ދިވެހި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ތ. ވޭމަންޑޫން ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިވެހި އަންހެނަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު 4:00 އެހައިކަށްހައިރު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކޮން ގައުމެއްގެ މީހެއް ކަމެއްގެ މީހެއް ކަމާއި އޭނާގެ އިމުރެއް ވެސް ފުލުހުން ނުބުނެ އެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ ތަހިގީގު ކުރިއަށް ދާތީ އެ މައްސަލައިގެ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.