21 May 2014, 10:37
ބަނިޔަންޓްރީ ރިސޯޓުން މާލެ އައި ފެރީއަކުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބަނިޔަން ޓްރީން ހުށަހެޅި، ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށާއި އެ ރަށުން މާލެ އައި ސްޓާފުންގެ ފެރީ ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފެނިފައި ނުވާތީ ރޭގެ ވަގުތެއްގައި އެ އެންމެން ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވައްކަމުގެ މައްސަަލައެއްގެ ތުހުމަތުގައި އެމީހުން ހައްޔަރުކުރި ނަމަވެސް އެއީ ކޮން ބާވަތެއްގެ ވައްކަމެއް ކަމެއް ތަހުގީގަށް ހުރަސްއެޅިދާނެތީ ފުލުހުން ބުނެފައެއް ނުވެ އެވެ.