Last Updated: 1 decade 2 year ago
Last Updated:
1 decade 2 year ago
ޗެލެންޖް ކަޕް: ލާއޯސް 0-2 ފިލިޕިންސް
17:56
މި މެޗުގެ ނަތީޖާއާއެކު ފިލިޕިންސަށް މިވަނީ ދެ މެޗު ކުޅެގެން 4 ޕޮއިންޓާއެކު ގްރޫޕުގެ ކުރި ލިބިފައި. މިރޭގެ މެޗުގައި ވާދަކުރާނީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާން. މި މެޗު ކުޅޭނީ އައްޑޫ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި.
17:55
މި މެޗުން ބަލިވުމާއެކު ލާއޮސް މިވަނީ މުބާރާތުން ކަޓާފައި. އެޓީމު ފުރަތަމަ ކުޅުނު މެޗުން ތުރުކުމަނިސްތާން އަތުން ބަލިވީ، 5-1 އިން އަދި މި މެޗުން ބަލިވި 2-0 އިން.
17:53
ފިލިޕީންސް 2-0 އިން ލާއޮސް މައްޗަށް ކުރި ހޯދައިގެން މެޗު ނިމިއްޖެ.
17:50
މިމެޗުން ފިލިޕިންސް މޮޅުވެއްޖެ ނަމަ މިއީ އެޓީމަށް ލާއޮސް މައްޗަށް ކުރި ހޯދޭ ފުރަތަމަ ފަހަރު. މީގެ ކުރިން މިދެޓީމު ބައްދަލުކުރި މެޗުތަކަށް ބަލާއިރު ލާއޮސް ވަނީ 7 ފަހަރު މޮޅުވެފައި، އަދި ދެޓީމު ދެ ފަހަރު އެއްވަރު ވެފައި ވޭ.
17:49
ފިލިޕިންސް ޓީމުން އަނެއްކާ ވެސް ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފި. ލާއޮސް ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގުކައިރިން ފިލިޕްސް ފޮނުވަލި ބޯޅަ ދިޔައީ ގޯލްގެ މަތިން.
17:46
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެސް އިތުރު ވަގުތުގެ 6 މިނިޓްގެ ކުޅުން މިހާރު ކުރިއަށް ދަނީ.
17:37
ދެޓީމުގެ ކުޅުންތެރިންނަށް ވެސް ހޫނުގެ އިހްސާސް ވަރަށް ބޮޑު. އައްޑޫއަށް މޫސުން ރީތި ދުވަހެއް މިއަދަކީ.
17:36
ލާއޮސްގެ މެދުތެރެއަށް ކުޅޭ ޓިނީ ބޮއުމަލޭ މިވަނީ ވެއްޓިފައި. އަކުނިވަޔަށް ދަމައިގަނެގެން.
17:34
ލާއޮސް ޓީމުން ބަދަލެއް. 16 ނަންބަރު ޚަމްލާގެ ބަދަލުގައި ކުޅެން އެރީ 19 ނަންބަރު ސެންގްޑާއޯ.
17:29
ފިލިޕިންސް ޓީމުން ނަތީޖާ ފުޅާކުރާން ރަނުގެ ފުރުސަތެއް އެ ގެއްލުނީ، އެޓީމުގެ ފިލިޕްސް އެކަނި ލާއޯސް ގޯލް އޭރިޔާ ކުރިމަތީހުރެ ފޮނުވާލިބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.
17:28
ފިލިޕިންސް ޓީމުން ބަދަލެއް. 17 ނަންބަރު ޝްރޮކްގެ ބަދަލުގައި ކުޅެން އެރުވީ، 13 ނަންބަރު ރުބެން ޑޮކްޓޯރާ.
17:23
ލާއޮސް ޓީމުން ބަދަލެއް. 11 ނަންބަރުގެ ބަދަލުގައި ކުޅެން ނުކުތީ 5 ނަންބަރު.
