22 May 2014, 15:31
ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ މަހުގެ އަންނަ މަހުގެ ހަ ވަނަ ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް އެންވައިރަމަންޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެންވައިރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުުރުމުގެ ގޮތުން އެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާގަޑިތަކުގައި ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި އެމްބިއުލެންސްތަކާއި ޕަބްލިކް ޓްރާންސްޕޯޓަށް ކަނޑައަޅާފައިވާ ބަސްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަނޑައަޅާފައި ހުންނަ ސައިކަލްތައް ނޫން އެހެން އިންޖީނުލީ އުޅަނދުތަކެއް ނުދުއްވާނެ ކަމަށެވެ. އެހެން އުޅަދުތައް ދުއްވާ ނަމަ ދުއްވޭނީ މާލޭ ސިޓީ ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައެއްް ލިބިގެނެވެ.
ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގަސް އިންދުމުގެ ޕްރޮގްރާމެއް ބޭއްވުމަށާއި ފޮޓޯ މައުރަޒެއް ބޭއްވުމަށް އެންވައިރަމަންޓް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.