Last Updated:
1 decade 2 year ago

ޗެލެންޖު ކަޕް: ލާއޮސް 1 - 5 ތުރުކްމެނިސްތާން

    ބުލޮގު ޚުލާސާ
    ދެ ޓީމް ވެސް ދަނޑަށް އަރައިފި. ދެ ޓީމުގެ ގައުމީ ސަލާމް ކުޅެމުންދަނީ.
    17:54

    މެޗު ނިމިއްޖެ.
    17:54

    ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗު އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދާއިރު ބޯކޮށް ވާރޭ ވެހެމުން މިދަނީ.
    17:53

    މިހާރު މިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ކުޅުން ފެށިފައި.
    17:51

    ތުރުކުމެނިސްތާނުން އަނެއްކާ ވެސް ނުރައްކާތެރި ހަމަލާއެއް. އުފައްދައިފި. ލާއޮސް ގޯލް އޭރިޔާ ތެރެއިން، ތުރުކުމެނިސްތާން ކުޅުންތެރިޔާ ބޮލުން ފޮނުވާލަން އުޅުނު ބޯޅަ ގޯލް ދަނޑީގެ ކައިރިން ބޭރަށް.
    17:47

    ތުރުކުމެނިސްތާންގެ ފަސް ވަނަ ލަނޑު. ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދާފައި ޖާޒީ ނަންބަރު 8 ފޮނުވާލި ބާރު ހަމަލާ ކީޕަރުގެ ގައިގައި ޖެހިފައި ގޯލް ތެރެއަށް. މިހާރު ނަތީޖާއަކީ ތުރުކުމެނިސްތާން 5-1 ލާއޯސް.
    17:46

    ތުރުކުމެނިސްތާންގެ ޖާޒީ ނަންބަރު 10 ލާއޯސް ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ރީތި ހުރަހެއް އެހާމެ ރީތި ކޮށް 11 ނަންބަރު ކުޅުންތެރިޔާ ގޯލްތެރެއަށް ފޮނުވާލީ.
    17:46

    ތުރުކުމެނިސްތާންގެ 11 ނަންބަރު ކުޅުންތެރިޔާ ލަނޑެއް ކާމިޔާބުކޮށްފި.
    17:45

    ލާއޮސް ޓީމުން ބަދަލެއް. 13ގައި ކުޅެން ނުކުތީ 15.
    17:43

    ތުރުކުމެނިސްތާންގެ 18 ނަންބަރު ކުޅުންތެރިޔާއަށް މެޗުގެ ނަތީޖާ ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެއްޖެ. ލާއޯސް ޕެނަލްޓީއޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އޭނާ ބެލީ ހުރަސް ނަގައިދެވޭތޯ.
    17:43

    ތުރުކުމެނިސްތާން ޓީމުން ބަދަލެއް. ޖާޒީ ނަންބަރު 10 ގެ ބަދަލުގައި ކުޅެން ނުުތީ 8 ނަންބަރު.
    17:42

    މެޗުގެ ފުރިހަމަ ވަގުތުގެ ފަހު 10 މިނިޓްގެ ކުޅުން މިހާރު ކުރިއަށް ދަނީ. ތުރުކުމެނިސްތާން 3، ލާއޮސް 1.
    17:41

    ތުރުކުމެނިސްތާންގެ ކުޅުންތެރިއަކު ލާއޯސް ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހޯދައިގެން ލާއޯސް އޭރިޔާތެރެއަށް ވަދެ ބޯޅަ ފޮނުވާލަން އުޅުނު ނަމަވެސް ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި.
    17:38

    ލާއޯސް ޓީމުން ބަދަލެއް. 11 ނަންބަރުގެ ބަދަލުގައި ކުޅެން ނުކުތީ 9 ނަންބަރު.
    17:34

    ތުރުކުމެނިސްތާންގެ 13 ނަންބަރުގެ ބަދަލުގައި ޖާޒީ ނަންބަރު 18 ކުޅެން އަރުވައިފި.
    17:32

    ލާއޯސް ޓީމުގެ 8 ނަންބަރު ކުޅުންތެރިޔާއަށް ރީނދޫ ކާޑެއް ދައްކައިފި.
    17:26

    ލާއެޮސްއިން ނެގު ކޯނަރު ތުރުކުމެނިސްތާން އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިން ބޭރުކޮށްލަން އުޅެނިކޮށް ލާއޮސް ކުޅުންތެރިއަކަށް ލިބި ފޮނުވާލި ބޯޅަ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި އަނެއްކާވެސް ކޯނަރަކަށް.
    17:25

