Last Updated:
1 decade 2 year ago

    ބުލޮގު ޚުލާސާ
    މޫސުން ގޯސްވުމުގެ ސަބަބުން ހެރެތެރެ އައިލެންޑް ރިސޯޓުގައި ތިބި އަފްޣާނިސްތާން ގައުމީ ޓީމް، އައްޑޫ ސިޓީ ހިތަދުއަށް އައުން ލަސްވާތީ އޭއެފްސީ ޗެލެންޖު ކަޕްގެ ގްރޫޕް ބީގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗު ފަސްކޮށްފި އެވެ.

    މިރޭ 9:00 ގައި ފިލިޕީންސްއާ ދެކޮޅަށް އަފްޣާނިސްތާން ކުޅޭ މެޗު ފަސްކޮށްފައި ވަނީ މިރޭ 10:00 އަށެވެ.

    އައްޑޫގައި ހުރި ސަންގެ ރިޕޯޓަރު އަލީ ރިފްޝާން ބުނީ ފިލިޕީންސް ޓީމު ވެސް ދަނޑަށް އައިސްފައިވަނީ އަންނަންޖެހޭ ވަތުތައް ވުރެ 30 މިނިޓް ފަހުން ކަމަށެވެ. އެ ޓީމު ދަނޑަށް އައީ މިރޭ 8:00 ޖަހާ އެހާކަންހާއިރު އެވެ. އާންމުކޮށް މެޗު ފެށުމުގެ ދޮޅު ގަނޑިއިރު ކުރިން ޓީމުތައް ދަނޑަށް އަންނަންޖެހެ އެވެ.

    ޓީމުތައް ދަނޑަށް އައުން ލަސްވެފައި ވަނީ ހެރެތެރެ އައިލެންޑް ރިސޯޓުގައި ތިބި ޓީމުތައް ދަނޑަށް ގެނައުމުގައި ދަތިތަކަކާ ކުރިމަތިވެގެންނެވެ. އެގޮތުން މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ދެ ޓީމުގެ ހެރެތެރެއަށް ގެންދިއުން ލަސްވެ، އެ ރިސޯޓުގައި ތިބި ޓީމުތައް ވެސް ހިތަދުއަށް ގެނައުން ލަސްވެގެންދިޔަ އެވެ.

    23:56

    މެޗުގެ ކުޅުން ނިމިއްޖެ. އަފްޣާން 0-0 ފިލިޕީންސް.
    23:55

    މެޗު ނިމެން ދަނިކޮށް ފިލިޕިންސްގެ މާޓީން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު އެ ހަމަލާ ކީޕަރު ފަގިރްޔާރު ދިފާއުކުރީ ވެސް އެހާމެ ހުށިޔާރުކޮށް.
    23:53

    އަފްޣާން ކުޅުންތެރިޔާ ފިލިޕީންސްގެ ގޯލް އޭރިޔާތެރެއަށް ފޮނުވާލި ހިލޭޖެހުން އަފްޣާންގެ ކެޕްޓަން ހާރޫން ފަޚްރުއްދީން ބޮލުންޖަހައި ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށް.
    23:52

    ފިލިޕިންސް ޕެނަލްޓީ އޭރިޔާގެ އަރިމަތިން ބޭރުން އަފްޣާނަށް ހިލޭ ޖެހުމެއް.
    23:51

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 4 މިނިޓް މިވަނީ ދައްކާފައި.
    23:48

    ފިލިޕިންސް ޓީމަށް އަފްޣާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމެއް ފޮނުވާލުމުން އަފްޣާންގެ އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ބޮލުން ޖަހައި ކޯނަރަކަށް ބޭރުކޮށްލައިފި.
    23:43

    އަފްޣާންގެ 15 ނަންބަރު އަމީންގެ ބަދަލުގައި 19 ނަންބަރު އަމީރުއްދީން ކުޅެން އަރުވައިފި. އަމީން އަކީ މިހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ކުޅުންތެރިއެއް.
    23:42

    އަފްޣާންގެ ޝަޔެސްތޭ ފިލިޕިންސްގެ ޕެނަލްޓީއޭރިޔާގެފަސްވަރަކަށް ފޫޓު ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލް ދަނޑި މަތިން ބޭރަށް.
    23:40

    ފިލިޕިންސް ޓީމުން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް. އަފްޣާންގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތީން 17 ނަންބަރު ސްޓެފަން މާކޫސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
    23:38

