17 May 2014, 17:21
ޗެލެންޖް ކަޕްގެ މެޗްތައް އައްޑޫ ސިޓީގައި ކުޅޭ ދުވަސްތަކުގައި މެޗު ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ދެ ގަޑިއިރު ކުރިން އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގެ ވަށައިގެންވާ މަގުތައް އެއްގަމު ދަތުރުފަތުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަށް ދަތުރު ނުކުރެވޭގޮތަށް ބަންދު ކުރަން ފުލުހުން ނިންމައިފި އެވެ. އެގޮތުން ބަންދުކުރަން ހަމަޖެހިފައިވާ މަގުތައް ތިރީގައި އެވަނީ އެވެ.
1. ޝަރަފުއްދީން މަގާއި ޝީޝަމް ހިނގުން ގުޅުނު ކަންމަތިން ފެށިގެން ދެކުނަށް
2. ޝަރަފުއްދީން މަގާއި ޝީޝަމް ހިނގުން ގުޅުނު ކަންމަތިން ފެށިގެން ހުޅަނގަށް
3. ޝަރަފުއްދީން މަގާއި ވާދީ ހިނގުން ގުޅުނު ކަންމަތިން ފެށިގެން ދެކުނަށް
4. ވާދީ ހިނގުމާއި ޒޯން ހިނގުން ގުޅުނު ކަންމަތިން ފެށިގެން އިރަށް
މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ:
1. ޝަރަފުއްދީން މަގާއި ޝީޝަމް ހިނގުން ގުޅުނު ކަންމަތިން
2. ޝަރަފުއްދީން މަޤާއި ވިޝަންގޯޅި ގުޅުނު ކަންމަތިން
3. ޝަރަފުއްދީން މަގާއި އަސްނާ ހިނގުން ގުޅުނު ކަންމަތިން
4. ޝަރަފުއްދީން މަގާއި ސަވާގޯޅި ގުޅުނު ކަންމަތިން
5. ޝަރަފުއްދީން މަގާއި ވާދީ ހިނގުން ގުޅުނު ކަންމަތިން
6. ވާދީ ހިނގުމާއި ޒޯން ހިނގުން ގުޅުނު ކަންމަތިން
7. ވާދީ ހިނގުމާއި ދެވިނަގޯޅި ގުޅުނު ކަންމަތިން
8. ޒޯން ހިނގުމާއި ޝަރަފުއްދީން މަގު ގުޅުނު ކަންމަތިން
9. ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައި ވަނީ ހެރެތެރެ އައިލެންޑު ރިސޯޓުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޮސް އެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާ ދެޓީމަކީ ލާއޮސް އާއި ތުރުކުމަނިސްތާނެވެ. އަދި މިގްރޫޕްގައި ވާދަކުރާ ހުރިހާ ޓީމެއް ވެސް މިހާރު ވަނީ މާލެ އައިސްފައެވެ.