ބްރާވިއާ އައިޑިއާސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުން އޮމަދޫ އާއި އެމްއޭސީއެލް އާއި ސްޓެލްކޯ އަދި ބަރާބަރު މޮޅުވެއްޖެ އެވެ.

އިއްޔެ ކުޅުނު މެޗްތަކުގެ ތެރެއިން ބަރާބަރު މޮޅުވީ މެކާނޯއާއި ވާދަކޮށް 3-1 ލަނޑުންނެވެ. ސްޓެލްކޯ މޮޅުވީ ރައީސް އޮފީސް އަތުން 6-0 ލަނޑުނެވެ. އަދި އެމްއޭސީއެލް މޮޅުވީ އެލްއެލް ސްޕޯޓްސްއާ ވާދަކޮށް 3-1 ލަނޑުންނެވެ. އަދި އޮމަދޫ މޮޅުވީ ފިނޭސްއާ ވާދަކޮސް 4-0 ލަނޑުންނެވެ.

މުބާރާތުގައި ރޭ ބަރަށާއި އެމްއައިއޭ ކުޅުނު މެޗް ނިމުނީ 7-7 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ އިނާމެއް ލިބޭއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭގޮތަށް ހަމަޖެހިފައިވާ، މުބާރާތުގެ ފެއާ ޕްލޭ ޓީމާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 16 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ދިއްދޫ ލަވް ލަވް ސްޕޯޓްސް ކްލަބެވެ. އަދި އެ މުބާރާތުގެ ރަނަރަޕްކަން ހޯދީ ކްލަބު ވަސްމީރު ކެލާ އެވެ