Last Updated: 1 decade 2 year ago
Last Updated:
1 decade 2 year ago
ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފި
- ގްރޫޕް އެއްވަނާގައި އޮވެ، ފަލަސްތީން ވެސް ސެމީއަށް
ގޯލް ކީޕަރު އިމްރާން
ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާއަށް ގޯލް ކީޕަރު އިމްރާން ޝުކުރު އަދާކޮށްފި.
"ރާއްޖެއަށް ވަރަށް ބޮޑު ކާމިޔާބެއް މި ލިބުނީ. ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދެމުން ގެންދާ ސަޕޯޓު އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރަން. އަޅުގަނޑުމެންގެ މޮޅުވުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ތިޔަ ލޮބުވެތި ސަޕޯޓަރުން. ކުރިއަށް ހުރި މެޗު ތަކުގައި ވެސް ސަޕޯޓަރުން ތިޔަ ގޮތުގައި ހިފަހައްޓަވާތި"
22:55
ރާއްޖެއާއި ފަލަސްތީން ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ އަދި މިޔަންމާ އަތުން 1-0 އިން ކިރްގިސްތާން މޮޅުވުމުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފަލަސްތީން އަދި ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި.
22:54
ކިރްގިސްތާނުން މިޔަންމާ ބަލިކުރުމުން ރާއްޖެ ސެމީއަށް ދަތުރުކޮށްފި.
22:51
މެޗު ނިމިއްޖެ.
22:50
މިހާރު ހިނގަމުންދަނީ މެޗުގެ އެންމެ ފަހު މިނިޓް.
22:49
ފަލަސްތީނު ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން އެބަ ފެނޭ.
22:49
ފަލަސްތީން ހާފުތެރެއިން އަކޫ ބޯޅަ ހޯދައިގެން ދަގަނޑޭއަށް ދެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް ބޯޅަ ދެވޭގޮތެއް ނުވި.
22:47
މެޗުގެ ފުރިހަމަ 90 މިނިޓްގެ ކުޅުން ނިމިއްޖެ. އިތުރު ވަގުތުގެ 3 މިނިޓް.
22:43
ރާއްޖެ ޓީމުން އުމޭރުގެ ބަދަލުގައި އަކޫ ކުޅެން އަރުވައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނިޓް.
22:43
ރާއްޖެ ޓީމުން އުމޭރުގެ ބަދަލުގައި އަކޫ ކުޅެން އަރުވައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނިޓް.
22:42
ފަލަސްތީނު ޓީމުން ބަދަލެއް. 17 ނަންބަރުގެ ބަދަލުގައި 9 ނަންބަރު ކުޅެން އެރުވީ.
22:40
ސަން އިން މި މެޗުގެ ލައިވް ކަވަރޭޖް ތިޔަބޭފުޅުންނަށް ގެނެސްދޭ އިރު އައްޑޫ ފުޓްބޯޯޅަ ދަނޑުގައި މިވަގުތު ކުޅެމުންދާ މެޗުގެ ލައިވް ކަވަރޭޖްވެސް އެބަ ގެނެސްދެން.
22:40
މެޗުގެ ފަހު 10 މިނިޓްގެ ކުޅުން ކުރިއަށް ދަނީ. ރާއްޖެއަށް ވެސް އަދި ފަލަސްތީނަށް ވެސް ލަނޑެއް ނުޖެހޭ.
22:40
ފަލަސްތީން ދެ ކުޅުންތެރިން ރާއްޖޭ ހާފުތެރެއިން ޕާސްކޮށްލައިގެން ބޯޅަ ހިފައިގެން ރާއްޖޭ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ބޯޅަ ފޮނުވާލުމުގެ ކުރިން ރާއްޖޭ ކުޅުންތެރިން ބޯޅަ ދިފާއުކޮށްފި.
22:35
ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއަށް ރިލޭ ވައްޓާލި ބޯޅަ ސެންޓޭ ބޮލުން ޖަހައި ފޮނުވާލި އިރު އެސިސްޓެންޓް ރެފްރީ ހުރީ ސެންޓޭ އޮފްސައިޑް ކަމަށް ދައްކާފައި.
