Last Updated:
1 decade 2 year ago

ޗެލެންޖް ކަޕް: ފަލަސްތީން 2-0 މިޔަންމާ

    ބުލޮގު ޚުލާސާ
    އޭއެފްސީ ޗެލެންޖް ކަޕް ދިވެހިރާއްޖެ 2014ގެ ގްރޫޕް އޭގެ ތިން ވަނަ މެޗުގައި ފަލަސްތީނާއި މިޔަންމާ ބައްދަކުރަ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
    މިއަދުގެ މެޗަށް މި ދެޓީމު ނުކުންނައިރު، ދެޓީމު ވެސް ވަނީ، ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައި.
    18:01

    އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭ ގެ ދެވަނަ ތިން ވަނަ މެޗުގައި ފަލަސްތީނާއި މިޔަންމާ ބައްދަލުކުރި މެޗު 2-0 އިން ފަލަސްތީން ކާމިޔާބު ކޮށްގެން މެޗު ނިމިއްޖެ އެވެ.

    މިމެޗުން މޮޅުވުމުން ފަލަސްތީން ވަނީ، ދެ މެޗުން 6 ޕޮއިންޓު ލިބި ސެމީ ފައިނަލާ ގާތައް ޖެހިލާފައެވެ. މެޗުގައި ފަލަސްތީނަށް ފުރަތަމަ ލަނޑު ޖަގައިދިނީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަބުލްހާމިދު އަބޫހަބީބީއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު 49 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަޝްރަފް އަލްފަވަގްރާ އެވެ.

    މި ގްރޫޕްގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ރައްޖެއާއި ކިރްގިސްތާން އެވެ.

    17:59

    މިޔަންމާގެ ގޯލަށް ފަލަސްތީނުން ކައިރި ކައިރީގައި އުފެއްދި ނުރައްކާތެރި ދެތިން ހަމަލާއާ އެކު އެޓީމު 2-0 މޮޅުވެގެން މެޗު ނިމިއްޖެ.
    17:58

    ފަލަސްތީނުގެ އަޝްރަފް މިޔަންމާ ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ގޯލް ކުރިމަތިންލާފަ ހުރަސްވެގެން ގޮސް ބޭރަށް.
    17:56

    ފަލަސްތީނުން ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފި. އެޓީމުގެ 19 ނަންބަރު ކުޅުންތެރިޔާ މިޔަންމާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ މިޔަންމާ ކީޕަރު ދިފާއުކުރި ނަމަވެސް ބޭރަށް ނުކުތް ބޯޅަ ފަލަސްތީނުގެ 14 ނަންބަރު އަނެއްކާ ވެސް ފޮނުވާލި. އެހެން ނަމަވެސް ގޯލް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ތިންވަނަ ފަހަރު ފޮނުވާލުމުން ދަނޑީގަ ޖެހިފައި ބޭރަށް.
    17:53

    މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 5 މިނިޓް ދައްކައިފި.
    17:50

    މިޔަންމާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފަލަސްތީން ކުޅުންތެރިން ފޮނުވާލި ހިލޭޖެހުން ގޯލްގެ ހުރަސްދަނޑި މަތިން ބޭރަށް.
    17:49

    އަޝްރަފަށް އަނިޔާ ވުމުގެ ސަބަބުން އަށިގަނޑުގައި ދަނޑުން ބާލަނީ. އެހާ ބޮޑު އަނިޔާއެއް ކަމަކަށް ލަފައެއް ނުކުރެވޭ.
    17:48

    މިޔަންމާ ޕެނަލްޓީ އޭރިޔާ ބޭރުން ފަލަސްތީނުގެ އަޝްރަފް ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަންނަން މަސައްކަތްކުރަނިކޮށް މިޔަންމާ ކުޅުންތެރިޔަކު މިވަނީ އަޝްރަފަށް ފައުލުކޮށްފައި.
    17:46

    ފަލަސްތީނުން ބަދަލެއް. 15 ނަންބަރުގެ ބަދަލުގައި ކުޅެން އެރީ 16 ނަންބަރު.
    17:44

    ފަލަސްތީނުން ކައުންޓަރ އެޓޭކެއްގައި އަރައި، މިޔަންމާ ޕެނަލްޓީ އޭރިޔާ ބޭރުން އަޝްރަފް އެޓީމުގެ ކުޅުންތެރިޔަކަށް ދިން ބޯޅަ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް ދިޔައީ ގޯލް ދަނޑިމަތިން ބޭރަށް.
    17:43

    މިޔަންމާގެ ކުޅުންތެރިން ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނެގި ހުރަސް ފަލަސްތީނު ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލައިފި.
    17:41

