Last Updated:
1 decade 2 year ago

ޗެލެންޖް ކަޕް: އަފްޣާނިސްތާން 3-1 ތުރުކްމެނިސްތާން

    ބުލޮގު ޚުލާސާ
    އޭއެފްސީ ޗެލެންޖް ކަޕް މޯލްޑިވްސް 2014ގެ ގްރޫޕް ބީ ގެ ހަތަރު ވަނަ މެޗުގައި އަފްޣާނިސްތާނާއި ތުރުކުމެނިސްތާން ބައްދަލު ކުރާ މެޗުގެ ލައިވް ކަވަރޭޖް.
    22:52

    މެޗު ނިމިއްޖެ. އަފްޣާން 3-1 ތުރުކުމެނިސްތާން.
    22:51

    ތުރުކުމެނިސްތާންގެ ފޯވާޑް ފަރުހާދަށް ރީނދޫ ކާޑެއް ދައްކައިފި. އަފްޣާނަށް ތުރުކުމެނިސްތާން ޕެނަލްޓީ އޭރިޔާ ބޭރުން ހިލޭ ޖެހުމެއް.
    22:47

    އިތުރު ވަގުތު 5 މިނިޓް ދީފި.
    22:45

    ތުރުކުމެނިސްތާނުން މިހާރު ކުޅެމުން ދަނީ 9 ކުޅުންތެރިންނާއެކު.
    22:45

    ތުރުކުމެނިސްތާންގެ ސޮޔުނޯފްއަށް ރީނދޫ ކާޑެއް. އޭނާއަށް ދެ ރީނދޫ ކާޑު ހަމަވުމުން އަންނަ މެޗުގައި ނުކުޅެވޭނެ.
    22:44

    އަފްޣާނުން ބަދަލެއް. ލަނޑު ޖެހި ޝަޔެސްތޭގެ ބަދަލުގައި ކުޅެން އެރުވީ 19 ނަންބަރު މުހައްމަދު އަންވަރު.
    22:43

    އަފްޣާނަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑު ޖަހައިފި. ޝަޔެސްތޭ ފޮނުވާލި ހިލޭ ޖެހުން ކީޕަރުގެ އަތުގައި ޖެހިފައި ގޯލްގެ ތެރެއަށް.
    22:41

    އަފްޣާންގެ ސަންޖާރު މުޙައްމަދު އަހްމަދީ ބޯޅަ ހިފައިގެން ތުރުކުމެނިސްތާންގެ ހާފްގެ ތެރެއިން ދަނިކޮށް އަނައޮރަޒޯފް އޭނާ ހިފެހެއްޓުމުން އެންމެ ފަހު ކުޅުންތެރިޔާ އަށް ބަލާފައި ރެފްރީ ސީދާ ރަތްކާޑެއް ދެއްކީ.
    22:40

    ތުރުކުމެނިސްތާންގެ ޖާޒީނަންބަރު 7 އަނައޮރަޒޯފް އަށް ރަތްކާޑެއް ދައްކައިފި.
    22:39

    ތުރުކުމެނިސްތާން އެއް ކުޅުންތެރިއަކު މަދުން ކުޅެމުން ދިޔަނަމަވެސް ކުރިއަށް ޖެހިގެން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރަމުން މިދަނީ.
    22:34

    ތުރުކުމެނިސްތާންގެ ގޯލް މިބަލަހައްޓަނީ ކުރިން މިޑްފީލްޑަރަކަށް ކުޅުނު ޖާޒީ ނަންބަރު 8 އަހްމަދޯފް ބަހްތިޔާރް.
    22:33

    އަފްޣާނުން ފޮނުވަލި ހިލޭ ޖެހުން ގޯލްގެ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތީ.
    22:31

    ކުޅުންތެރިން ބުނަނީ، ކީޕަރުގެ އަތުގައި ނުޖެހޭ ކަމަށް. އެހެން ނަމަވެސް ރެފްރީ މިވަނީ ފަހުގެ ނިންމުން ނިންމާފައި. ތުރުކުމެނިސްތާނުން ކީޕަރަކަށް މި އެރުވީ ކުޅުންތެރިއެއް މިހާރު.
    22:29