22:30
ފަލަސްތީނުގެ ކުޅުންތެރިން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް އަމާޒެއް ނުވި.
22:30
ސެންޓޭއަށް ފައުލުކުރުމުން ފަލަސްތީނުގެ 2 ނަންބަރަށް ރީނދޫ ކާޑެއް ދައްކައިފި.
22:27
ރާއްޖޭ ޓީމުން އަނެއްކާ ވެސް ނުރައްކާތެރި ހަމަލާއެއް. ފަލަސްތީން އޭރިޔާތެރެއަށް ރިލޭ ހުރަސްކޮށްލި ބޯޅަ އޮއްޕޮ ބޮލުން ޖަހައި ފޮނުވާލީ. ގޯލަށް އަމާޒެއް ނުވި.
22:25
ރާއްޖެއަށް ލިބުނު ކޯނަރު ޕާސްކޮށްގެން ވަދެ ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކޮށްފި.
22:25
ދަނޑުގެ އުތުރު ފަރާތުގައި ތިބި ސަޕޯޓަރުންގެ ތެރެއިން، މީހަކު ދަނޑަށް ވުވުޒެލާއެއް އެއްލާލައިފި. ނަމަވެސް ފުލުހުން ދަނީ އެ ސަރަހައްދުގައި ވަރަށް ގަދަޔަށް ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރަމުން.
22:24
ފަލަސްތީނު ޕެނަލްޓީ އޭރިޔާ ތެރެއަށް ދަގަނޑޭ އެކަނި ބޯޅަ ހިފައިގެން ވަންނަނިކޮށް އެޓީމުގެ ކުޅުންތެރިއަކު ދަގަނޑޭ ވައްޓާލައިފި. އެހެން ނަމަވެސް ރެފްރީ ދެއްކީ ފައުލެއް ނޫންކަމަށް.
22:22
ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހިފައިގެން ގޯލާ ދިމާއަށް ދާން ދަގަނޑޭ މަސައްކަތްކުރީ. އެހެން ނަމަވެސް ފަލަސްތީނު ކުޅުންތެރިން ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފި.
22:21
މެޗު ފެށިގެން މިހާތަނަށް އައި އިރު އެއްވެސް ވަރަކަށް ބަދަލެއް ނައިސް ރާއްޖޭ ސަޕޯޓަރުންގެ ތަރުހީބު މިދަނީ ކުރިއަށް.
22:20
ފަލަސްތީން ޕެނަލްޓީ އޭރިޔާތެރެއަށް ދަގަނޑޭ ފޮނުވާލި ހިލޭޖެހުން އަޑުބަރޭ ބޮލުން ޖެހި ނަމަވެސް ގޯލަށް އަމާޒެއް ނުވި.
22:20
ފަލަސްތީން ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖޭ ޓީމަށް ހިލޭ ޖެހުމެއް. ފޮނުވާލަނީ ދަގަނޑޭ.
22:18
ފަލަސްތީނު ޓީމުން ބަދަލެއް. 23 ނަންބަރުގެ ބަދަލުގައި ކުޅެން ނުކުތީ 15 ނަންބަރު.
22:17
ފަލަސްތީން ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބާރު ބޯޅަ ފަލަސްތީނު ކީޕަރު ހިފައިފި.
22:16
ރާއްޖޭ ކުޅުންތެރިން ފަލަސްތީނު ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކޮށްފި. ފަލަސްތީން ކުޅުންތެރިން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޭރުކޮށްލައިފި.
22:14
ރާއްޖޭ ހާފު ތެރެއިން ފަލަސްތީނު ކުޅުންތެރިއަކު ހިފެހެއްޓުމުން ރިލޭއަށް ރީނދޫ ކާޑެއް.
22:11
ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއިން ފާސިރު ފޮނުވާލި ބޯޅަ ބޭރަށް.
