18 May 2014, 13:13
ސްޕެނިޝް ލީގް ކަށަވަރު ކުރުމަށް ބާސެލޯނާއާ ދެކޮޅަށް އެތުލެތިކޯ ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވުމުން، އެތުލެޓިކޯ އަށް ލިބުނު ޕޮއިންޓާ އެކު 18 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެތުލެޓިކޯ އަށް މިމުބާރާތް ލިބިއްޖެ އެވެ.
ބާސާގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑް ނެގީ ފޯވާޑް ސަންޗޭޒް އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފްގައި ބާސެލޯނާ ކުރީގައި އޮވެގެން ނިމުނު ނަމަވެސް އެތުލެޓިކޯ އިން މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެޓިމަށް ކާޟިޔާބު ކޮށްދިނީ ޑިފެންޑަރު ޑިއޭގޯ ގޮޑިން އެވެ.
ރޭ މެޗުން ދެ ޓީމް އެއްވެރުވެ. ލިބުނު އެއް ޕޮއިންޓާ އެކު އެތުލެޓިކޯ އަށް ލީގު ޗެމްޕިއަންކަން ލިބުނީ ކުޅުނު 38 މެޗުން 90 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެވަނާގައި 87 ޕޮއިންޓާ އެކު ބާސެލޯނާ އޮތް އިރު ތިން ވަނައިގައި ރެއާލް އޮތީ 87 ޕޮއިންޓާ އެކު އެވެ.