ބޯޓިން އިންޑަސްޓްރީ އަށް އެންމެ ގިނަދުވަހު ހިދުމަތް ކޮއްދެއްވާ ނުވަތަ އެ އިންޑަސްޓްރީއަށް ތަފާތު ގޮތްގޮތުން ކުރިއެރުން ހޯދައިދިނުމަށް އެންމެ ބުރަ މަސައްކަތް ތަކެއް ކޮށްދެއްވި ފަރާތަކަށް ދެވޭ "ބޯޓިން ޕާސަނަލިޓީ އޮފް ދަ އިއާ" އަށް މ.އަހުލިހަ އިބްރާހިމް ޝާހިދު ހޮވިއްޖެއެވެ.

ލިވަބޯޑްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިޔަށް ގެންދާ "މޯލްޑިވްސް މެރިން އެކްސްޕޯ" ގައި ރޭވަނީ ބޯޓިންގް އެވޯޑްސް ބާއްވާފައެވެ. އެގޮތުން ބޯޓިން އިންޑަސްޓްރީއަށް އެންމެ ގިނަދުވަހު ހިދުމަތް ކޮއްދެއްވި ބޭފުޅަކަށް ހޮވިފައިވަނީ އިބްރާހިމް ޝާހިދު އެވެ.

ބޯޓިން ޕާސަނަލިޓީ އޮފް ދަ އިއާ ގެ އިތުރުން ފާހަގަކޮށްލެވޭ އެހެން ދާއިރާތަކަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން އެންމެމޮޅު ލިވަބޯޑް ނުވަތަ ޔޮޓަކަށް އެލްއީއޯ ލަގްޒަރީ ޔޮޓަށް ލިބިފައި ވާއިރު އެންމެ ރަނގަޅު ޔޮޓް އޮޕަރޭޓަރަކަށް ހޮވިފައިވަނީ ބްލޫ ހޮރިޒަން އެވެ.

އެންމެ މާފަހަގޮށްލެވޭ އެކުއިޕްމަންޓް ސަޕްލަޔަރަކަށް މެރިން އެކުއިޕްމަންޓްސް ވަނީ ހޮވިފައެވެ. އަދި އެންމެ ފާހަގަ ކޮށްލެވޭ މެރިން އިންޖީނަކަށް ޑޫސަން ހޮވިފައި ވާއިރު މެރިން ޖަނަރޭޓަރުގެ އެންމެ ފާހަގަކޮށްލެވޭ ބްރޭންޑަކަށް ހޮވިފައި ވަނީ ޑީ ބްލޫ މެރިންގެ އޮނާން އެވެ. އޭގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ޑައިވް އިކުއިޕްމެންޓް ބްރޭންޑް އަކަށް ސްކޫބާ ޕްރޯ ހޮވިފައި ވާއިރު އެންމެ ފާހަގަކޮއްލެވޭ މެރިން ޕެއިންޓް އަކަށް ހޮވިފައިވަނީ ސީގަލް ގްރޫޕްގެ އިންޓަރނޭޝަނަލް މެރިން ޕެއިންޓެވެ.

ޑައިވް ކޮމްޕްރެސާ ބްރޭންޑް ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކޮމްޕްރެސާއަކަށް އެމްއޭ ސާވިސަސްގެ ބައުއާ ކޮމްޕްރެސާ ހޮވިފައި ވާއިރު ބެސްޓް ސާފް ސަފާރީއަކަށް ހޮވިފައި ވަނީ ވޮޔޭގްސް މޯލްޑިވްސްގެ ހުރަހަލި ސަފާރީއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ޑައިވް ސަފާރީއަކަށް ކޮސްޓެލޭޝަން ފްލީޓްގެ އެމްވީ އޮރިއަން ހޮވިފައި ވާއިރު މަސްވެރިކަމަށް އެންމެ ފާހަގަކޮށްލެވޭ ފިޝިން ސަފާރީއަކަށް ހޮވިފައި ވަނީ ބްލޫކޭ ސަފާރީގެ ޑޯލްފިންއެވެ.

އޭގެ އިތުރުންވެސް ބޯޓިންގެ ދާއިރާގައި އެކި ރޮނގުރޮނގުން ހިދުމަތް ކޮސްދިން ގިނަ ފަރާތްތަކަކަށް ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ދީފައި ވާއިރު، މިއީ މިފަދަ އެވޯޑެއް ރާއްޖޭގައި ދިން ފުރަތަމަ ފަހަރެވެ.