ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސުލްޖުމްހޫރިއްޔާ ފަރާތުން އިންނަވާ މެންބަރު ކަމުގެ މަގާމުން ޝަމްސުލްފަލާހު ވަކި ކުރެއްވުމަށް ފަހު އެ މަގާމަށް ގާނޫނީ ވަކީލު މުހައްމަދު ފައިސަލް (ޕީއޭ ފައިސަލް) ހަމަހަމަޖައްސަވައިފި އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ފައިސަލް އައްޔަނު ކުރެއްވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ކުރިފުޅުމަތީގައި، ފައިސަލް ވަނީ ޖޭއެސްސީގެ މެންބަރު ކަމުގެ ހުވައި، ކުރައްވާފައެވެ.

މެމްބަރު ކަމުން ވަކިކުރެއްވި ޝަމްސުއްފަލާހް ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އިންނަވާނެ މެންބަރަކަށް ރައީސް ޔާމީން ހަމަޖެއްސެވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ފައިސަލަކީ ރައީސް ޔާމިން އުފެއްދެވި ޕީޕަލް އެލެޔަންސް (ޕީއޭ) ސެކެރެޓަރީ ޖެނަރަލް ކަން ކުރައްވާފައިވާ މެންބަރެކެވެ.