20 May 2014, 14:13
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން "ފިލި" ހަތަރު އަންހެން ކުއްޖަކު ފުލުހުން ހޯދައިފި އެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ކުދިން ހޯދައި ކުޑަކުދިންގެ ހިޔާއާ ހަވާލު ކުރީ މިއަދު ހެންދުނު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ވިލިމާލޭން ވާހަކަ ދެއްކި މީހަކު ބުނީ ކުޑަކުދިންގެ ހިޔާއިން ފިލައިގެން އެ ކުދިން ދިޔައީ ރޭ އިރާކޮޅު ކަމަށެވެ. އަދި އެކުދިންތައް ފެނުނީ ވިލިމާލޭތެރޭ އުޅެނިކޮށް ކަމަށެވެ.
ކުޑަކުދިންގެ ހިޔާއިން މިދިޔަ އަހަރުތެރޭ ވެސް ވަނީ ތަފާޓު އެކި ފަހަރު މަތިން ކުދިން ފިލައިގެން ދިއުމުން ފުލުހުންގެ އެހީތެރިކަމާއެކު ހޯދާފަ އެވެ.