ކޮންމެ އަހަރަކު ވެސް ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށް ގެންދާ އެސްޓީއޯ ރަމަޟާން ބާޒާރު މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މިއަހަރުގެ ރަމަޟާން ބާޒާރުގައި ހަތް ޕަސެންޓް އިން ފެށިގެން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓްތަށް ހިމެނޭނެ ކަމަށާއި 1000 ރުފިޔާ އަށްވުރެ މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

އެގޮތުން ކޫޕަންތަކާ އެކު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވާލެވޭ ނަސީބުވެރިފަރާތަކަށް ވަރަށް އަގުހުރި އިނާމްތަކެއް ލިބޭނެ ކަމަށާއި ޕްރޮމޯޝަންގެ ތެރޭގައި ބައްލަވައިގަންނަވާ ކޮންމެ ފިލިޕްސް އެއާ ފްރަޔާ އާއެކީ ފިލިޕްސް ބްލެންޑަރއެއްގެ އިތުރުން ޓޯސްޓަރެއް ވެސް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ކުރިޔަށް އޮތް ވޯލްޑް ކަޕް އާއި ދިމާކޮށް ވެސް އެސްޓީއޯ އިން ވަރަށް ހާއްސަ ކަންތައްތަކެއް ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން އެސްޓީއޯ އިން ގަންނަ ފިލިޕްސް ޓީވީ އާއިއެކު ފިލިޕްސް ހެޑްފޯން އަކާއި ޑޮކިންގ ސިސްޓަމް ފަދަ ތަކެތި ހިލޭ ލިބޭނެކަމަށާއި ކޮންމެ ހިޓާޗީ ޕްރޮޖެކްޓަރަކާއެކު ސައުންޑް ޝޫޓާރ އެއް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި މިއަދުން ފެށިގެން ޖުލައި މަހު 19 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިޔަށްދާނެ އެވެ.