17 May 2014, 17:47
އޭއެފްސީ ޗެލެންޖް ކަޕާ ގުޅުވައިގެން "އޯލް އިން ވަން ރިދަމް" ގެ ނަމުގައި އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ މައުލޫމާތު ދީފި އެވެ.
އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ ކުރިޔަށް ގެންދިޔަ މި ބްރީފިންގައި ވާހަކަ ދައްކަވަމުން އޮޕަރޭޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާން ދެއްކެވި ވާހަކަފުޅުގައި އޮޕަރޭޝަންގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުން ވެސް ފުލުސްވަންތަ ލާމަސީލު ރިވެތި އަހުލާޤެއް ދައްކުވައި، މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެދިލެއްވި އެވެ.
އޭގެ އިތުރުން މި މުބާރަތް ކުރިއަށް ދާއިރު މުޅި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ޓީމް ތަކުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ކުރަންޖެހުނު ކޮންމެކަމެއްގައި ފަސްނުޖެހި ސާބިތުކަންމަތީ، ފުލުހުންގެ ޒިންމާ އަދާކުރާނެ ކަމުގެ ޔަޤީންކަން، އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ މައްޗަށް އޮތްކަމަށްވެސް އޮޕަރޭޝަން ކޮމާންޑަރ ވިދާޅުވި އެވެ.
މި މުބާރަތް ކުރިއަށް ދާއިރު އައްޑޫ ސިޓީގެ ސެކިއުރިޓީގެ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން މާލެއިން ގިނަ އަދަދެއްގެ ފުލުހުން ވަނީ އައްޑޫ އަށް ގޮސްފަ އެވެ.