18 May 2014, 11:11
ވިލިމާލޭން އިއްޔެ ހައްޔަރުކުރި ހަ މީހުން ވެސް ފުލުހުން ދޫކޮށްލައިފި އެވެ.
ހަ މީހުން ހައްޔަރުކޮށްފައި ވަނީ ވިލިމާލޭގައި ހުރި ހަޓްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެ ހައްޔަރު ކުރި ހަ މީހުންނަށް ނަސޭހަތްދިނުމަށް ފަހު އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ވިލިމާލޭގައި ގަވާއިދާ ޚިލާފަށް ހަދާފައި ހުރި ހަޓުތައް ނެގުމުގެ މަސައްކަތް ކޮށްފައި ވަނީ ސިޓީ ކައުންސިލާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ފުލުހުން ބުނީ މީގެ ކުރިން ވެސް ގަވާއިދާ ޚިލާފަށް ހަދާފައި ހުރި އެފަދަ ހަޓްތައް ރޫޅާލާފައިވާނެ ކަމަށެވެ.