ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ވި ފައިދާ އިން ހިއްސާއަކަށް 15 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ގައުމީ ބޭންކް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމާފައި ވަނީ، މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ކުރިން ބަހާފައިވާ 9.29 ރުފިޔާގެ އިތުރުން 5.71 ރުފިޔާ ބެހުމަށެވެ. އެހެން ކަމުން އެއީ ހިއްސާއަކަށް ޖުމުލަ 15 ރުފިޔާ އެވެ.

ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ މިއަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ ފައިދާ އިން ދެ ފަހަރުމަތިން 80.7 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ނިންމައިފަ އެވެ.

ބީއެމްއެލް އަށް ވަނީ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 662 މިލިއަން ރުފިޔާ ލިބިފަ އެވެ.

ބީއެމްްއެލް އިން ހިއްސާދާރުންނަށް މީގެ ކުރިން އެންމެ ގިނައިން ބަހާފައި ވަނީ 2009 ވަނަ އަހަރު އެވެ. އެއީ ހިއްސާއަކަށް ނުވަ ރުފިޔާ އެވެ.