    ތުރުކުމެނިސްތާން ހާފުގެ މެދުތެރެއިން އަފްޣާން ކުޅުންތެރިއަކު އެކަނި ބޯޅަ ހިފައިގެން ދަނިކޮށް ކީޕަރު ގޮރްބުނޯފް ބޯޅައިގައި އަތްލުމުން ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކީ.
    22:29

    ތުރުކުމެނިސްތާން ކީޕަރަށް ރަތްކާޑެއް.
    22:27

    ތުރުކުމެނިސްތާނުން އަނެއްކާވެސް ހަމަލާއެއް. އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑިމަތިން ބޭރަށް.
    22:26

    ތުރުކުމެނިސްތާނުން ކޯނަރަކުން އަނެއްކާ ވެސް ހަމަލާއެއް. އަފްޣާން ގޯލް ތެރެއަށް ވަދެވަދެ އޮއްވާ އެޓީމު ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލީ.
    22:25

    ތުރުކުމެނިސްތާނުން ނުރައްކާތެރި ހަމަލާއެއް. އަފްޣާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކޯނަރަކަށް ބޭރުކޮށްލީ.
    22:24

    ތުރުކުމެނިސްތާން ކުޅުންތެރިން އަފްޣާން ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ކީޕަރު ފަގިރްޔާރު ހިފީ.
    22:22

    ތުރުކުމެނިސްތާން ޓީމުން ބަދަލެއް. 11 ނަންބަރުގެ ބަދަލުގައި ކުޅެން އެރީ 22 ނަންބަރު.
    22:21

    އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ވަރަށް ރީއްޗަށް ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ތުރުކުމެނިސްތާންގެ ފުރަތަމަ ލަނޑު ޖަހައިދިނީ، މުހަދޯފް ސުލޭމާން.
    22:21

    ތުރުކުމެނިސްތާނުން ލަނޑުޖަހައިފި.
    22:18

    އަފްޣާންގެ ޝަޔެސްތޭ ތުރުކުމެނިސްތާން އެރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަފްޣާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އާރާޝް ހަތީފީ.
    22:17

    އަފްޣާނުން ދެވަނަ ލަނޑު ޖަހައިފި.
    22:15

    އަފްޣާން ކީޕަރު މަންސުރު ފަގިރްޔާރަށް ރެފްރީ ރީނދޫ ކާޑެއް ދައްކައިފި.
    22:14

    އަފްޣާނުން ބަދަލެއް. ބެލާލް އެރޭޒޫގެ ބަދަލުގައި ކުޅެން އެރީ 17 ނަންބަރު މުސްތަފާ ޒަޒާއި.
    22:10

    ތުރުކުމެނިސްތާނުން ބަދަލެއް. 13 ނަންބަރު ބޭރަމޯފްގެ ބަދަލުގައި 10 ނަންބަރު އަބިލޯފް.
    22:09

    ތުރުކުމެނިސްތާނަށް ކޯނަރެއް.
    22:05

    ތުރުކްމެނިސްތާނުން ފައުލް ކުރުމުން ފައުލެއް. ފައުލް ކުރި ކުޅުންތެރިޔާއަށް ވަނީ ރީނދޫ ކާޑު ދައްކާފައި.
    22:02

    ދެވަނަ ހާފު ތުރްކުމެނިސްތާނުން ފެށުމާއެކު އަފްޣާނިސްތާން ކުޅުންތެރިޔަކު ބޯޅަ ހިފައިންގެ ތުރްކުމެނިސްތާން ގޯލަށް ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފި. ނަމަވެސް އޭގެ ކުރިން ކީޕަރު ވަނި ބޯޅަ އަތުލާފައި.
    22:02

    ދެ ވަނަ ހާފު ފަށައިފި.
    21:47

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. އަފްޣާން 1-0 ތުރުކުމެނިސްތާން.
    21:46

    އަފްޣާނަށް ލިބުނު ކޯނަރެއް ތުރުކުމެނިސްތާންގެ ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސް ކޮށްލުމުން އަފްޣާންގެ ހާރޫން ބޮލުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ.
    21:45