    ފިލިޕިންސްގެ 13 ނަންބަރު ރުބެން ޑޮކްޓޯރާގެ ބަދަލުގައި 9 ނަންބަރު ކެންޝީރޯ ޑެނިއަލްސް ކުޅެން އަރުވައިފި.
    23:34

    ފިލިޕިންސް ޓީމުން ނުރައްކާތެރި ދެހަލާ ކައިރިކައިރީގައި މިވަނީ އުފައްދާފައި. ފުރަތަމަ ހަމަލާ ގޯލްކީޕަރު ފަގިރްޔާރުގެ އަތުގައި ޖެހިފައި ބޭރަށް ނުކުތްވަގުތު އޭރިޔާގެ ބޭރުގައި ހުރި ސަޓޯ ފޮނުވާލި ބާރު ހަމަލާ ދެވަނަ ފަހަރަށް ފަގިރްޔާރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައި. މިއީ ފިލިޕިންސް ޓީމުން މި މެޗުގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ.
    23:28

    އަފްޣާންގެ އަޒަދްޒޯއިއަށް ލަނޑެއް ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވީ. ފިލިޕިންސް ޕެނަލްޓީ އޭރިޔާތެރެއަށް އެޓީމުގެ ދެ ކުޅުންތެރިން ބީޓްކޮށްފައި ވަދެ، ގޯލް އޭރިޔާ ކުރިމަތީހުރެ ފޮނުވާލި ބޯޅަ ބޭރަށް.
    23:27

    މެޗުގައި އަފްޣާނަށް ލިބުނު ދެވަނަ ކޯނަރު ފިލިޕިންސްގެ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ނަމަވެސް ބޯޅައަށް އަރާނެ ކުޅުންތެރިއެއް ނެތް.
    23:26

    އަފްޣާން ޓީމަށް ކޯނަރެއް.
    23:25

    އަފްޣާން ޓީމުންވެސް ބަދަލެއް. 10 ނަންބަރު މުހައްމަދު ޔޫސުފުގެ ބަދަލުގައި ކުޅެން އެރުވީ، 17 ނަންބަރު މުސްތަފާ ޒަޒައި.
    23:24

    ފިލިޕިންސް ޓީމުން ބަދަލެއް. 7 ނަންބަރު ޖޭމްސްގެ ބަދަލުގައި ކުޅެން އެރުވީ 20 ނަންބަރު ޖޯސޭ އެލްމާ.
    23:23

    ފިލިޕިންސް ޓީމުގެ ނިކޮލަސް އަފްޣާންގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    23:21

    ފިލިޕިންސްގެ 11 ނަންބަރު ކުޅުންތެރިޔާ އަފްޣާން ހާފްތެރެއިން ބޯޅަހިފައިގެން ދަނިކޮށް މުސްތަފާ ހަދީދީ ފައުލުކުރުމުން އޭނާއަށް މިވަނީ ރީނދޫކާޑެއް ދައްކާފައި.
    23:20

    ދެވަނަ ހާފްގެ ފުރަތަމަ 15 މިނިޓްގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް ނުއުފެއްދޭ.
    23:19

    ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ މިހާތަނަށް އައިއިރު މިދަނީ ތަންކޮޅެއް ލަސް ކުޅުމެއް ފެންނަމުން.
    23:16

    އަފްޣާން ޓީމުން ބަދަލެއް. 5 ނަންބަރު ޒާމިރު ދާއުދީގެ ބަދަލުގައި ކުޅެން އެރުވީ، 15 ނަންބަރު ހ އަމީން.
    23:15

    ފިލިޕިންސް ކުޅުންތެރިއަކަށް ފައުލުކުރުމާ ގުޅިގެން އަފްޣާންގެ އަހްމަދު ހަތީފީއަށް ރީނދޫ ކާޑެއް ދައްކައިފި.
    23:09

    ފިލިޕިންސް ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކައިފި. ޖާޒީ ނަންބަރު 3 ސަޓޯ ޑައިސުކޭ.
    23:06

    ދެވަނަ ހާފްގެ ކުޅުން ފަށައިފި.
    23:05

    ދެވަނަ ހާފްގެ ކުޅުން ފެށުމަށްޓަކައި އަފްޣާން އަދި ފިލިޕީންސްގެ ކުޅުންތެރިން މިހާރު ދަނޑަށް ނުކުމެއްޖެ.
    22:51

