21 May 2014, 14:36
އޭއެފްސި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ރާއްޖެ މިރޭ ކުޅޭ ދެ ވަނަ މެޗުގައި ކިރްގިސްތާން އަތުން މޮޅުވާން ޖެހޭ ކަމަށް މިރޭގެ މެޗުގެ ޝަރަފުވެރި މެހެމާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖެ އާއި ކިރްގިސްތާން މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން މިއަދު މެންދުރު ފަހު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ މިރޭ ރާއްޖެ މޮޅުވާން ޖެހޭ ކަމަށާއި ވީހާވެސް ގިނަ ސަޕޯޓަރުން މެޗް ބައްލަވާލަން ގައުމީ ފުޓްބޯޅަ ދަނޑަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
Mirey Raajje molhuvaan jehey. Veehaaves gina supportarun match bahlavaan vadaigathumah nuhanu edhen.
— Mohamed Nasheed (@MohamedNasheed)May 21, 2014
މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ މިޔަންމާ އަތުން 2-3 ބަލިވެފަ އެވެ. އެހެން ކަމުން މިރޭގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ އެތައްބަޔަކު އަންނަނީ ބުނަމުންނެވެ.
މިފަހަރުގެ ޗެލެންޖް ކަޕްގައި ރާއްޖެ ފަޅީގައި ހިމެނެނީ މިޔަންމާ އާއި ކިރްގިސްތާން އަދި ފަލަސްތީނެވެ.