ރޯދަ މަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު ސަންފްރޮންޓް ލިވިން އިން ކުރިއަށްގެންދާ މިރަކަލް ސޭލް މިރޭ ފަށައިފި އެވެ.

ނޫސްވެރީންނަށް މައުލުމާތު ދެއްވަމުން ސަންފްރަންޓް ލިވިންގެ މެނޭޖަރު އިކްރާމް މުހައްމަދު މިރޭ ވިދާޅުވީ ސޭލް ކުރިއަށް ދާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރެއާ ހަމައަށް ކަމަށާއި އެ ސޭލްގައި ވިއްކާ ފަރުނީޗަރުގެ އަގުތައް ހުންނާނީ ކަސްޓަމަރުންނަށް ގަބޫލުކުރެވޭ ފަދަ ފެންވަރަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ސޭލަކީ ކަސްޓަމަރުން ގަބޫލުކުރެވޭ ފެންވަރަށް ހަގީގީ ސޭލަކަށް ހެދޭ ވަރަށް އަގުތައް ހުންނާނީ ހަމަތިރިކޮށްފައި. ކަސްޓަމަރުން އަޅުގަނޑުމެންގެ ޝޯރޫމަށް އައިސް އަގުތަކާ އެއްޗިހި ޗެކްކޮށްލެއްވީމާ އެނގިލައްވާނެ އަޅުގަނޑުމެން މި އަޅުވަނީ ހަގީގީ ސޭލެއް ކަން،" އިކްރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސޭލްގައި ކޮންމެ މުދަލަކުން 10 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ރޯދަ މަހަށް ގެއަށް ބޭނުންވާ ފަރުނީޗަރުތައް ހެޔޮއަގުގައި ގަނެވޭނެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުންކަމަށެވެ.

އެ ސޭލްގައި ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށް ވަގުތުން ހަދިޔާއެއް ލިބޭނެ ކަމާއި އަދި ކޮންމެ ހަފްތާއަކު ސަޕްރައިޒް އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެތަނުން ވިއްކާ ފަރުނީޗަރުތައް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކުގެ އިތުރުން ދޯނި ފަހަރަށް ވެސް ހިލޭ ޑެލިވަރީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.