އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ރޭ މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗުގެ 80 ޕަސެންޓަށް ވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމް އިން ބުނީ، މުބާރާތުގައި ރާއްޖެ ކުޅޭ ތިން މެޗުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ތަރުހީބޭއް ލިބެމުން އަންނަނީ ފުރަތަމަ މެޗުގެ ޓިކެޓްތަކަށް ކަމަށާއި މިހާރު ވެސް ފުރަތަމަ މެޗުގެ 80 ޕަސަންޓަށް ވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށެވެ.

ގްރޭޕް އޭފަޅިން ރާއްޖެ މާލޭގައި ކުލޭ މެޗްތަކުގެ ޓިކެޓް އިއްޔެ ހެދުނު 10:00ގައި ވިއްކަން ފަށާފައިވާ އިރު، ވަގުތީ ގޮތުން ޓިކެޓް ވިއްކުން ރެ އަށް މަޑުޖައްސާލައިފައި އޮތް ނަމަވެސް އަލުން ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ. ޓިކެޓް ވިއްކަނީ އެސްޓިއޯ ހޯމްއިމްޕްރޫވް މަންޓުންނާއި ގައުމީ ފުޓްބޯޅަ ދަނޑުން ނެވެ.

ޓިކެޓު ގަންނަ އިރު އެދުވަހެއްގައި ކުޅޭ ދެ މެޗްގެ ޓިކެޓު ގަންނަން ޖެހޭނެ ކަމަށާއި އެންމެ މެޗެއްގެ ޓިކެޓު ނުވިއްކާނެ ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ. ޓިކެޓު ވިއްކާ އަގަކީ ކޮންމެ މެޗަކަށް ސިޑިބަރިން 25 ރުފިޔާ އަށް އަދި ގޮނޑިބަރިން 50 ރުފިޔާ އަށެވެ.

މާދަމާ ރޭ ރާއްޖެ މިޔަންމާ އާއި ދެކޮޅަށް ނުކުންނަ މެޗް ފަށާނީ 9:00 ގައެވެ.