18 May 2014, 19:49
އިންޑިއާގެ ނޭވީ މަނަވަރު، "އައިއެންއެސް ސުމޭދާ"ގެ ސިފައިން ނޭޝަނަލް ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކޮށްފިއެވެ.
އައިއެންއެސް ސުމޭދާގެ ސިފައިން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރުމަށް މިއަދު ހިންގި ޕްރޮގްރާމްގައި އިންޑިއާ ނޭވީ ސިފައިންގެ ތެރެއިން ފަސް އޮފިސަރުންނާއި، 20 ސެއިލަރުން ލޭ ހަދިޔާކޮށްފައިވެއެވެ. އޭގެތެރޭގައި އައިއެންއެސް ސުމޭދާގެ ކޮމާންޑިންގ އޮފިސަރު ވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ތެލެސީމީއާ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، އިންޑީއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ރާޖީވް ސަހާރޭ އާއި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝީރީން އަބްދުﷲގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރ ޖެނެރަލް ޝަހީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްއެންޓީއެފް އިން ބުނީ އިންޑިއާގެ ނޭވީ މަނަވަރު އައިއެންއެސް ސުމޭދާ ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑާއެކު ޖޮއިންޓް ސަވައިލަންސް ޕެޓްރޯލެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
http://www.youtube.com/watch?v=mwx6wr101BM