22:10
ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ފަލަސްތީނުން ހަމަލާއެއް އުފައްދަން މަސައްކަތް ކުރަމުންދަނިކޮށް، ޝާފީ ޓެކުލްކޮށް އެ ބޯޅަ ބޭރުކޮށްލައިފި.
22:08
ހޮކޭއަށް ފައުލުކުރުމުން ފަލަސްތީނުގެ 3 ނަންބަރަށް ރީނދޫ ކާޑެއް ދައްކައިފި.
22:07
ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއަށް އުމޭރު ދިން ރީތި ޕާހެއް، ސެންޓޭ ގޯލަށް ފޮނުވާލަން މަސައްކަތް ކުރިނަމަވެސް ފަޔަށް ރަނގަޅަށް ބޯޅަ އަރާގޮތެއް ނުވި.
22:06
ގައުމީ ފުޓްބޯޅަ ދަނޑުގެ މަޖީދީމަގާވީ ފަޅިގައި ސަޕޯޓަރުން ގިނަވެގެން އެ ސަރަހައްދުގައި ފުލުހުން ވަރަށް ވަރުގަދަޔަށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި.
22:05
ފަލަސްތީނު ޕެނަލްޓީ އޭރިޔާ ތެރެއަށް ސެންޓޭ ނަގައިދިން ހުރަސް އުމޭރު ބޮލުން ޖަހައި ފޮނުވާލީ. އެކަމަކު ގޯލަށް އަމާޒެއް ނުވި.
22:04
ފަލަސްތީނުން ދެވަނަ ހާފް ފެށީ ބަދަލަކާ އެކު. 11 ނަންބަރުގެ ބަދަލުގައި ކުޅެން އެރީ 19 ނަންބަރު.
22:04
ރާއްޖޭ ޓީމަށް ކޯނަރެއް.
22:03
މެޗު ފަށައިފި.
22:02
ދެވަނަ ހާފްގެ ކުޅުން ފަށަން ތައްޔާރުވެއްޖެ.
21:47
ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.
21:47
ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއަށް ދަގަނޑޭ ނަގައިދިން ރީތި ހުރަހެއް. އެހެން ނަމަވެސް އެބޯޅަައަށް ރާއްޖޭ ކުޅުންތެރިންނަނަށް ނޭރުނު.
21:45
އިތުރު ވަގުތު 2 މިނިޓް ދައްކައިފި.
21:43
ފަލަސްތީނު ކުޅުންތެރިން އަނެއްކާވެސް ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލައިފި. އެހެން ނަމަވެސް އެ ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށް.
21:40
މެޗުގެ 40 މިނިޓް ކުޅުން ނިމުނު އިރު، އަދިވެސް އެއްވެސް ޓިމަކަސް ލަނޑެއް ނުޖެހޭ. އެހެން ނަމަވެސް ގްރޫޕްގެ އަނެއް މެޗުގައި ކިރްގިސްތާން މިވަނީ މިޔަންމާ ކޮޅަށް ލަނޑު ޖަހާފައި. މިއީ ރާއްޖެއަަށް ރަނގަޅު ނަތީޖާއެއް.
21:36
ދަގަނޑޭ އެކަނި ބޯޅަ ހިފައިގެން ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށްފި. މިއީ ރައްޖެއަށް ލިބުނު ރަނގަޅު ފުރުސަތެއް.
21:34
ފަލަސްތީނުގެ 11 ނަންބަރަށް ރީނދޫ ކާޑެއް ދައްކައިފި.
21:30
ދަގަނޑޭ، ބޯޅަ ހިފައިގެން ފަލަސްތީނު ޕެނަލްޓީ އޭރިޔާ ރޮނގު ކައިރިން ފޮނުވާލި ހަމަލާގަ އެހާ ބާރެއް ނެތް. ކީޕަރުގެ އަތަށް.
21:30
ފަލަސްތީނު ކުޅުންތެރިއަކު ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އިމްރާން ހިފައިފި.
21:29
ފަލަސްތީނަށް ކޯނަރެއް.
