެޓު ސައިޒުގެ ދެ ރަބަރު ޕެކެޓާ އެކު 18 އަހަރުން ދަށުގެ ކުއްޖަކު ޏ. ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި ފުލުހުން ހިންގިއޮޕަރޭޝަންގައި އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނު 10:15 އެހައިކަށްހާއިރު ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ކޮޓަރިތެރެއިން ކަމަށާއި 518 ސެލޯފިން ކޮޅާއި ދެ ރަބަރު ޕެކެޓުގެ އިތުރުން 4000ރ. ވެސް އެ ކޮޓަރިތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާގެ ކުޑަކަމުދާތަކެތި ތަހުލީލްކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.