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.
    22:49

    ފިލިޕިންސް ޓީމުން ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. އެޓީމުން ނެގި ކޯނަރު، އަފްޣާން އޭރިޔާތެރޭގައި ހުރި ފިލިޕިންސް ކުޅުންތެރިއަކު ބޮލުން ޖަހައި ފޮނުވާލި ބޯޅަ ގޮސް ޖެހުނީ ގޯލްގެ ހުރަސް ދަނޑީގައި. އަދި ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދެވަނަ ފަހަރަށް އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލުމުން އަފްޣާން ކީޕަރު ވަނީ ބޯޅަ ހިފާފައި.
    22:48

    ފިލިޕިންސް ޓީމަށް ކޯނަރެއް.
    22:46

    ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް ދައްކައިފި.
    22:45

    އަފްޣާންގެ އަހްމަދު އާރާޝް ހާތިފީއަށް ފިލިޕިންސްގެ ހާފްގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އެޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއް ނުވި.
    22:41

    ފުރަތަމަ ހާފުގެ 40 މިނިޓްގެ ކުޅުން ނިމުނު އިރު އަދިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
    22:39

    ފިލިޕިންސްގެ ޑިފެންޑަރު ސަޓޯ ޑައިސުކޭ އަފްޣާން އޭރިޔާތެރެއަށް ނަގައިދިން ރީތި ހުރަހެއް. އެހެން ނަމަވެސް ބޯޅަ ޖަހަން އަރައިހުރި 11 ނަންބަރު ޕެޓްރިކް ހުރީ ތަންކޮޅެއް ފަހަތުގައި.
    22:38

    އަފްޣާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ފިލިޕިންސަށް ލިބުނު ހިލޭޖެހުން ފޮނުވާލީ ސީދާ ގޯލަށް. ކީޕަރު ފަގިރުޔާރު ބޯޅަ ދިފާއުކޮށް ބޭރުކޮށްލީ.
    22:37

    އަފްޣާން ޓީމުގެ ޒާމިރު ދާއޫދު ފިލިޕިންސް ކުޅުންތެރިއަކަށް ނުރައްކާތެރި ފައުލެއް ކުރުމުން ރީނދޫ ކާޑެއް ދައްކައިފި.
    22:32

    ޗެލެންޖް ކަޕަގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު މިރޭ ވާދަކުރާ މި ދެޓީމަކީ މުޅި މުބާރާތުގެ ވެސް އެންމެ ވަރުގަދަ ދެޓީމް ކަމަށް ބުނެވިދާނެ.
    22:31

    ފިލިޕިންސްގެ 17 ނަންބަރު އަފްޣާން ހާފުގެ މެދުތެރެއިން އެޓީމުގެ ގޯލަށް ބޯޅަ ފޮނުވާލިއިރު ކީޕަރު މަންސުރު ފަގިރުޔާރު ހުރީ ކުޑަކޮށް ބޭރަށް ނުކުމެ. ބޯޅަ ދިޔައީ ކުޑަތަންކޮޅެއް މަތިން ބޭރަށް.
    22:27

    ފުރަތަމަ ހާފުގެ 26 މިނިޓްގެ ކުޅުން ނިމުނު އިރު އަދިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ. އެހެން ނަމަވެސް އަފްޣާން ޓީމަށް ނަތީޖާއާ ކުޅެލެވޭ ވަރުގެ ދެ ފުރުސަތެއް ލިބި ބޭކާރުވެފައި ވަނީ.
    22:23

    އަފްޣާންގެ މުހައްމަދު ޔޫސުފް ފިލިޕިންސް ހާފުތެރެއިން ބޯޅަ ހިފައިގެން ދަނިކޮށް އެޓީމު ކުޅުންތެރިއަކު ފައުލު ކުރުމުން އަފްޣާނަށް ހިލޭ ޖެހުމެއް.
    22:22

    ފިލިޕިންސް ޓީމަށް މިވަނީ ކޯނަރެއް ލިބިފައި.
    22:21

    މެޗު ކުރިއަށްދާއިރު ފިލިޕިންސްގެ ސަޕޯޓަރުން ކޮންމެވެސް ވަރަކަށް އެބަފެނޭ.
    22:17

    ފިލިޕިންސްގެ ކުޅުންތެރިއަކު ބޯޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަފްޣާން ހާފްތެރެއަށް ވެއްޓިފައި އޮތުމުން އަފްޣާން ކުޅުންތެރިން ބޯޅަ ބޭރުކޮށްލައިފި. މިހާރު ވެއްޓިފައި އޮތް ކްރިސްޓޮފާ ރޮބާޓްއަށް ފަރުވާ ދެނީ.
    22:14