    ވޯޓާ ބްރޭކަށް ފަހު ކުޅުން ފެށިއިރު މިޔަންމާއިން ބަދަލެއް ގެނެސްފައި މިވަނީ. 9 ނަންބަރު ބޭލުމަށް ފަހު 7 ނަންބަރު ކުޅެން އެރުވީ.
    17:40

    މި މެޗު ކުޅެމުންދާއިރު ދަނޑުގައި ފަލަސްތީނަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ދިވެހިން ތިބިކަން ފާހަގަކޮށްލެވޭ.
    17:39

    މިހާރު މިވަނީ ވޯޓަރ ބްރޭކެއް ދީފައި.
    17:36

    މިޔަންމާއަށް ކޯނަރެއް. މިއީ މިޔަންމާގެ 5 ވަނަ ކޯނަރު. ފަލަސްތީނަށް ވަނީ 4 ކޯނަރު ލިބިފައި.
    17:35

    ފަލަސްތީނު ޓީމުން 9 ހަމަލާ މިޔަންމާ ގޯލަށް އަމާޒުކޮށްފައި ވާ އިރު، މިޔަންމާއަށް ފަލަސްތީނު ގޯލަށް އަމާޒުކުރެވުނީ އެންމެ 3 ހަމަލާ.
    17:34

    މެޗުގެ 70 މިނިޓްގެ ކުޅުން ނިމުނު އިރު ފަލްސްތީން 2 އަދި މިޔަންމާއަށް ލަނޑެއް ނުޖެހޭ. ފަލަސްތީން ޓީމުން ގިނަ ހަމަލާތަކެއް އުފައްދަމުންދާއިރު މިޔަންމާ ކުޅުންތެރިންނަށް ރަނގަޅު ހަމަލާއެއް ނުއުފެއްދިގެން މިދަނީ.
    17:28

    މެޗުގެ 65 މިނިޓްގެ ކުޅުން ނިމުނު އިރު ފަލަސްތީން މިވަނީ 2 ލަނޑުގެ ލީޑެއް ހޯދާފައި.
    17:25

    މިޔަންމާ ޓީމުން ބަދަލެއް. 8 ނަންބަރުގެ ބަދަލުގައި ކުޅެން އެރީ 20 ނަންބަރު.
    17:20

    ފަލަސްތީނު ޓީމުން ބަދަލެއް. 9 ނަންބަރުގެ ބަދަލުގައި ކުޅެން ނުކުތީ 3 ނަންބަރު.
    17:16

    މިޔަންމާ ޓީމުން ބަދަލެއް ގެނެސްފި. 12 ނަންބަރުގެ ބަދަލުގައި ކުޅެން ނުކުތީ 13 ނަންބަރު.
    17:14

    މިޔަންމާގެ ޑިފެންސް ލައިންގައި ތިބި ހަތަރު ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ވަރަށް ރީތިކޮށް ގޯލް ތެރެއަށް އަޝްރަފް ބޯޅަ ފޮނުވައިލީ.
    17:13

    ފަލަސްތީނުން އަނެއްކާ ވެސް ލަނޑެއް ޖަހައިފި. ލަނޑު ޖެހީ ޖާޒީ ނަންބަރު 7 އަޝްރަފް.
    17:10

    މިޔަންމާ ޓީމުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. އެޓީމުގެ 12 ނަންބަރު ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލިބޯޅަ ގޯލް ދަނޑީގެ ކައިރިން ބޭރަށް.
    17:08

    ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެވަނަ ހާފް ފެށީ ފަލަސްތީން ކުޅުންތެރިން.
    17:06

    ދެވަނަ ހާފްގެ ކުޅުން ފެށުމަށް ދެޓީމުގެ ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ.
    16:51

    ފަލަސްތީން ކުރީގައި އޮވެ، ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.
    16:49

    ފަލަސްތީނުން ލަނޑު ޖަހައިފި. ލަނޑު ޖެހީ އެ ޓީމުގެ 19 ނަމްބަރު އަބޫހަބީބު. ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި.
    16:45

    ފަލަސްތީނުން މިޔަންމާ ގޯލަށް ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފި. ނަމަވެސް މިޔަންމާގެ ޑިފެންސް ވަރުގަދަވުމުން، ގޯލަށް ބޯޅަ ޖެހުން ލަސްވުމުން، ފޮނުވާލި ބޯޅަ ގޯލް ދަނޑިމަތިން ބޭރަށް.
    16:43