17:21
ފިލިޕިންސް ދެވަނަ ލަނޑު ޖެހީ އެޓީމަށް ލިބުނު ކޯނަރެއް ލާއޯސް ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ވަގުތު އޭރިޔާތެރޭގައި ހުރި ޕެޓްރިކް ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެން.
17:19
ފިލިޕިންސް ދެވަނަ ލަނޑު ޖަހަައިފި.
17:15
ލާއޮސް ޓީމުގެ 7 ނަންބަރުގެ ބަދަލުގައި 22 ނަންބަރު ކުޅެން އަރުވައިފި.
17:04
ފިލިޕިންސް ޓީމުން ބަދަލެއް. 5 ނަންބަރު ބާލުވާފައި 12 ނަންބަރު ކުޅެން އަރުވައިފި. އަދި އެޓީމުން ދެވަނަ ހާފް ފެށީ ވެސް ބަދަލަކާއެކު. 7 ނަންބަރު ޖޭމްސް ގެ ބަދަލުގައި ކުޅެން ނުކުތީ، 21 ނަންބަރު ޖޭސަން.
17:03
ދެވަނަ ހާފް ކުޅުން ފަށައިފި.
16:46
ފުރަތަމަ ހާފް ކުޅުން ނިމިއްޖެ. ފިލިޕިންސް 1-0 ލާއޮސް.
16:45
އިތުރު ވަގުތު އެއް މިނިޓް ދައްކައިފި.
16:44
މެޗު ނިމެން މިނިޓަކަށް ވެފައި މިވަނީ. ފިލިޕިންސް އެއް ލަނޑުގެ ލީޑެއް ނަގާފައި.
16:40
ލާއޮސް ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ރޮޓާ ފޮނުވާލި ބޯޅަ ގޮސް ގޯލް ދާގަނޑުގެ މަތީ ކަނަށް. ވަރަށް ރީތި ގޯލެއް. އެސިސްޓް ކޮށްދިނީ، ޝްރޮކް.
16:40
ފިލިޕިންސް ލަނޑު ޖަހައިފި.
16:36
ލާއޮސް ޓީމުން ވަރަށް ބޮޑަށް ފަހަތަށް ފައިބައި ތިބެގެން ޑިފެންސިވް ގޭމެއް ކުޅެމުން ދަނީ.
16:34
އައްޑޫ ފުޓްބޯޅަ ދަނޑުގައި މި މެޗު ކުރިއަށްދާއިރު، ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް މެޗުގެ މިހާތަނަށް އައިއިރު ހޫނު ގަދަ ކަމުގެ އިހުސާސް އެބަ ފެނޭ.
16:32
ފިލިޕިންސްގެ ޕިލިޕްއަށް ފައުލުކުުރުމުން ލާއޮސްގެ ސައިސޮން އަށް ރީނދޫ ކާޑެއް ދައްކައިފި.
16:25
މި މުބާރާތުގައި ލާއޮސް ކުޅުނު ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން އަތުން ވަނީ 5-1 އިން ބަލިވެފައި. އަދި ފިލިޕިންސާއި އަފްޣާނިސްތާން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން.
16:23
ފިލިޕިންސް ޓީމުން މިދަނީ ކައިރީ ކައިރީ ލާއޮސް ގޯލަށް ނުރައްކާކުރަމުން. އެހެން ނަމަވެސް ލާއޮސް ޓީމުގެ ޑިފެންޑަރުން ވަރަށް ހުށިޔާރު ކަމާއެކު ބޯޅަ ތައް ދިފާއު ކުރަމުން ދަނީ.
16:22
ފިލިޕިންސް ކުޅުންތެރިން ރަނގަޅު ހަމަލާއެއް އުފައްދައިފި. އެޓީމުގެ ޝްރޮކް ލާއޮސް ޕެނަލްޓީ އޭރިޔާތެރެއަށް ނަގައިދިން ހުރަސް އޭރިޔާތެރޭގައި ހުރި ފިލިޕް ބޮލުން ޖަހައި ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ.