    މެޗުގެ ކުޅުން ފަށައިފި. ފިލިޕިންސަށް އަފްޣާންގެ ހާފްގެ މެދުތެރެއިން ލިބުނު ހިލޭޖެހުމެއް ފޮނުވާލީ ސީދާ ގޯލަށް. އެހެން ނަމަވެސް ކީޕަރު ފަގިރްޔާރު ވަނީ އެ ބޯޅަ މަތަކޮށްފައި.
    22:13

    މި މެޗުގެ ރެފްރީއަކީ އުޒްބެކިސްތާންގެ ވެލެންޓީން ކޮވަލެންކޯ ކިޔާ ބޭފުޅެއް.
    22:12

    ރެފްރީ ނޭފަތްމަތީގައި ބޯޅައަކުން ޖެހިގެން ކަމަށް ލަފާކުރެވެނީ. ރެފްރީގެ ނޭފަތުން ލޭއަންނާތީ މެޗުގެ ކުޅުން މިވަނީ ވަގުތީގޮތުން މެދުކެނޑިފައި.
    22:10

    އަފްޣާން ޓީމުން ކައިރިކައިރީގައި އަނެއްކާވެސް ހަލަމާއެއް އުފައްދައިފި. އެހެން ނަމަވެސް ފިލިޕިންސް އޭރިޔާ ތެެރެއިން ބޯޅަ ގޯލާ ދިމާއަށް ފޮނުވާލިއިރު އަފްޣާން ކުޅުންތެރިއަކު ހުރީ އޮފްސައިޑްވެފައި.
    22:08

    އަފްޣާންގެ މުސްތަފާ އަޒަދްޒޯއީއަށް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލަން ރަނގަޅު ފުރުސަތެއް ލިބިފައި ބެކާރުވީ. ފިލިޕިންސްގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ އޭނާ ބެލީ ބޯޅަ ހުރަސްކޮށްލަދެވޭތޯ. އެހެން ނަމަވެސް ފިލިޕިންސް ކުޅުންތެރިން ބޯޅަ ދިފާއުކުރީ.
    22:06

    އަފްޣާން ޓީމުން ހަމަލާއެއް އުފައްދައިފި. އެހެން ނަމަވެސް ފިލިޕީންސްގެ ޕެނަލްޓީ އޭރިޔާތެރޭގައި އެ ބޯޅައަށް އަރައިހުރި ބެލާލް އަރޭޒޯ ހުރީ އޮފްސައިޑްގައި.
    22:04

    ފިލިޕިންސް ޓީމުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރި ނަމަވެސް އަފްޣާން ޑިފެންޑަރުން މިވަނީ އެޓީމުގެ ޕެނަލްޓީ އޭރިޔާތެރެއިން ބޯޅަ ބޭރުކޮށްލާފައި.
    22:01

    ފުރަތަމަ މިނިޓް ތެރޭގައި އަފްޣާނަށް ކޯނަރެއް.
    22:01

    މެޗު ފަށައިފި.
    22:01

    މެޗު ފެށުމަށްޓަކައި ދެޓީމް ތައްޔާރުވެއްޖެ. ކިކްއޯފް ކުރަނީ ފިލިޕިންސް.
    21:57

    އަފްޣާނިސްތާންގެ ގައުމީ ސަލާމް.
    21:56

    މިހާރު ކުރިއަށްދަނީ ފިލިޕީންސްގެ ގައުމީ ސަލާމް.
    21:55

    ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔުމް އާއި ނާއިބު ރައީސް މުޙައްމަދު ޖަމީލް، މިރޭ ކުޅޭ ދެޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވަނީ.
    21:54

    މެޗަށް ތައްޔާރުވުމަށްޓަކައި ދެޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ދަނޑަށް އަރައިފި.
    21:51

