18 May 2014, 12:24
ހަލް ސިޓީ އަތުން 3-2 ލަނޑުން މެޗް ކާމިޔާބުކޮށް އެފްއޭކަޕްގެ ތަށި 11 ވަނަ ފަހަރަށް އާސެނަލްއިން ރޭ އުފުލާލައިފި އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ހަލް ސިޓީއިންނެވެ. އެލަނޑު އެެޓީމަށް މެޗުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ޗެސްޓާ އެވެ. އަދި އޭނގެ ހަތަރު މިނެޓް ފަހުން ހަލް ސިޓީއިން ވަނީ އާސެނަލް ކޮޅަށް ލަނޑެއް ޖަހާ މެޗުގެ ލީޑް އިތުރަށް ފުޅާ ކޮށްފައެވެ. އެލަނޑު ހަލްސިޓީއަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޑޭވިސް އެވެ.
މެޗުގެ ކުރީ ކޮޅު ހަލްސިޓީއިން ދެ ގޯލް ޖަހާ ލީޑް ނެގި ކަމުގައި ވިޔަސް، މެޗުގެ 17 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާ ހިތްވަރު އާކޮށްފައެވެ. އެލަނޑު އާސެނަލް އަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ސަންޓި ކަޒޯލާއެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއިން ނަތީޖާ ހަމަހަމަ ކޮސްލުމަށް ދެތިން ފުރުޞަތު ލިބުނު ކަމުގައި ވިޔަސް، އެފުރުޞަތު ތަކުގެ ބޭނުން އާސެނަލްގެ ކުޅުންތެރިންަސް ވަނީ ހިފޭގޮތް ނުވެފައެވެ.
ރޭގެ މެޗުގައި އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ ދެވަނަ ހާފްގެ 71 ވަނަ މިނެޓްގައި އެ ޓީމުގެ ޑިފެންޑަރު ލައުރެންޓް ކޮޝިއެލްނީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެނަތީޖާގައި އޮވެގެން މެޗުގެ 90 މިނެޓުގެ ކުޅުން ނިމުމުން ދެން ނަތިޖާ ނެރެން ޖެހުނީ 15 މިނެޓުގެ ދެހާފް ކުޅެގެންނެވެ.
މެޗުގައި އާސެނަލްއަށް ތަށި ޔަގީން ވެގެން ދިޔައީ އިތުރަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގެ ތެރެއިން، ދެ ވަނަ ހާފް ނިމެން ދަނިކޮށް އާސެނަލްގެ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސޭ އެވެ.
މިމުބާރާތުގެ ތަށި އެންމެ ފަހުން އާސެނަލް އިން ހޯދާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން ނެވެ. އެއީ 2005 ވަނަ އަހަރުއެވެ.