18 May 2014, 16:33
މާލޭގެ ގެސްޓުހައުސްކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުފަހު 2:30 އެހައިކަންހާއިރު ހެންވޭރުގައި ހުންނަ ގެސްޓުހައުސް އަކަށް ވަދެ އެތަނުގައި އުޅުނު ބ. ހިތާދޫ، ހީރާ، މުހައްމަދު ނަސީމުގެ ކޮނޑަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
ތޫނުއެއްޗަކުން ހަމަލާދިނުމުން ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި މުހައްމަދު ނަސީމަށް ފަރުވާދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނީ. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނަސީމަށް ތޫނުއެއްޗަކުން ހަމަލާދިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.