21:28
އުމޭރު ނެގި ކޯނަރު ފަލަސްތީން ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ދިޔައީ ފާ ޕޯސްޓަށް. އެތަނުގައި ހުރި ފަލަސްތީން ކުޅުންތެރިޔާ ބޯޅަ ދިފާއުކޮށްފި.
21:28
ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ކޯނަރަކަށް ބޭރު.
21:27
ފަލަތީނު ކުޅުންތެރިއަކު އެޓީމު ހާފު ތެރެއިން ރިލޭއަށް ފައުލުކޮށްފި.
21:27
ފަލަސްތީނު ކުޅުންތެރިން ރާއްޖޭ ޕެނަލްޓީ އޭރިޔާ ކައިރިބން ފޮނުވާލި ބާރު ހަމަލާ ގޯލް ދަނޑި މަތިން ބޭރަށް.
21:26
ފަލަސްތީން ކުޅުންތެރިން ރާއްޖޭގެ އޭރިޔާތެރެއަށް ނުރައްކާތެރި ހަމަލާއެއް. އެހެން ނަމަވެސް ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި އިރު ބޯޅައަށް ކުޅުންތެރިއަކަށް ނެރުނު.
21:19
ގްރޫޕް ގައި މިރޭ ކުޅޭ އަނެއް މެޗުގައި ކިރްގިސްތާން ލަނޑެއް ޖަހައިފި. މިޔަންމާ ކޮޅަށް ލަނޑު ޖެހީ ކިރްގިސްތާންގެ ޖާޒީ ނަންބަރު 10.
21:17
ފޮޓޯގްރާފަރެއްގެ ގަޔަށް "ވެލި ޖަހައިގެން" ދަނޑަށް ވަދެ އިން މީހަކު ފުލުހުން ހައްޔަރުކޮށްފި.
21:15
ބޮކުރީގެ ބަދަލުގައި ޢަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވައިފި.
21:15
ބޮކުރީ އަނެއްކާވެސް އަނިޔާވެގެން ބާލުވައިފި. ރާއްޖޭ ޓީމުން މިދަނީ ބަދަލަކަށް ތައްޔާރުވަމުން.
21:11
ރިލޭ ބޯޅަ ހިފައިގެން ފަލަސްތީން ޕެނަލްޓީ އޭރިޔާތެރެއަށް ވަންނަން ދަނިކޮށް ފަލަސްތީން ކުޅުންތެރިއެެއްގެ ގައިގަ ޖެހިފައި ވެއްޓިއްޖެ. އެހެން ނަމަވެސް ރެފްރީ ދެއްކީ ޕްލޭއޮން.
21:11
ބޮކުރީއަށް އަނިޔާވެގެން އަށިގަނޑުގައި ދަނޑުން ބާލައިފި.
21:08
ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން މިދަނީ އަވަސް ކުޅުމެއް. މެޗަށް އެރުމުގެ ކުރިން ފަލަސްތީން ކޯޗު ބުނެފައިވަނީ، އެޓީމު ބޭނުންވަނީ، މިރޭގެ މެޗުން މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން ކަމަށް.
21:06
ފަލަސްތީން ޕެނަލްޓީ އޭރިޔާ ބޭރުން އުމޭރު ފޮނުވާލި ހިލޭޖެހުން ކީޕަރު މަތަކޮށްފި.
21:06
ހޮކޭ ބޯޅަ ހިފައިގެން ވަންނަން އުޅެނިކޮށް ފަލަސްތީނު ކުޅުންތެރިން ފައުލުކޮށްފައި. ރާއްޖެއަށް އަނެއްކާ ވެސް ހިލޭ ޖެހުމެއް.
21:05
އުމޭރު ނެގި ކޯނަރު ފަލަސްތީނު ކުޅުންތެރިން ދިފާއުކޮށްފި.
21:05
އުމޭރު ފޮނުވާލި ބާރު ހިލޭޖެހުން ފަލަސްތީން ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
21:05
ރާއްޖެއަށް ހިލޭ ޖެހުމެއް.
