އެއީ މި ގައުމުގެ އެންމެ ބޮޑު ސިޔާސީ ދެ މުގުލެވެ. ދެ ފިކުރަކަށް ބެހިފައި އޮތް ގައުމުގެ ދެ ސިޔާސީ ވާދަވެރިންނެވެ. އެންމެ މަޝްހޫރު ދެ ބަތަލުންނެވެ. ގިނަ ބަޔެއްގެ ތާއީދު ލިބިފައިވާ ދެ ބަތަލުންނެވެ. އެ ދެ ބޭފުޅުންނާއި އެ ދެ ބޭފުޅުންނަށް ސަޕޯޓް ކުރައްވާ ފަރާތްތަކުގެ ވާދަވެރިކަމަކީ ލިޔުމަކުން އަންގައިދިނުމަށް ތަދި ކަމެކެވެ. އެ ދެބޭފުޅުން މިރޭ މި ވަނީ ފުރިހަމަ ނަމޫނާއެއް ދައްކަވައިފައެވެ. ރައީސް މައުމޫން އަބުދުލްގައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދު މި ވަނީ ސިޔާސީ މައިދާނުގައި ކިތަންމެ ވާދަވެރި ނަމަވެސް ކުޅިވަރު ދަނޑުގައި އެކައްޗަކަށްވެފައެވެ.

މިރޭގެ މެޗަށް ރައީސް މައުމޫން ވަޑައިގަންނަވާ ކަމެއް ކުރިން އެނގިފައެއް ނެތެވެ. ހަމައެކަނި މީޑިއާއަށް ތިލަވެފައި އޮތީ ރައީސް ނަޝީދާއި ރައީސް ޔާމިން އެކުއެކީގައި މިރޭ މެޗު ބައްލަވާނެ ވާހަކަ އެވެ. ނަމަވެސް އެތައް ހާސް ދިވެހީންނެއް ވަދެ އޮތް ދަނޑުން ވަނީ އެއަށް ވުރެ މާ އުފާވެރި މަންޒަރެއް ފެނިފަ އެވެ. އެއީ ތިން ރައީސް އެއްތަންވެ، ރައީސް ނަޝީދާއި ރައީސް ޔާމިންގެ ދެމެދުން މައުމޫން ނެންގެވި ތާރީޚީ " " (ނަފްސީ)އެވެ. އެ ސެލްފީއާ އެކު ގައުމު މިއަދު މި އޮތީ ހިތްހަމަ ޖެހިފައެވެ.

މެއި 21، 2014:ރައީސް މައުމުނާއި ރައީސް ނަޝީދު ސެލްފީއެއް ނަންގަވަނީ: އެ ބޭފުޅުންގެ އެ މަންޒަރަކީ މުޅި ގައުމު އުފާ ކުރިވި މަންޒަރެއް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިރޭ ގާތްގަނޑަކަށް 8:30 އެހާކަށް ހާއިރު ރައީސް ނަޝީދު ވަނީ ގައުމީ ފުޓްބޯޅަ ދަނޑަށް ވަޑައިގެންފަ އެވެ. އޭގެ ކުޑައިރު ކޮޅެއް ފަހުން އެންމެން ހައިރާން ކުރުވީ ކުރިން އެންގިފައި ނެތް ޚާއްސަ ބޭފުޅަކު ދަނޑަށް ވަޑައިގަތުމެވެ. އެއީ ރައީސް މައުމޫންނެވެ. ރައީސް މައުމޫން ދަނޑަށް ވަޑައިގެން ރައީސް ނަޝީދު އިށީދެވަޑައިގެން އިންނެވި ގޮނޑިޔާއި ޖެހިގެންއިން ގޮނޑިގައި އިނށީދެ ވަޑައިގަތެވެ. ރައީސް ޔާމީން ދަނޑަށް ވަޑައިގެން އިންނަވަން ޖެހުނީ ރައީސް މައުމޫން އިންނެވި ގޮނޑިއާ ޖެހިގެން އިން ގޮނޑީގައެވެ.
މެއި 21، 2014:ރައީސް މައުމުނާއި ރައީސް ނަޝީދު ސެލްފީއެއް ނަންގަވަނީ: އެ ބޭފުޅުންގެ އެ މަންޒަރަކީ މުޅި ގައުމު އުފާ ކުރިވި މަންޒަރެއް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން


