30 Dec 2010, 15:27
އިންޑިއާއިން ރާއްޖޭގެ ހައުސިން ފަންޑަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް އެއްބަސް ވެއްޖެ އެވެ.
ދިވެހި ހާރިޖިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފައިސާ 10 އަހަރު ދުވަހުގެ ތެރޭގައި ދައްކައި ނިމޭއިރު ދެ ޕަސެންޓްގެ އިންޓަރެސްޓެއް ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ ކަމަށެވެ. މި ފައިސާ ދިވެހިރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދޭނީ އިންޑިއާގެ އީއެސްއައިއެމް ބޭންކު މެދުވެރިކޮށްކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ. އަދި ބުނެފައި ވަނީ މިފައިސާ ވެގެންދާނީ ދިވެހިރާއްޖޭގެ ހައުސިން ފަންޑަށް ލިބިގެންދާ ބޮޑު ލުޔަކަށެވެ.
ވޭތުވެ ދިޔަ ތަނުގައިވެސް އިންޑިއާއިން ރާއްޖޭގެ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައިވާ ނޫސް ބަޔާނުގައި ބުނަނީ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި ސިއްހީ ދާއިރާ އާއި ޓޫރިޒަމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުން އަންނަ ކަމަށެވެ.