Last Updated: 1 decade 2 year ago
Last Updated:
1 decade 2 year ago
ފަހު ވަގުތު ޖެހި ލަނޑާއެކު ފަލަސްތީނުގެ ފެށުން ރަނގަޅުކޮށްފި
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކިރްގިސްތާނާއި ޕަލަސްތީން ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މެޗުގެ ލީޑް ނަގަން ފުރުސަތުތަކެއް ލިބި ބޭރާކުވި އެވެ.
ދެޓީމުގެ ފަރާތުން ވެސް ވަރުބަލިކަން އިހުސާސް ކުރެވުނު މެޗުގައި ފަލަސްތީނުން ލަނޑު ޖެހީ އިތުރަށް ދެއްކި ހަވަނަ މިނެޓުގެ އެންމެ ފަހު މިނެޓުގައި ބަދަލި ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބޫ ހަބީބެވެ.
މިއަދުގެ މެޗުގައި އާންމުކޮށް ގައުމީ ފުޓްބޯޅަ ދަނޑުމަތިން ނުފެންނަ، މަންޒަރެއް ވެސް ފެނިގެންދިޔަ އެވެ. އެއީ މެޗުގައި ހަތަރު "ވޯޓާ ބްރޭކް" ނެގި އެވެ. ވޯޓާ ބްރޭކް ނަގަނީ މެޗު ކުޅޭ ސަރަހައްދުގެ ހޫނުމިނާއި ކުޅުންތެރިންގެ ވަރުބަލިކަން ހުރި މިންވަރަށް ބެލުމަށްފަހު މެޗުގެ ރެފްރީއެވެ.
މި މުބާރާތުގައި ފަލަސްތީނާއި ކިރްގިސްތާން ހިމެނީ ރާއްޖެއާއި މިޔަންމާއާއި އެކު ގްރޫޕް އޭ ފަޅީގައެވެ. މިގްރޫޕްގެ ދެވަނަ މެޗުގައި މިރޭ 9:00 ގައި ބައްދަލުކުރާ ދެޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ.
ގްރޫޕް އޭގެ ތިން ވަނަ މެޗުގައި އަންނަ ބުދަ ދުވަހު ހަވީރު 4:00ގައި ބައްދަލުކުރާ ދެޓީމަކީ މިޔަންމާ އާއި ފަލްސްތީނެވެ.