Last Updated: 1 decade 2 year ago
ބުލޮގު ޚުލާސާ
އައްޑޫގައި ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ޖަހާއިރު މިޔަންމާއާ ދެކޮޅަށް ކިރްގިސްތާން ނުކުންނައިރު، އެ ސަރަހައްދުގެ މޫސުން ވަރަށް ގޯސް. ވައި ބާރުވެެ، ވަރަށް ބޯކޮށް ވިއްސާރަ ކުރަމުންދޭ.
މިޔަންމާ ހާފުގެ މެދެއްހާ ހިސާބުން ކިރްގިސްތާން ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުމެއް. ގޯލްގެ ހުރަސް ދަނޑިމަތިން އިންޗިއެއްހާ ހިސާބުން ބޭރަށް.
މިޔަންމާ ޓީމުން ބަދަލެއް. 6 ނަންބަރު ކުޅުންތެރިޔާގެ ބަދަލުގައި އެރުވީ 12 ނަންބަރު.
ކިރްގިސްތާން ޓީމުން އަނެއްކާ ވެސް ބަދަލެއް. ވާރޭ ވެހޭލެއް ބޯކަމުން ކުޅުންތެރިޔާގެ ނަންބަރު ސާފެއް ނުވޭ.
ކިރްގިސްތާން 7 ނަންބަރުގެ ބަދަލުގައި 15 ނަންބަރު ކުޅެން އަރައިފި.
ވެހެމުންދާ ވާރޭ ކުޑަކޮށް ތުނިކޮށްލައިފި. މެޗުގައި ރަނގަޅަށް ކުޅެމުންދަނީ ކިރްގިސްތާން.
ކިރްގިސްތާން ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކައިފި. ވާރޭ ވެހޭލެއް ބޯކަމުން ކުޅުންތެރިޔާގެ ނަންބަރު ސާފެއް ނުވޭ.
މިޔަންމާގެ 4 ނަންބަރަށް އަނިޔާވެގެން ފައިބައިފި.
މިޔަންމާގެ 16 ނަންބަރަށް ރީނދޫ ކާޑެއް ދައްކައިފި. އެޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ކިރްގިސްތާނަށް ހިލޭ ޖެހުމެއް.
މިޔަންމާގެ ޖާޒީނަންބަރު 3 އަށް ރީނދޫ ކާޑެއް ދައްކައިފި.
ކިރުގިސްތާން ކުޅުންތެރިއަކު ބަދަލު ކޮށްފި. 17 ނަންބަރުގެ ބަދަލުގައި 6 ނަންބަރު ކުޅެން އެރުވީ.
ކިރްގިސްތާން ގޯލް ޖަހައިފި. ލަނޑު ޖެހީ 10 ނަންބަރު.
މިޔަންމާއިން އަނެއްކާ ވެސް ހަމަލާއެއް އުފައްދައިފި. އެހެން ނަމަވެސް ކީޕަރު ވަރަށް ހުށިޔާރު ކަމާއެކު ބޯޅަ ދިފާއު ކުރީ.
މިޔަންމާއިން ހަމަލާއެއް އުފައްދައިފި. އެހެން ނަމަވެސް އެ ބޯޅަ ކިރްގިސްތާން ކީޕަރު ދިފާއު ކުރީ.
ކިރްގިސްތާންގެ ފުރަތަމަ ހަމަލާ. ޖާޒީނަންބަރު 7 ފޮނުވާލި ބޯޅަ އަމާޒުވީ މިޔަންމާ ގޯލްގެ ދަނޑިއަށް.