    ރާއްޖެއާއެކު މިޔަންމާއިން ކުޅުނު މެޗުގައި ވަނީ މިޔަންމާގެ ކެޕްޓަނަށް ވަނީ ރީނދޫ ކާޑެއް ދައްކާފައި. މިއަދުގެ މެޗުގައި ވެސް ރީނދޫ ކާޑެއް އޭނާއަށް ދެއްކުމުގެ ގްރޫޕުގެ ފަހު މެޗުގައި އޭނާއަށް ނުކުޅެވޭނެ.
    16:41

    މިޔަންމާ ޓީމުގެ ކެޕްޓަނަށް ރީނދޫ ކާޑެއް ދައްކައިފި. މިޔަންމާ ޓީމުގެ ކެޕްޓަނަކީ ޖޯޒީ ނަންމަބަރު 9.
    16:32

    ވޯޓާ ބްރޭކެއް ނަގައިފި. މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުގައި ވެސް ވަނީ ހަތަރު ވޯޓާ ބްރޭކް ނަގަފައި. ވޯޓާ ބްރޭކް ނަގަނީ މެޗު ކުޅޭ ސަރަހައްދުގެ ހޫނުމިނާއި ކުޅުންތެރިންގެ ވަރުބަލިކަން ހުރި މިންވަރަށް ބެލުމަށްފަހު ރެފްރީ.
    16:29

    ފަލަސްތީން ކުޅުންތެރިޔަކު ފައުލް ކުރުމުން އަނެއްކާވެސް ރީނދޫ ކާޑެއް ދައްކައިފި. ކާޑު ދެއްކީ ފަލަސްތީން ޓީމުގެ 6 ނަމްބަރަށް
    16:26

    ޕެނަލްޓީ އޭރިއާ ބޭރުން ފަލަސްތީނުން ފޮނުވާލި ބޯޅަ ބޭރަށް.
    16:25

    މިޔަންމާގެ ކުޅުންތެރިޔަކަށް ފައުލް ކުރުމުން، ޕެނަލްޓީ އޭރިޔާ ބޭރުން ފަލަސްތީނަށް ޖެހުމެއް.
    16:18

    ފަލަސްތީނުގެ 7 ނަމްބަރު ކުޅުންތެރިޔާއަށް ރީނދޫ ކާޑެއް ދައްކައިފި. އޭނައަށް ރީނދޫ ކާޑެއް ދެއްކީ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ނުވަމުން، ދަނޑު ވަށައިގެން ޖަހާފައިވާ ބޯޑެއްގައި ފައިން ޖެހައި ފަޅާލުމުން.
    16:17

    ފަލަސްތީނުން ބަދަލެއް. 20 ނަމްބަރުގެ ބަދަލުގައި 23 ނަމްބަރު ކުޅެން އަރުވައިފި.
    16:13

    މިޔަންމާއިން ވެސް ދަނީ ފަލަސްތީން ޕެނަލްޓީ އޭރިޔާ ތެރެއިން، ގޯލަށް ހަމަލާއެއް އުފައްދަން މަސައްކަތް ކުރަމުން. ނަމަވެސް ފަލަސްތީންގެ ޑިފެންސް ވަރުގަދަ.
    16:12

    ފަލަސްތީނުން އަނެއްކާވެސް މިޔަންމާގެ ގޯލަށް ހަމަލާއެއް އުފައްދައިފި. ނަމަވެސް ކީޕަރު ވަނީ އެ ބޯޅަ ވެސް މަތަކޮށްފައި. ފަލަސްތީނުން ދަނީ މިޔަންމާގެ ގޯލަށް ފުލުފުލުން ހަމަލާ އުފައްދަމުން.
    16:03

    ފަލަސްތީނުން ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. ޕެނަލްޓީ އޭރިޔާ ބޭރުން ފަލަސްތީނުގެ ކުޅުންތެރިޔަ ފޮނުވާލި ބޯޅަ މިޔަންމާގެ ކޯލް ކީޕަރު ވަނީ ބޯޅަ މަތަކޮށްފައި.
    16:00

    މެޗު ފަށައިފި. ފެށީ މިޔަންމާއިން.
    15:57

    މިއަދުގެ މެޗުން މޮޅުވާ ބަޔަކު ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ މިޔަންމާ ވެސް އަދި ފަލަސްތީން ވެސް ވަނީ ގްރޫޕް އޭގައި ތިން ޕޮއިންޓް ހޯދާފައި.
    15:56

    ދެ ޓީމުގެ ގައުމީ ސަލާމް ކުޅެމުންދަނީ. މިއަދު ވެސް ދަނޑުގައި ފަލަސްތީނަށް ސަޕޯޓުކުރަން ދިވެހިންތަކެއް ވަދެއެބަތިބި.