    މި ސަރަޙައްދުގެ ގިނަ ގައުމުތައް ފަދައިން އަފްޣާނިސްތާން ޓީމުގެ ވެސް ބައެއް މުހިންމު ކުޅުންތެރިންނަކީ ހުޅަނގުގެ ގައުމުތަކަށް ހިޖުރަކޮށްގެން އުޅޭ ކުޅުންތެރިން. އެގޮތުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު މަންސޫރް ފަޤިރްޔާރު އަކީ ޖަރުމަނުވިލާތުގެ 4 ވަނަ ޑިވިޒަންގެ ވީއެފްބީ އޯލްޑެންބާރގް އަށް ކުޅޭ ކުޅުންތެރިއެއް. މިއީ ނިމިދިޔަ ސާފް ޗެންމްޕިންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ. އިންޑިޔާގެ ލީގްކުލަބު މުމްބާއީ އެފްސީ އަށް ކުޅޭ އުމުރުން 24 އަހަރުގެ ޑިފެންޑަރު ޒޮހިބް އިސްލާމް އާމިރީ އަކީ މިޓީމްގެ ދިފާޢުގެ މައިތަނބު. އަދި އިންޑިޔާގެ މުމްބާއީ އެފްސީއަށް ކުޅެމުން އަންނަ ހަޝްމަތުއްﷲ، ޖަރުމަނުގެ ތަސް ޑަސަންފޯރަށް ކުޅެމުން އަންނަ ސަންޖަރް އަހްމަދީއާއި، ނޯވޭގެ ކުލަބަކަށް ކުޅެމުން އަންނަ ބިލާލް އާރްޒޫ އަކީ އިދިކޮޅުޓީމް ތަކުގެ ދިފާއު ފޫއަޅުވައިލެވޭ ވަރުގެ ނުރައްކާތެރި ކުޅުންތެރިން. މީގެ އިތުރުންވެސް މިފަހަރުގެ ސްކޮޑްގައި އޮސްޓްރޭލިއާ އަދި ތައިލެންޑްގެ ލީގުގައި ކުޅޭ ކުޅުންތެރިން ހިމެނޭ.
    21:50

    މިހާތަނަށް އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތުގައި އަފްގާނިސްތާނުން 6 މެޗް ކުޅުނުއިރު އެއްވެސް މެޗަކުން މޮޅުވަފައެއް ނުވޭ.
    21:48

    މި މެޗުގައި އަނެއްކޮޅުން ވާދަކުރާ އަފްޣާން ޓީމަށް ބަލާއިރު މިފަހަރުގެ މުބާރާތަށް އަފްގާނިސްތާން ކޮލިފައިވެފައިވަނީ ކޮލިފައިން ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގައި. އަފްޣާން ވަނީ ސްރީލަންކާއާ ވާދަކޮށް 1-0 މޮޅުވެ މޮންގޯލިޔާއާ ވާދަކޮށް ހަމަ އެ ނަތީޖާއިން މޮޅުވެ، އަދި ލާއޮސްއާ ކުޅެ 1-1 އިން އެއްވަރުވެފައި.
    21:47

    ފިލިޕީންސް ޓީމަށް ބަލާއިރު، އެ ޓީމަކީ މި ފަހަރުގެ މުބާރާތުގެ ތަށްޓަށް ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު. އިނގެރޭސި ވިލާތާއި ޑެންމާކާއި ޖަރުމަނުވިލާތުގެ ލީގުތަކުގައި ކުޅޭ ބައެއް ކުޅުންތެރީން މި ޓީމުގެ ސްކޮޑުގައި ހިމެނޭ.
    21:47

    މިފަހަރުގެ ޗެލެންޖްކަޕަށް ޕިލިޕީންސް ކޮލިފައިވެފައިވަނީ ކޮލިފައިން ގުރޫޕްގެ އީގެ އެއްވަނަ ހޯދައިގެން. އަދި ހަމަ އެހެންމެ މުބާރާތުގައި ދެފަހަރު ފައިނަލްގައި ވާދަކުރި ތުރުކެމެނިސްތާން ވެސް ބަލިކުރުމަށް ފަހު. މުބާރާތުގެ ކޮލިފައިން ބުރުގައި ކެންބޯޑިޔާ ކޮޅަށް ޕިލްޕީންސުން ވަނީ 8 ލަނޑު ޖަހާފައި.
    21:46

    ޕިލިޕީންސް އެންމެ ފުރަތަމަ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުން ފެނިގެން ގޮސްފަވަނީ 2012 ވަނައަހަރު.
    21:45

    ފިލިޕިންސާއި އަފްޣާން ބައްދަލުކުރާ މެޗް ފެށުމަށް މިވަނީ 10 ވަރަކަށް މިނިޓަށް ވެފައި.
    21:32

    އަފްޣާނިސްތާނާއި ފިލިޕީންސް މިރޭ ކުޅޭ މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަލީމް އަހުމަދު އައްޑޫ ފުޓްބޯޅަ ދަނޑަށް ވަޑައިގަންނަވާނެ. އެ ބޭފުޅުން ދަނޑަށް ވަޑައިގަންނަވާނީ މިރޭ 9:45 ގައި.
    20:55އައްޑޫ ފުޓްބޯޅަ ދަނޑުން

    އަފްޣާނިސްތާން ދަނޑަށް އައިސްފި. ޓީމު ކުޅުންތެރިންނާއި އޮފިޝަލުންނާއި ކޯޗު ތިބީ ހިންހަމަނުޖެހިފައި.