އިރާނުގެ ބޯޓެއްގައި ކަނޑުމަގުން ރާއްޖެ އަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލާގައި ހިމެނޭ ފަސް މީހަކު ބަންދުގައި ބެހެއްޓުމުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

އެމީހުންގެ މުއްދަތު އިތުރުކޮށްދީފައި ވަނީ 15 ދުވަހަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރުކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝް ތިން މީހަކާއި ދެ ދިވެހިންގެ މުއްދަތު މިއަދު އިތުރުކޮށްދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އީރާންގައި ރަޖިސްޓްރީ ކޮށްފައިވާ "ހޮރުމޯޒް" ނަމަކަށް ކިޔާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި 18 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެޜޭގައި ޕާކިސްތާނުގެ ދެ މީހަކާއި މަސްތުވާއެތަކެތި ގަތުމަށް ބޭރަށް ފައިސާ ފޮނުވި ކަމުގެ ތުހުމަގައި ހައްުޔަރުކުރި ފުލުހަކު ވެސް ހިމެނެ އެވެ.

ސައުވީސް ކިލޯގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. އަދި 24 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފައި ވަނީ ޑިންގީއެއްގައި ފައިބަރު ޖަހައި ބަންދުކޮށް ހުޅުމާލެ އަށް ގެންދިޔަ ތަނުންނެވެ.