    ލާއޮސްއަށް ކޯނަރެއް.
    17:25

    ތުރުކުމެނިސްތާންގެ 11 ނަންބަރު އެކަނި ބޯޅަ ހިފައިގެން ލާއޯސްގެ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގު ކައިރީ ހުރެ ފޮނުވާލި ބޯޅަ ކީޕަރު އަތަށް.
    17:22

    ތުރުކުމެނިސްތާނަށް އަނެއްކާ ވެސް ކޯނަރެއް.
    17:21

    ތުރުކުމެނިސްތާނުން އަނެއްކާވެސް ލާއޯސް ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފި. އެޓީމުގެ 9 ނަންބަރު ކުޅުންތެރިޔާ ލާއޯސް ގޯލްއޭރިޔާތެރޭގައި ހުރެ ބޯޅަ ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ގޯލަށް އަމާޒެއް ނުވި.
    17:18

    ލާއޯސްއަށް ލިބުނު ހިލޭ ޖެހުމެއް އެޓީމުގެ ކުޅުންތެރިން ފޮނުވާލުމުގެ ކުރިން ތުރުކުމެނިސްތާނުގެ ވޯލް ހަދައިގެން ތިބި ކުޅުންތެރިންގެ ތެރެއިން 9 ނަންބަރު މާއަވަހަށް ބޭރަށް ނުކުތުމުން ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ދައްކައި ލާއޮސްއަށް އަލުން ޖެހުން ދީފި.
    17:15

    ތުރުކުމެނިސްތާންގެ 17 ނަންބަރު ނެގި ކޯނަރު ލާއޯސް ކީޕަރުގެ އަތުގައި ޖެހިފައި ގޯލްގެ ތެރެއަށް. މިހާރު ނަތީޖާއަކީ ތުރުކުމަނިސްތާން 3-1 ލާއޯސް.
    17:14

    ތުރުކުުމެނިސްތާނަށް ކޯނަރެއް.
    17:12

    ތުރުކެމެނިސްތާނުން އަނެއްކާވެސް ހަމަލާއެއް އުފައްދައިފި. އެޓީމުގެ 10 ނަންބަރު ކުޅުންތެރިޔަ ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ.
    17:10

    ތުރުކެމެނިސްތާންގެ 11 ނަންބަރު ފޮނުވާލި ޕެނަލްޓީ ލާއޯސް ގޯލްގެ ވާތްފަރާތުން މަތީ ކަނަށް.
    17:07

    ތުރުކުމެނިސްތާނަށް ޕެނަލްޓީއެއް. އެޓީމުގެ 13 ނަންބަރު ޕެނަލްޓީއޭރިޔަތެރެއިން ބޯޅަ ހިފައިގެން ވަންނަނިކޮށް ލާއޯސްގެ ކުޅުންތެރިއަކު އޭނާ ވައްޓާލުމުން ޕެނަލްޓީ ދިނީ.
    17:06

    ދެވަނަ ހާފްގެ ކުޅުން ފެށިއިރު ތުރުކުމެނިސްތާން ޓީމުން މިވަނީ ބަދަލެއް ގެނެސްފައި. ޖާޒީ ނަންބަރު 19ގެ ބަދަލުގައި 17 ނަންބަރު ކުޅެން ނެރުނީ.
    17:06

    ދެވަނަ ހާފްގެ ކުޅުން ފަށައިފި.
    17:05

    ދެވަނަ ހާފްގެ ކުޅުން ފެށުމަށް ދެ ޓީމުގެ ކުޅުްނތެރިން ދަނޑަށް ނުކުމެއްޖެ.
    16:51

    ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.
    16:50

    ތުރުކްމެނިސްތާނަށް ކޯނަރެއް.
    16:48

    ފުރަތަމަ ހާފުގެ 45 މިނިޓް ހަމަވުމާއެކު އިތުރު މިނިޓްގެ ގޮތުގައި 3 މިނިޓް ދީފި.
    16:45

    ތުރުކްމެނިސްތާން ލަނޑު ޖަހައިފި. ނަތީޖާ އެއްވަރު ކުރީ ތުރުކްމެނިސްތާން ކުޅުންތެރިޔާ ފޮނުވާލި ބާރު ބޯޅަ ދަނޑީގައި ޖެހުމުން އަނެއްކާވެސް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން.
    16:40

    މި މުބާރާތަށް ނުކުތުމުގެ ކުރިން ރާއްޖެއާއެކު ލާއޮސްއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ދެއްކި ކުޅުމަށްވުރެން މިއަދުގެ މެޗުގައި ލާއޮސްއިން ދަނީ މޮޅު ކުޅުމެއް ދައްކަމުން.
    16:36

    ލާއޮސްއަށް ލިބުނު ކޯނަރުން ލަނޑު ޖަހައިފި. ނަގައިން ކޯނަރުގެ އޯވަހެޑަކުން ލާއޮސްގެ 20 ވަނަ ނަމްބަރު ކުޅުންތެރިޔާ ލަނޑު ޖަހައިފި.
    16:35