ރައީސް ނަޝީދާއި ރައީސް މައުމޫންގެ ހަރަކާތްތަކަށް ސަންގެ ފޮޓޯ ޖާނަލިސްޓް ޔޫސުލް ސޮއްފާން (ސޮއްޕެ) ހުރީ ރަނގަޅަށް ވެސް ފާރަލައިގެނެވެ. އެގޮތުން އޭނާ ވަނީ އެ ދެ ބޭފުޅުންގެ ހަރަކާތްތައް އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ނަގާފައެވެ.

ސޮއްޕެގެ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް މައުމޫން ދަނޑަށް ވަޑައިގަތީއްސުރެ ރައީސް ނަޝީދާއި ރައީސް މައުމޫންގެ ދެމެދުގައި "އޮލަ" ވާހަކައެއް ދެއްކެވުމުގައި ކުރިއަށް ވަޑައިގެންތަން ފެނުނެވެ. ކުއްލިއަކަށް ރައީސް މައުމޫން ފޯނު ނެންގެވި އެވެ. އެއަށް ފަހު ރައީސް ނަޝީދަށް ދައުވަތު ދެއްވީ އެދެ ބޭފުޅުން އެކުގައި "ސެލްފީ"އެއް ނެންގެވުމުގެ ދައުވަތެވެ. ރައީސް ޔާމީން ދަނޑަށް ވަޑައިގަތް އިރު ވެސް އެ ދެ ބޭފުޅުން ތިއްބެވީ "ސެލްފީ" ނަންގަވާށެވެ. އަދި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ދަނޑަށް ވަޑައިގަތް އިރު ވެސް ކުރީގެ ދެ ރައީސުން ތިއްބެވީ ސެލްފީ ނަންގަވާށެވެ. ރައީސް ޔާމީން ވަޑައިގަތުމުން ރައީސް ޔާމީނާއި ސަލާމް ކުރެއްވުމަށް ފަހު ވެސް އެދެ ބޭފުޅުން ވަނީ ސެލްފީ ނަންގަވާފަ އެވެ. ފޮޓޯތައް ފެންނަ ގޮތުން ކުރީގެ ދެ ރައީސް އިން "ސެލްފީ" ނެންގެވި އިރު އެ މަންޒަރު ބެލުމަށް ރައީސް ޔާމީން އިންނެވި އެވެ.
މެއި 21، 2014: ރާއްޖެ ކުޅުނު ދެވަނަ މެޗު ބައްލަވާލެއްވުމަށް ރައީސް ޔާމީނާއެކު މައުމޫނާއި ނަޝީދު-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ތިން ރައީސުން އެއްތަނަކަށް އެއްވެ ދިވެހިންނަށް މިދެއްކެވީ ވަރަށް ރީތި ނަމޫނާއެކެވެ. ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހަށް ފަހު އެ ތިން ބޭފުޅުން އެއްތަންވި މިއީ ފުރަތަމަ ފަހަރެވެ. ދިވެހީން ހެއްވާލީ ކުރީގެ ދެ ރައީސުންގެ ރީތި، ފަރި ސެލްފީއިންނެވެ.

އަހަރުގެ މިހާތަނަށް އެންމެ ، ތިބޭފުޅުން އިންސާފު ކުރައްވާށެވެ. ފޮޓޯ އިން ހާސް ވާހަކަ ކިޔައިދެ އެވެ. ތިޔަ ބޭފުޅުން އިން އެ މާނަތައް ނެރުއްވާށެވެ. ސެލްފީ ނަގަން ފެށުމުގެ ކުރިންނާއި އޭގެ ފަހުން ސަންއިން ނަގާފައިވާ ތިޔަ ބޭފުޅުންނަށް ދޫކޮށްލާނަމެވެ.