ބަނިޔަންޓްރީ ރިސޯޓުން މިއަދު މާލެ އައި ފެރީގައި ތިބި އެންމެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމައްސަލާގައި ފުލުހުން އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ވަނީ ބުނެފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ކަމާ ބެހޭ ފަރާތެއްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެފެރީގައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބަނިޔަންޓްރީ ރިސޯޓުން ކޮށްފައިވާ ވައްކަމަކާ ގުޅިގެން ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިތިބީ މުޅިން ވެސް އެރިސޯޓްގެ މުވައްޒިފުންނެވެ. އަދި އެ ފެރީ މާލެ އައިސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އެމައްސަލާގައި ފުލުހުން މައުލޫމާތު ދޭން ބޭނުން ނުވާތީ އެފެރީގައި ތިބި މީހުންގެ ތަފްސީލް ވަނީ ލިބޭގޮތް ނުވެފަ އެވެ.