    އަފްޣާން ލަނޑު ޖަހައިފި.
    21:43

    ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވާން މިއޮތީ އެންމެ މިނިޓެއް. އަދި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
    21:41

    އަފްޣާންގެ ޝަޔެސްތޭ ތުރުކުމެނިސްތާންގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ތުރުކުމެނިސްތާން ކުޅުންތެރިން ދިފާއުކޮށްފި.
    21:41

    މެޗު ފެށިއިރު މޫސުން ރީތިކޮށް އޮތް ނަމަވެސް މިހާރު ބޯކޮށް ވާރޭ ވެހެމުން ދަނީ.
    21:39

    ތުރުކުމެނިސްތާންގެ މުހައްމަދޯފް ސުލޭމާން އަފްޣާންގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ފޮނުވާލި ބާރު ހަމަލާ ދަނޑިމަތިން ބޭރަށް.
    21:33

    މެޗުގެ 34 މިނިޓްގެ ކުޅުން ނިމުނީ. އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވޭ.
    21:32

    ތުރުކުމެނިސްތާންގެ ފޯވާޑް ދުރުދިޔޭވް އަފްޣާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު މަންސުރުގެ އަތަށް.
    21:22

    އަފްޣާން ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އެ ކުޅުންތެރިޔާ އަށް ފައުލުކުރުމުން ތުރުކުމެނިސްތާންގެ 11 ނަންބަރު ދުރްދިޔޭފްއަށް މިވަނީ ރީނދޫ ކާޑެއް ދައްކާފައި.
    21:16

    މިރޭގެ މެޗަށް މި ދެޓީމު ނުކުތްއިރު، އަފްޣާނަށް ލިބިފައިވަނީ 1 ޕޮއިންޓް އަދި ތުރުކުމެނިސްތާން ވަނީ 3 ޕޮއިންޓް ހޯދާފައި. އެހެން ކަމުން އަފްޣާނަށް މިމެޗުން މޮޅުވުން ވަރަށް މުހިއްމުވާނެ.
    21:16

    ތުރުކުމެނިސްތާނަށް ކޯނަރެއް.
    21:13

    މިރޭގެ މެޗު ބަލަން ދަނޑަށް ވަންނަން ބޭނުން ގިނަ ބަޔަކު އައްޑޫ ދަނޑުގެ ބޭރުގައި ޓިކެޓް ނުލިބިފައި އެބަތިބި.
    21:10

    މެޗު ފެށިގެން 11 މިނިޓްގެ ކުޅުން ނިމުނުއިރު އަފްޣާނުން މިވަނީ ތުރުކުމެނިސްތާންގެ ގޯލަށް ދެތިންފަހަރެއްގެ މަތިން ނުރައްކާކޮށްފައި. އެހެން ނަމަވެސް ތުރުކުމެނިސްތާނަށް އަދި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވޭ.
    21:10

    އަފްޣާންގެ ހަދީދު މުސްތަފާ ތުރުކުމެނިސްތާންގެ ޕެނަލްޓީއޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލް ދަނޑީގެ މަތިން ބޭރަށް.
    21:07

    އަފްޣާންގެ މުސްތަފާ އަޒަދު ޒޯއީ ތުރުކުމެނިސްތާނުގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ނަގައި ދިން ހުރަސް އަފްޣާން ކުޅުންތެރިއަކަށް ނުލިބި އަރިމަތިން ބޭރަށް.
    21:00

    އަފްޣާނުން މެޗު ފެށިގޮތަށް ހަމަލާއެއް އުފައްދައިފި. އެހެން ނަމަވެސް ތުރުކުމެނިސްތާން ގޯލަށް ބޯޅަ ފޮނުވާލިއިރު އަފްޣާން ކުޅުންތެރިއަކު ހުރީ އޮފްސައިޑްވެފައި.
    21:00

    މެޗު ފަށަައިފި.
    20:59

    މެޗު ފަށަން ދެޓީމު ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ. މެޗު ފަށަނީ އަފްޣާނިސްތާނުން.
    20:56

    ތުރުކުމެނިސްތާންގެ ގައުމީ ސަލާމް.
    20:54

    އަފްޣާން ގައުމީ ސަލާމް.