18 May 2014, 11:03
ބޮރޫޝިއާ ޑޯޓްމަންޑް 2-0 ލަނޑުން ބަލިކޮށް ޖަރުމަނު ކަޕްގެ ތަށި ބަޔާން މިއުނިކުން ހޯދައިފި އެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ، މެޗުގެ ފުރަތަމަ ހާފާއި ދެ ވަނަ ހާފް ނިމިގެން ދިޔައީ ދެޓީމް ކުރެ، އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ކަމުން ރޭގެ މެޗުގެ ނަތީޖާ ނެރެން ޖެހުނީ އިތުރަށް ކުޅުނު 15 މިނެޓްގެ ދެ ހާފްގައެވެ.
މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް ކޮޅަށް ބަޔާން މިއުނިކްއިން ޖެހި ފުރަތަމަ ލަނޑު އިތުރަށް ކުޅުނު ދެ ހާފުގެ ތެރެއިން، ދެ ވަނަ ހާފުގެ ކުރީ ކޮޅު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބެން އެވެ. އަދި ބަޔާންގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ.
މެޗަށް ފަހު ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، މެޗުގަިއ ބަޔާން އިން ދެއްކި ކުޅުމަށް ބަލާފައި ލިބުނު ތައްޓަކީ "ލިބެން ހައްގު ތައްޓެއް" ކަމަށާއި މުޅިމެޗުގައި ބަޔާންގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. އަދި ޓީގެ ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔާކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
ބަޔާންގެ ކޯޗް ކަމާ ގާޑިއޯލާ ހަވާލުވި ފަހުން އެޓީމް ވިހާތަނަށް ޖުމްލަ ހަތަރު ތައްޓެއް ވަނީ ހޯދައިފައެވެ. އަދި މިފަހަރުގެ ޖަރުމަން ކަޕް ބަޔާންއަށް ލިބުމުން، މިއީ އެ ޓީމް މި މުބާރާތުގެ ތަށި ހޯދި 17 ވަނަ ފަހަރެވެ.