    ލާއޮސްގެ ކުޅުންތެރިޔަކު ޕެނެލްޓީ އޭރިއާ ދެތެރެއިން ފޮނުވާލި ބޯޅަ ތުރުކްމެނިސްތާން ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް. ލާއޮސްއަށް ކޯނަރެއް.
    16:29

    ހިތަދޫގައި ހުންނަ އައްޑޫ ފުޓްބޯޅަ ދަނޑުގައި ލާއޮސް އާއި ތުރުކްމެނިސްތާން މެޗު ކުޅެމުންދާއިރު، އެ ސަރަހައްދަށް މިހާރު ދަނީ ވިއްސާރަ ކުރަމުން. ނަމަވެސް މެޗު ފެށުނުއިރު، ވަރަށް ގަދައަށް ވަނީ އަވިދީފައި
    16:25

    ތުރުކްމެނިސްތާން ޓީމުން ފައުލްކޮށްފި. ލާއޮސް ޓީމުން އެންމެ ރަނގަޅަށް ކުޅޭ 10 ނަމްބަރަށް ފައުލް ކުރުމުން، ތުރުކްމެނިސްތާން ޓީމުން 3 ވަނަ ނަމްބަރު ކުޅުންތެރިޔާއަށް ރީނދޫ ކާޑު ދައްކައިފި.
    16:21

    ތުރުކްމެނިސްތާނުން ދިގު ބޯޅަތައް ފޮނުވައިގެން ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަނީ. ނަމަވެސް ލާއޮސްގެ ޓީމުގެ ޑިފެންސް މާ ވަރުގަދަ.
    16:19

    ތުރުކްމެނިސްތާނުން ފައުލް ކުރުމުން ލާއޮސްއަށް ޖެހުމެއް.
    16:16

    ތުރުކްމެނިސްތާން ކީޕަރަށް ހެދުނު މިސްޓޭކަކުން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ހުރި ލާއޮސްގެ ކުޅުންތެރިއަކަށް ބޯޅަ ނުލިބުނީ ހަމަ ކިރިޔާ.
    16:13

    ތުރުކްމެނިސްތާނާ ދެކޮޅަށް ކުޅޭ ލާއޮސް ގައުމީ ޓީމަކީ މި މުބާރާތައް ފުރަތަމަ ފަހަރަށް ކޮލިފައިވި ޓީމެއް. ތިން ފަހަރެއްގެ މަތިން މި މުބާރާތުގެ ކޮލިފައިންގައި ކުޅެ ލާއޮސްވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައި
    16:11

    ލާއޮސް ތީމުން ހަމަލާތަކެއް އެބަ އުފައްދާ. ނަމަވެސް ފޮނުވާލާ ހަމަލާތައް ދަނީ ގޯލާދިމާލުން ބޭރުން.
    16:09

    ތުރުކްމެނިސްތާން ލާއޮސްގެ ގޯލަށް ހަމަލާއެއް އުފައްދައި. ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރުވަނީ މަތަކޮށްފައި.
    16:06

    ތުރުކްމެނިސްތާން ލާއޮސްގެ ގޯލަށް ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންދަނީ. ނަމަވެސް ލާއޮސް ކުޅެމުންދަނީ ޑިފެންސްކޮށްގެން.
    16:04

    މިފަހަރު ޗެލެންޖު ކަޕަށް ތުރުކްމެނިސްތާން ކޮލިފައި ވެފައި ވަނީ ކޮލިފިކޭޝަން ގްރޫޕްތަކުގެ ތެރެއިން ގްރޫޕް އީގެ ދެ ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަށް ވުމުން. ކޮލިފައިންގައި ތުރުކްމެނިސްތާން ވަނީ ކެމްބޯޑިއާ ކޮޅަށް ހަތް ގޯލު ޖަހައި މެޗު ކާމިޔާބުކޮށް ފިލިޕީސް އަތުން 1-0 އިން ބަލިވެފައި.
    16:03

    މެޗު ފަށައިފި.
    16:01އައްޑޫ ފުޓްބޯޅަ ދަނޑުން

    އޭއެފްސީ ޗެލެންޖު ކަޕު ބޭއްވި ފުރަތަމަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރަކު ވެސް ތުރުކްމެނިސްތާން ވަނީ ޗެލެންޖު ކަޕަށް ކޮލިފައިވެ، މުބާރާތުގެ ރަނަރަޕް ކަން ދެ އަހަރު ހޯދާފަ. އެ ޓީމުން ޗެލެންޖު ކަޕުގެ ރަނަރަޕް ކަން ހޯދާފައި ވަނީ 2010 ވަނަ އަހަރާއި 2012 ވަނަ އަހަރު.