21:03
ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ފަލަސްތީނަށް ލިބުނު ހިލޭ ޖެހުމެއް ރާއްޖޭ އޭރިޔާތެރެއަށް ފޮނުވާލުމުން ދިފާއުކޮށްފި.
21:01
ދަގޭ ބޯޅަ ހިފައިގެން ފަލަސްތީން ހާފު ތެރެއަށް ވަންނަނިކޮށް ފަލަސްތީނު ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ވެއްޓިއްޖެ.
21:00
މެޗު ފަށައިފި. ފަލަސްތީނުން ކިކްއޮފް ކުރީ.
20:57
ފަލަސްތީނާ ދެކޮޅަށް މިރޭ ރާއްޖެ ނުކުންނައިރު، މި ދެޓީމު މީގެ ކުރިން ވާދަކޮށްފައި ވަނީ އެންމެ ފަހަރަކު. އެއީ ނޭޕާލްގައި 2012 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕްގައި. އެފަހަރު ރާއްޖެ އަތުން ފަލަސްތީނު މޮޅުވީ 2-0 ލަނޑުން.
20:56
ދެ ޓީމު ކުޅުންތެރިން ސަލާމްކުރަނީ.
20:55
ފަލަސްތީނު ޤައުމީ ސަލާމަށް ފަހު ރާއްޖޭގެ ޤައުމީ ސާލާމް ފަށައިފި.
20:54
މިހާރު ކުރިއަށް ދަނީ ފަލަސްތީނުގެ ޤައުމީ ސަލާމް.
20:54
މެޗަށް ތައްޔާރުވުމަށް ދެޓީމުގެ ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ. މިރޭގެ މެޗުގެ ޝަރަފް ވެރި މެހެމާނަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން.
20:52
ރާއްޖޭ ޓީމުން ފަލަސްތީނާ ދެކޮޅަށް ނެރޭ ފުރަތަމަ 11:
އިމްރާން މުހައްމަދު (އިންމަ) ގޯލް ކީޕަރު
ޝާފިއު އަޙްމަދު (ޝާފީ)
މުޙައްމަދު ރަޝީދު (ހޮކޭ)
ރިލްވާން ވަޙީދު (ރިލޭ)
އިބްރާހީމް ފަޒީލް (އޮއްޕޮ)
މުޙައްމަދު އާރިފް (ބަކާ)
މުޙައްމަދު އުމޭރު (އުމޭ)
ޙުސައިން ނިޔާޒު (ބޮކުރީ)
އަޝްހަދު އަލީ (އަޑޭ)
ޢަލީ އަޝްފާގު (ދަގަނޑޭ) ކެޕްޓަން
އިމްރާން މުހައްމަދު (އިންމަ) ގޯލް ކީޕަރު
ޝާފިއު އަޙްމަދު (ޝާފީ)
މުޙައްމަދު ރަޝީދު (ހޮކޭ)
ރިލްވާން ވަޙީދު (ރިލޭ)
އިބްރާހީމް ފަޒީލް (އޮއްޕޮ)
މުޙައްމަދު އާރިފް (ބަކާ)
މުޙައްމަދު އުމޭރު (އުމޭ)
ޙުސައިން ނިޔާޒު (ބޮކުރީ)
އަޝްހަދު އަލީ (އަޑޭ)
ޢަލީ އަޝްފާގު (ދަގަނޑޭ) ކެޕްޓަން
20:47
ދިވެހި ސަޕޯޓަރުންދަނީ ގައުމީ ޓީމުގެ އެކި ކުޅުންތެރިންނަށް ސަޕޯޓު ދިނުމަށް ގިނަ ކަންތައްތަކެއް ކުރަމުން. ބައެއް ސަޕޯޓަރުން ދަގަނޑޭގެ މާސްކްތަކެއް އަޅައިގެން އުޅޭއިރު، އަނެއް ބަޔަކު ދަނީ އޭނާގެ ބޭނާތައް ދަނޑުގެ އެކިދިމާލުގައި ދަމާފައި.
