28 Mar 2010, 11:31
14:30
އުމުރުން 26 އަހަރުގެ ފިރިހެނަކަށް މަޖީދީމަގުގައި ރޭ ތޫނު އެއްޗަކުން ހަމަލާދޭން އުޅެނިކޮށް އޭނާ ސަލާމަތްކުރަން އުޅުނު އަންހެނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ގަލޮޅު ދަނޑާ ދިމާ ސަރަހައްދު މަޖީދީމަގުގައި ރޭ 11:30 ހާއިރު ހިނގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެ އަންހެން މީހާގެ އަތް ޒަހަމްވެފައިވާ ކަމަށާއި އޭނާއަށް ހަމަލާދިނީ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދޭން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެ މާރާމާރީގައި އެ ފިރިހެން މީހާގެ ނިއްކުރިން ކަފައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އެ ދެމީހުންނަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ދެ މީހުންނަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު އެ މީހާ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެސަރަޙައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.