16:19
ލާއޯސް ޓީމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައި އެ ދިޔައީ. މިޑްފީލްޑަރު ލެމްބޯ ބޯޅަ ހިފައިގެން ފިލިޕިންސް ޕެނަލްޓީއޭރިޔާތެރެއަށް ވަތް ނަމަވެސް ފިލިޕިންސް ކުޅުންތެރިން ބޯޅަ ދިފާއުކޮށް ކުރިއަށް ފޮނުވާލީ.
16:15
ފިލިޕިންސް ގައުމީ ޓީމަށް ކުޅޭ އުމުރުން 27 އަހަރުގެ ސްޓެފަން ޝްރޮކް އަކީ ޖަރުމަނު ލީގުގެ އެއިންޓްރެޗް ފްރެންކްފަޓް އަށް ކުޅޭ ކުޅުންތެރިއެއް.
16:14
ފިލިޕިންސްގެ ޝްރޮކް ބޯޅަ ހިފައިގެން ލާއޯސް ޕެނަލްޓީ އޭރިޔާތެރެއަށް ވަތް ނަމަވެސް ލާއޯސް ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލައިފި.
16:10
ލާއޯސް ޕެނަލްޓީ އޭރިޔާ ތެރެއަށް ފިލިޕިންސް ކުޅުންތެރިން ނެގި ކޯނަރު އެޓީމުގެ ކުޅުންތެރިއަކު ލާއޮސް ގޯލަށް ފޮނުވާލި ނަމަވެސް އޭރިޔާ ތެރޭގައި ހުރި ކުޅުންތެރިއެއްގެ ގައިގަ ޖެހިފަ ކުޅުމުގެ ތެރެއަށް.
16:10
ފިލިޕިންސަށް އަނެއްކާ ވެސް ކޯނަރެއް.
16:08
ލާއޯސް ޕެނަލްޓީ އޭރިޔާތެރެއައް ފިލިޕިންސް ކުޅުންތެރިން ނެގި ކޯނަރު އެޓީމުގެ 5 ނަންބަަރު ޖުއާން ބޮލުން ޖަހައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް.
16:07
ފިލިޕިންސް ޓީމުގެ ޝްރޮކް ލާއޯސްގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަހިފައިގެން ވަދެ ފޮނުވާލި ހަމަލާ ކުޅުންތެރިއެއްގެ ގައިގަ ޖެހިފަ ކޯނަރަކަށް ބޭރަށް.
16:06
މިއަދުގެ މެޗަށް ނުކުތްއިރު ފިލިޕިންސް ޓީމުން ފުރަތަމަ މެޗަށް ނެރުނު 6 ކުޅުންތެރިއަކު ނުހިމެނޭ. އޭގެ ތެރޭގައި ކީޕަރު ވެސް ހިމެނޭ. އަދި ލާއޯސް ޓީމުން ވެސް ވަނީ އެއް ބަދަލު ގެނެސްފައި.
16:04
މެޗުގެ ފުރަތަމަ ފަސް މިނިޓްގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަށްކަށް ރަނގަޅު ހަމަލާއެއް ނުއުފެއްދޭ. އެހެން ނަމަވެސް ދެޓީމުން ވެސް އިދިކޮޅު ޓީމުގެ ގޯލަށް ދެ ހަމަލާއެއް ވަރު އުފައްދާފައި މިވަނީ.
16:02
ލާއޯސް ޓީމުން އުފެއްދި ހަމަލާ ފިލިޕިންސް ކީޕަރުގެ އަތަށް.
16:00
މެޗު ފަށަައިފި.
15:58
މެޗު ފެށުމަށް ދެޓީމުގެ ކުޅުންތެރިން ދަނޑަށް އަރައިފި.
15:55
މިހާރު ފިލިޕިންސްގެ ގައުމީ ސަލާމް.
15:54
މިހާރު ކުރިއަށްދަނީ ލާއޯސްގެ ގައުމީ ސަލާމް.
15:54
މެޗަށް ތައްޔާރުވުމަށްޓަކައި ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.