20:34
މިރޭގެ މެޗުގެ ޝަރަފުވެރި މެހެމާން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދަނޑަށް ވަޑައިގެންފި. މެޗު ފެށުމުގެ 30 މިނިޓް ކުރިން މިހާރު މިވަނީ ސަޕޯޓަރުންނާއެކު ދަނޑު ފުރާލާފައި.
20:21
ގްރޫޕް އޭ ގެ އެއްވަނައިގައި މި ވަގުތު ހަ ޕޮއިންޓާއެކު އޮތީ ފަލަސްތީނެވެ. ރާއްޖެއާއި މިޔަންމާ، މި ދެޓީމުން ކޮންމެ ޓީމެއް ވެސް އެއްމެޗުން މޮޅުވެފައިވާއިރު، ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވީ ނަމަވެސް ޗެލެންޖު ކަޕުގެ ގަވާއިދު ބުނާގޮތުން "ހެޑް ޓު ހެޑް" ރެކޯޑަށް ބަލާފައި މި ވަގުތު ތާވަލުގެ ދެ ވަނަ ލިބެނީ، މިޔަންމާއަށް. ސަބަބަކީ ރާއްޖެއާ މިޔަންމާ ވާދަކުރި މެޗުން 2-3 އަކުން މިޔަންމާ މޮޅުވެފައިވާތީ.
20:18
މިޔަންމާ އަތުން ކިރްގިސްތާން މިރޭ މޮޅުވެ، ފަލަސްތީނާ ރާއްޖެ ކުޅޭ މެޗު އެއްވަރު ކޮށްލެވުނު ނަމަވެސް ރާއްޖެއަށް ސެމީގެ ފުރުސަތު އޮންނާނެ. އެހެން ނަމަވެސް ކިރްގިސްތާން އަތުން މިޔަންމާ މޮޅުވެއްޖެ ނަމަ ރާއްޖެއަށް ސެމީން ޖާގައެއް ލިބޭނީ މިރޭގެ މެޗުން ފަލަސްތީން އަތުން މޮޅުވެގެން.
20:15
އަމިއްލަ ފަސްގަނޑުގައި އެތަކެއް ހާސް "ރަތް" ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ފަލަސްތީން އަތުން މޮޅުވެއްޖެނަމަ ރާއްޖެއަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ. ހަމަ އެހެންމެ މިރޭ ގްރޫޕް އޭ ގައި ކުޅޭ ދެ ވަނަ މެޗުގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި މިޔަންމާ އާއި ކިރްގިސްތާން ވާދަކުރާ މެޗުން ކިރްގިސްތާން މޮޅުވެ، ފަލަސްތީން އަތުން ރާއްޖެ މޮޅުވެއްޖެނަމަ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދިނުމުގެ ފުރުސަތު ވެސް ރާއްޖެއަށް އެބައޮތެވެ. ކިރްގިސްތާނަށް އަމިއްލަ ބާރު ގެއްލުނު ނަމަވެސް މިރޭގެ މެޗުން މޮޅުވެ ސެމީގެ ހަނި ފުރުސަތެއް އެ ޓީމަށް ވެސް އެބަ އޮތެވެ.
އޮގަރު އައްޔަގައުމީ ފުޓްބޯޅަ ދަނޑުން
ގައުމީ ޓީމާއެކު ދަނޑަށް ވަޑައިގެންނެވި ޓީމުގެ އެސިސްޓަންޓް ކޯޗު އޮގަރު އައްޔަ ވިދާޅުވީ ޓީމު އޮތީ ވަރަށް "ފިޓް" ކޮށް ކަމަށް.
ޓީމުގެ އެެއްވެސް ކުޅުންތެރިއަކަށް އަނިޔާގެ އެއްވެސް މައްސަލައެއް ނެތް. ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އަދި ޓީމުގެ ވެސް އުއްމީދަކީ މިރޭގެ މެޗުން ކާމިޔާބުކޮށް ސެމީއަށް ދަތުރު ކުރުން. ހުރިހާ ކުޅުންތެރިންވެސް ތިބީ މިރޭގެ މެޗަށް ވަރަށް ކިކްގަ