އާއްމުންނާ މުއާމަލާތްކުރުމުގައި ނޭޕާލުގެ ފުލުހުން ހަރުކަށި ގޮތްތަކެއް ގެންގުޅޭ ކަމަށް ބުނާތީ، ހިނިތުންވުމާ އެކު އާއްމުންނާ މުއާމަލާތްކުރަން އެގައުމުގެ ފުލުހުން ތަމްރީން ކުރަން ފަށައިފި އެވެ.

ނޭޕާލުގެ ފުލުހުންގެ ތަރުޖަމާން ގަނޭޝް އާއި ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، އާއްމުންނާއި މުއާމަލާތް ކުރުމުގައި ގައުމުގެ ފުލުހުން ރުޅިވެރިކަމާއި މުއާމަލާތްކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން އޯގާތެރިކަމާ އެކު ހިނިތުންވެގެން އާއްމުންނާއި ގުޅިގެން ފުލުހުން މުއާމަލާތްކުރުވުމަށްޓަކައި "ހިނިތުންވެގެން ހިދުމަތްދޭށޭ"ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާ ކަމަށާއި އެ ކެމްޕޭނަށް 600 ޓްރެއިނަޓަރުން ގައުމުގެ 75 ސަރަހައްދެއްގައި ފުލުހުނަށް ތަމްރީން ދޭނެ ކަމަށް އޭނާ ބުންޏެވެ.

ގަނޭޝް ބުނީ، އެ ކެމްޕެއިން ނިމިގެންދާ އިރު، މިހާރު އެގައުމުގެ ފުލުހުންނާއި މެދު އާއްމުން ދެކޭގޮތް ރަނގަޅު ގޮތަކަށް ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.