18 May 2014, 19:19
ޕޯސްޓު މެދުވެރިކޮށް އެކިތަންތަނުން ފޮނުވާ ޕާރުސަލް އަދި ޕެކެޓުފަދަ ތަކެތި ޕޯސްޓު އޮފީހުގެ ކައުންޓަރަށް ލިބުނުކަން އަންގައިދިނުމުގެ ގޮތުން ތަކެތި ލިބެންޖެހޭ ފަރާތައް އެސްއެމްއެސް ފޮނުވާގޮތަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނީ އެސްއެމްއެސް ފޮނުވޭނީ ޕޯސްޓު ކުރާއިރު ގުޅޭނެ ނަންބަރެއް ހިމަނާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ގުޅޭނެ ނަންބަރު ހިމަނާފައިނުވާ ފަރާތްތަކަށް ކުރިއެކޭވެސް އެއްގޮތަށް ޕޯސްޓުން ތަކެތި އައިކަން އަންގައިދޭ ސްލިޕް ފޮނުވާނެ ކަމަށް ވެސް ޕޯސްޓު ލިމިޑެޓުން ބުންޏެވެ.
ޕޯސްޓު އޮފީހުން އަންގާ މުއްދަތުގައި ނުގެންދާ ތަކެއްޗަށް ކުރިންވެސް ހަމަޖައްސާފައިވާގޮތަށް ސްޓޯރޭޖް ފީ އާއި ހޭންޑްލިން ފީ ނަގާނެކަމަށް ޕޯސްޓު ލިމިޑެޓުން ބުންޏެވެ.
ޕޯސްޓު ލިމިޑެޓުން ބުނީ އެސްއެމްއެސް ފޮނުވުމުގެ ނިޒާމެއް ތައާރަފްކުރީ، ޕޯސްޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގެންނަ ތަކެތި ޕޯސްޓު އޮފީހަށް ލިބިއްޖެކަން ކަސްޓަމަރުންނަށް އަވަހަށް އެންގުމުގެ ގޮތުން ކަމަށެވެ.
އެ ޚިދުމަތުގެ ސަބަބުން ޑެލިވަރީކޮށްދިނުމަށް އެއްދުވަހުގެ އަވަސްކަމެއް އަންނާނެ ކަމަށް ވެސް ޕޯސްޓު ލިމިޓެޑުން ބުންޏެވެ.